ގޭގައި އެކި ކަންކަމުގައި އުޅޭއިރު ތަފާތު "ޖޯންރާތަކު"ގެ ލަވަ އަޑު އަހާލަން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. މިކަމަށް މިހާރު އޮތް އެއް ހައްލަކީ ދިރާގުން ރާއްޖެއަށް ތައާރަފުކުރި "ސްޓިންގްރޭ" މިއުޒިކް އެޕްލިކޭޝަނެވެ.
ފަސޭހައިން ޑައުންލޯޑް ކޮށްލެވޭ މި އެޕްލިކޭޝަނަކީ ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ތައާރަފުކުރި ބައިނަލްއަގުވާމީ އެޕްލިކޭޝަނެކެވެ. އެހެންކަމުން އެއްވެސް ސަބްސްކްރިޕްޝަން ފީއަކާ ނުލައި އެ ދިރާގުގެ ކަސްޓަމަރުންނަށް ސްޓިންގްރޭ ބޭނުން ކުރެވޭނެ އެވެ.
ސްޓިންގްރޭ ޕްލޭލިސްޓް ދިގެވެ. އެ ލިސްޓްގައި ތަފާތު މޫޑުތަކަށް އެކަށީގެންވާ ލަވަތައް ހިމެނެ އެވެ. އެގޮތުން މި އެޕުން ބައިނަލްއަގުވާމީ މަޝްހޫރު އެތައް އާޓިސްޓުންގެ ލަވަތައް އަޑުއަހާލެވޭނެ އެވެ.
ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު މި އެޕްގައި އަޕްޑޭޓްވެ އެވެ. މީގެ އިތުރުން ތަފާތު ޖޯންރާތަކުގެ މިއުޒިކާއި އެކި ޒަމާނުގެ ލަވަތައް ވެސް މި އެޕްގައި ހިމެނެ އެވެ.
ސްޓްރިންގްރޭ އެޕް ޑައުންލޯޑު ކުރަން ބޭނުންވާ ކަސްޓަމަރުންނަށް https://bit.ly/2Bk7gmJ މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ އެވެ.