23 ޖުލައި 2020 - 11:34
އިނގިރޭސި ވިލާތުގެ ލައިފްސްޓައިލް މަޖައްލާއަކުން ހޮވި އޭޝިއާގެ އެންމެ ލަގްޒަރީ ސްޕާތަކުގެ ތެރޭގައި، ވެލްނެސްއާ ގުޅޭ ގިނަ ހިދުމަތްތަކެއް ދޭ ރާއްޖޭގެ ކޮކޯ ޝިކް ހިމެނިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ލައިފްސްޓައިލް މެގަޒިނެއް ކަމަށްވާ "ލަގްޒަރީ ލައިފްސްޓައިލް ލެމަންގް" ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި އޭޝިއާގެ ސްޕާތަކުގެ ތެރެއިން ކޮންމެހެން ވެސް ގޮސްލަން ރަނގަޅު ތަންތަނުގެ ލިސްޓެއް ހަދާފައި ވާއިރު ކޮކޯ ޝިކް އިން ދޭ ލަގްޒަރީ ހިދުމަތްތަކާއި ހިދުމަތްތަކުގެ ފުރިހަމަ ކަން ވަނީ ފާހަގަކޮށްފަ އެވެ. ކޮކޯ ޝިކްގެ އިތުރުން މި ލިސްޓުގައި ދެން ހިމެނެނީ އިންޑޮނީޝިއާގެ ބާލީގެ ޗަޕުން ސެބާލީ އާއި ބްރޫނާއީގެ ރަށެއް ކަމުގައިވާ ބޯނިއޯގެ ގާޔާ އައިލެންޑް ރިސޯޓުގެ ސްޕާ ވިލޭޖާއި އިންޑިއާގެ ރިޝީކޭޝްގެ އާނަންދާ ސްޕާ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވި، ކޮކޯ ޝިކުން ވެލްނެސްއާ ގުޅޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި، މޫނު އޮމާންކޮށްދީ، އިތުރަށް ސާފުކޮށްދީ، ހަންގަނޑު ރޫ ޖެހުމާއި ކުލަ އަލިކޮށްދޭ ހާއްސަ ޕޭޝަލް ޓްރީޓްމަންޓްތަކާއި މެނިކިއު އާއި ޕެޑިކިއުއާގެ ހިދުމަތްތަކާއި ތަފާތު ވައްތަރުގެ މަސާޖު ވެސް ހިމެނެ އެވެ. މީގެ އިތުރުން ހެއާ ޓްރީޓްމަންޓްތަކާއި މޭކަޕްކޮށްދިނުން ވެސް ހިމެނެ އެވެ.
ކޮކޯ ޝިކް އިން ޕެޑިކިއުއާ ހިދުމަތް ދެނީ
މި ހިދުމަތްތައް ދިނުމުގައި ރާއްޖޭގައި 15 އަހަރުގެ ތަޖުރިބާ ލިބި، އާންމުންގެ މަގުބޫލުކަން ވެސް ލިބިފައިވާ ސްޓައިލިސްޓެއް ކަމުގައިވާ ރޮޖާ ހިމެނެ އެވެ.
ކޮކޯ ޝިކްގެ ސެލޫންގެ އިތުރުން ކްލިނިކުން ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ދެ އެވެ. ކްލިނިކުގައި ހަމުގެ އެކި ބަލިތަކަށް ހާއްސަ ވިޒިޓިން ޑޮކްޓަރުން ވެސް ހިދުމަތްދެ އެވެ. ކްރަޔޯ ތެރަޕީ އާއި އިސްތަށި ފޭބުން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭ ޓްރީޓްމަންޓްތައް މި ކްލިނިކުން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާފުތާ
23 July 2020
އޮގަސްޓް މަހު ހުޅުވީ. މިއަަހަރުގެ މާޗުން ފެށިގެން ސްޕާތައް ބަންދު. 7 މަސް ދުވަހުގެ ތެރޭގައި ޢޭޝިއާގެ އެންމެ ލަގްޒަރީ ސްޕާތަކުގެ ތެރެއަށް!!!
ސިވިލް ސަރވަންޓް
23 July 2020
ތި ޖެހުނީ ދެން 4 މަހުގެ މުސާރަ އެއްކޮށްލައިގެން ގޮސް ތިޔަ ތަނަށް ވަދެލަން.