އަކުވާ ވީޓާގެ ފްލެޓްތައް
28 ޖޫން 2020 - 23:11
ކޮވިޑް-19 ގެ ހާލަތުގައި ވެސް ޝެޑިއުލްއަށް ބުރޫ އެރުމެއް ނެތި އަކުއާ ވީޓާގެ ފްލެޓްތަކުގެ އިމާރާތުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ.
އަކުއާ ވީޓާ އިން ބުނީ، ފްލެޓްތަކުގެ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ މަސައްކަތްތައް ބަލައިލަން ބޭނުންވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާއި ކަސްޓަމަރުންނަށް ވެސް އެފުރުސަތު ހާއްސަ ހުއްދައަކާ އެކު ދޭ ކަމަށެވެ. މިގޮތަށް ފްލެޓްތައް ދައްކާލުމަށް ސައިޓަށް ގެންދާ ކަސްޓަަމަރުންގެ ރައްކާތެރިކަން ވަރަށް ފުރިހަމައަށް ކަށަވަރު ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ލޭބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ފިޔަވަޅުތަކެއް ވެސް އެކުންފުނިން އަޅައިފައިވެ އެވެ. އެގޮތުން އެ ސައިޓުގައި މަސައްކަތް ކުރާ ލޭބަރުން ތިބޭ އިންތިޒާމް ސައިޓުގައި ހަމަޖައްސާފައިވާއިރު މި ދަނޑިވަޅު އެ ސައިޓުން އެއްވެސް ލޭބަރަކު ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ.
އަކުވާ ވީޓާގެ ފްލެޓްތައް
މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ އިރު އަކުއާ ވީޓާއިން ފްލެޓް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އެބައޮތެވެ. ހުޅުމާލޭގައި ޒަމާނާ ގުޅޭގޮތަށް ފަރުމާކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާ ޖާގައިގެ ގޮތުން ބޮޑު މި އެޕާޓްމަންޓުތަކުގެ މިހާރު ކުރިއަށްދަނީ ކުޑަދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ 14 ބުރީގެ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ.
އަކުއާ ވީޓާގެ އެޕާޓްމަންޓްތަކުގެ ތެރެއިން ތިން ރޫމާއި މެއިޑް ރޫމާ އެކު އެޕާޓްމެންޓްތަކުގެ އަގު ފެށެނީ 3.9 މިލިއަން ރުފިޔާއިންނެވެ. އަދި ދެ ރޫމާއި އެއް މެއިޑް ރޫމާ އެކު އެޕާޓްމަންޓްތަކުގެ އަގު ފެށެނީ 3.1 މިލިއަން ރުފިޔާއިންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 7708866 ނުވަތަ 7388866 އަށް ގުޅައިގެން ހޯދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
29 June 2020
ތަންކޮޅެއް އަގު ބޮޑީ މަށަށް..
ވަތުބަތާނަ
29 June 2020
މިހިރީ އެބުނާ ޖަމަލުކޮށިތައް. މިތަންތަނަށް އާއްމު ދިވެހިންނަކަށް އަދި ތާހިރު ދިރިއުޅުމެއް އުޅެން ބޭނުންވާމީހަކު ބޯދިއްކޮށްލާނީ ކިހިނެއް؟ ބިރަކާނުލާ ޖެހުނުތަނަކުން ދަވާލާމީހުންނަށް މިވަރެއް ނެތް.
ޢަހޫ
29 June 2020
ޢެހެންވީ މަ ޔާ މީނުގެ އަހުވާނުންނަށްތާ ލިބޭނީ.
ބަސް
29 June 2020
އެއްފަހަރާ އަގު ދައްކާފަ ގަނެވޭވަރަށް ފައިސާ ހުއްޓަސް މަ ނުގަންނާނަން. ދެލައްކަ + ޑޮލަރު މަގޭއަތުގަ އޮވެގެން ގެދޮރު ގަންނަންޏާ މެލޭޝިއާ ކަހަލަ ބޭރު ގައުމަކުން ގެއެއް ގަންނާނީ. ތިން ހަތަރު މިލިއަން ރުފިޔާއިން ގެއެއް ގަނެވޭނެ.
ބަޑީ
30 June 2020
ތިގޮތް ގޯހެއްނޫން އެކަމު އޭރަށް ނުވާނެ ދޮތްތޯ ރާއްޖެއިން ގެއެއް ހޯދައިގެން ރާއްޖޭގަ އުޅެނީކަމަކަށް. ރާއްޖޭގަ އުޅެންބޭނުންވާ ވަރަށް ގިނަ މީހުންތިބޭ، އިންޝާﷲ، މިތަންވެސް ހަމަވާނީ ތަރައްޤީ.
ދެން އޮވޭ ތިތާ
29 June 2020
އެއްމެ 14 ލައްކަ ރުފިޔާ އަށް ސުޕްރީމް ކޯޓްގެ ކޮންމެ ފަނޑިޔާރަކަށް އަދި މިނިވަން މުވައްސަސާ ތަކުގެ އިސް ވެރިންނަށް ރެހެންދި ފްލެޓެއް ޔާމީނު ދިނީ ކޮން ހަމަޔަކުން ތޯއެވެ. އަދި ކޮބާ އެކޮންމެ ފަނޑިޔާރެއްގެ ރޯހައުސް އެއް ނުވަތަ ފުލެޓެއް ހުޅުމާލޭގައި ނުވަތަ މާލޭގައި އޭރުވެސް ހުއްޓެވެ. ޔާނީނަކީ ހާދަ ބޭއިންސާފު އަނިޔާވެރި ކޮރަޕްޓް މީހެކެވެ
ހަސަބު
29 June 2020
ތިބުނި ދެ ސަބަބަކީ ޔާމީނުގެ ވެރިކަން ނިމުމަކަށް އައި މައިގަނޑު ދެސަބަބު. އަނިޔާ ބޭ އިންސާފު.
އޭރުގެ ހަދާންތައް
29 June 2020
ހަދިޔާ ދިނީ މަ ހަރާންކޯރުނުވާނެ..އެހެންވީ މަ ތީގެން އެގުނީ ރޔާ މީން ފަޑިޔާރުންނަ ހަދިޔާއެއް ނުދޭކަން..އެފަޑިޔާރުން އަދުލުވެރިވު މަށް ބާރުއެޅީ..އަބުރުވެރި ދިރިއުޅު މެ ލިބުނީ މަ އި ހުލާސްތެރިން މަސްއޫލިއްޔަތުގަ ތެދުވެރިވާނެ.
ބިރުކުޑައަލީ
29 June 2020
އަހަރުންނަށް ޖެހޭނީ މިކިޔާލާފަ ހިންދިރުވާލަން.