ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ-- ފޮޓޯ: މިހާރު
10 ޖޫން 2020 - 20:33
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވެނީ ސަރުކާރުން އެ މީހުންނަށް "އިނާމް" ދޭތީ ކަމަށް ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ވެބިނާގައި ސައުދު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކޮންސްޓްރަކްޝަން ދާއިރާގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ނޫން ކަަމަށެވެ. އެ މައްސަލަ ރާއްޖޭގައި އިތުރުވީ އެއިރެއްގައި އޮންނަ ސަރުކާރަކުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަދަބު ދިުމުގެ ބަދަލުގައި "އިނާމެއްގެ" ގޮތުގައި ގައުމަށް ފޮނުވާލާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ބައެއް ކުންފުނިތަކުން ބިދޭސީން ފިލުވާ ކަމަށާއި އެ ކުންފުނިތަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ގަވާއިދާ ހިލާފުވާ ބިދޭސީން ގައުމަށް ފޮނުވާލުމުގެ ކުރިން އެ މީހުންނާއި އެމީހުން ގެނައި ކުންފުނީގެ މީހުން އެއްތަނެއްގައި ތިބެ ވާހަކަދައްކައިގެން ކަމަށް އެނާ ވިދާޅުވި އެވެ.
"ފިލާ މީހުން އަށެއްކަ އަހަރު ފިލައިގެން އެކި ރަށްރަށުގައި މަސައްކަތް ކޮށްފައި އިމިގްރޭޝަނަށް ދިޔައިމަ އެމީހުން މި ފޮނުވާލަނީ. އެއަށްފަހު ކުންފުންޏަށް މި އަންގަނީ. މިއީ އަސްލު އެ މީހުންނަށް ދެވޭ އިނާމެއް. އެ މީހުން ގަވާއިދާ ހިލާފަށް އުޅެ ބޭނުންވަރަކަށް ލާރި އެއްކޮށްގެން ރާއްޖޭން މިދަނީ،" ސައުދު ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހުރިހާ ސަރުކާރަކުން ވެސް އެކި މަސައްކަތްތައް ކުރެ އެވެ. ނަމަވެސް އެ މައްސަލަ ހައްލު ނުކުރެވެނީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސައުދު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނީ ގާނޫނަށް ނުވަތަ ގަވާއިދުތައް ބަދަލުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން، ބިދޭސީއަކު ފިލައިފި ނަމަ އޭނާ ޖޫރިމަނާކުރާ ގޮތަށް ނުވަތަ އޭނާ ފިލުވައިފި ނަމަ އެ ކުންފުންޏެއް ޖޫރިމަނާ ކުރަން އޭނާ ވަނީ ހިޔާލު ހުށަހަޅުއްވައިފަ އެވެ. މީގެ އިތުރުން ފިލާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ހަ މަސް ދުވަހު ޖަލަށް ލާން ފެށުމުން ވެސް އެ މައްސަލަ ހައްލު ކުރެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ފިލާ މީހުންނާއި ފިލުވާ މީހުންނަށް ވެސް އަދަބު ދޭން ޖެހޭ. މިކަން މިގޮތަށް ކުރުމަށް ގާނޫނުތަކަށް ނުވަތަ ގަވާއިދުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ،" ސައުދު ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީން އެ މީހުންގެ ގައުމުތަކަށް ފޮނުވަމުންދާއިރު މިއީ ރާއްޖެ އަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެންމެ ރަނގަޅު ދަނޑިވަޅުކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދު ގާމެންޓް
11 June 2020
މިއޮތް ޕޯސްޓް އޮފީސް ހަނި ގޯޅިގަނޑުތެރޭ ހުރޭ ސައުދުކިޔާ ފަހާތަނެއް. އެތާ އުޅޭ ބަންގާޅު މީހުން ކަރަންޓެއް ފެނެއް ނެތި ތިންމަސް ދުވަހު އުޅުނު. އަހާލީމާ ބުނަނީ ބޮސްބުނަނީ އަމިއްލައަށް ލާރި ހޯދަނީ. ފަހުން ބޮސް ފޯނު ނުނަގަނީ. ކޮންވައްތަރު. މި ވެސް ތަނެއްގެ ވާހަކަ ބުނެލީ
ދޫނި
11 June 2020
ވައްކަމާ ކޮރަފްސަނުން ކައިބޮއިގެން އުޅޭވެރިން ގިނަވީމަ ތިކަން އޮންނާނި ތިގޮތަށް. ވެބިނާއިން ތިކަން ވެސް ތި ނިމްނީ
މޯޑް
11 June 2020
މިހާރު ވެސް ވަގަށް އުޅޭ ބިދޭސީން ގެންގުޅެނި ތިވާހަކަ ތި ދަށްކާމީހުން. އޮޅިފަކާނެތޭ ގޯނި ގޯނީގަ ފާސްފޯޓްތައް ފޮރުވައިގެން އުޅޭމީހުންނެއް. މުސާރަނުދޭތީ އައިސް މުޒާހަރާ ކުރަނީ ކޮން އޮފީސް ތަކެއް ކައިރީ ކަމެއް.
ބަސް
11 June 2020
އަސްލު މައްސަލައަކީ ރިޝްވަތާ ފަސާދަ އާ ޚިޔާނާތާ މަކަރާ ހީލަތް މިގައުމުގެ އެކިފެންވަރުގެ މަސްއޫލިވެރިން ގެ މެދުގައި އާންމުވުން. ވިޔަފާރިވެރިން އަޑީގައާ މަތީގަ ތިބެގެން ހިންގާ ޖަރީމާތައް.
ވިދުވަރު ދޯނީގެ އަލިގަދަ ދުރުމިން
11 June 2020
ވަރަށް ރަނގަޅު ވާހަކައެއް އެކަމަކ ކީއްކުރާނި ވަކާޖެހި ވަށް ފާވެފަ ގަވައިދާ ޚިލާފަށް އެކަމަކު ބައިއަޅާ މީހުން މަދެއް ނުވޭ ބައިފަޅިވެސް ލިބޭ
Ali Gasim
11 June 2020
މިގައު މުގަ ވަގަށް އުޅެވޭކަން ބަންގާޅީންނަށް އެނގޭ އެމ މީހުނަން ބޭނުންރަށެއްގަ ބޭނުންކަ މެއް ކޮށްގެން ބޭނުންވަރަކަށް ފަައިސާނަގައިގެން އުޅެވޭ މި އިމިގްރޭޝަނާ ފުލުހުން ގުޅިގެން ކަޓްނަގައިގެން ކުރުވާކަ މެއް ދިވެއްސެއް ވެއްޖެއްޔާ ފުލުހުން ވެސް މޭ ފުއްޕާލާފަ ގާނޫނު ހިންގާލާނެ ބަންގާޅިއެއްވެއްޖެއްޔާ ހޭވެސް އަހާނުލާ ދޫކޮށްލާނީ
މާން
11 June 2020
މިބުނީއެއް ނޫންހޭ ދިވެއްސަކާއިންނަންވެސް ޖެހެނީ ރާއްޖެއިން ބިދޭސިމީ ފުރައިގެން ގޮއްސަ ވިސާއެއް ހިފައިގެން އަންނަން. އެކަމަކު ވަގަށް އެތެރެވެފަ ހުންނަ މީހާ ވިސާއި ހުރިހާކަމެއް ސަރުކާރުން އެބަ ހަމަޖައްސާ. މިގައުމުގެ ހުރިހާކަމެއް ހަލާކުވަނީ ސަރުކާރު ހިހޫތަނުން ކާލައިގެން އޮންނަގޮތަށް ގާވާއިދާއި ގާނުނުތައް ހަދާތީ.
ގިޔާސް
11 June 2020
ޖަނާމެން އަނގަ ހުޅުވައެއްނު އަދި................
ހަސަންބެ.
10 June 2020
ފިލާމީހުންނާއި ފިލުވާމީހުންނޭ ނުކިޔާ ސަރުކާރުން ހާހުން އެކިއިކި ކޯޓާ ތަކުގައި މީހުން މިތަނަށް އެތެރެކޮށްފައި ތިބި މީހުން ހިފާހައިޔަރު ކުރަންވީ ހިއުމަންޓްރެފިކިން ގާނޫނުގެދަށުން. އެއްވެސް ކަމެއް ނުކުރާ ކުންފުނިތަކަށް އެބަހުރި ހާހުން މީހުން އެތެރެކުރުމުގެ ހުއްދަދީފައި. މިފަދަ ކުންފުނީގެ ނަންތަށް ވެސް ހާމަ ކުރަންޖެހޭ އެބަ
ގޯތިވަގު
10 June 2020
މިމީހުނާ ގުޅޭ ގޯތި ފޭރުމާ ހިޔާނާތުގެ މައްސަލަތައް ބަލާ ނިކަން ފިޔަވަޅު އަޅާ ބަލަ ....