ފޮއްދޫގެ ޖެޓީ ސަރަހައްދު-- ފޮޓޯ: އެމްޓީސީސީ
28 ޖުލައި 2020 - 14:20
ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށުގެ 180 މީޓަރުގެ ސަރަހައްދެއްގައި ޖީއޯ ކޮތަޅު ޖަހައިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ 5000 އަކަމީޓަރުގެ ބިންގަނޑު އެއްވަރު ކޮށްފައިވާ ކަަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއަކީ ފޮއްދު އަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، ލަފާ ފުރަން ބޭނުން ކުރާ ފާލަން ރަށާ ކައިރިވެފައި ވާތީ އެކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ ފެބްރުއަރީ މަސްތެރޭގަ އެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ މާޗު ހަތެއްގަ އެވެ.
ފޮއްދޫގެ ޖެޓީ ސަރަހައްދުގައި ޖީއޯ ކޮތަޅު ޖަހާފައި-- ފޮޓޯ: އެމްޓީސީސީ
ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 7.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ އާ މަޝްރޫއުތައް ފަށައިފަ އެވެ. މީގެ ތެރެއިން 17 ރަށެއްގެ 19 މަޝްރޫއު މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންކަންނުދަންނަ
28 July 2020
ބަސްދާޖެހަ ރީތިގޮޑުދޮށުގެ ބޭނުމެއްނުހިފޭނެދޯ. ރާޅުބީއްސާގޮތަށް ގޮނޑުދޮއް ބާއްވާފައި މާލޭގައި ކުރިން ސުނާމީބިނާ ހުރިތާކައިރީގަ އޮންނަ ބީޗް އަދި އާޓްފިޝަލް ބީޗް ގޮތަށް ފަޅުގައި ބަޖިޔާގާޖެހުނަމަ ހާދަރަނގަޅޭ. ނޫނީ ދޯނިފަހަރު ފާލަމާ ކައިރިކުރެވޭނެ ޖާގަ ބައިންދާފައި ބޭރުތޮއްޓެއް ލީނަމަވެސް. މީހަމަ ހިތައްއަރާއެއްޗެއް. މަށަކީ މިކަހަލަކަންކަން ދަންނަ މީހެއްނޫން.
ފަސްދޭތެރެ
28 July 2020
1200 މީހުންގެ އާބާދީއުޅޭ ރަށްރަށް ގިރައިހުސްވެ ރުއްގަސްކޮޅު އޮޔާގޮސް ގޭގެ ލޮނޔއަޑިއަށްދާއިރު ނުފެނޭ ރީނދޫ ކުލަނެތީމަ.
ވިސްނުން
28 July 2020
7.6 މިލިއަން. ރަށުގަ އުޅޭ ބިދޭސީންނާ އެއްކޮ ވެސް 300 އާބާދީގަ ހަމަ ނުވާ ރަށެއް. ބުއްދިވެރި ކަމެއް ތޯ؟
ސާދިޔާ
28 July 2020
އާބާދީއަކީ މައްސަލައެއް ނޫން. ހަމަ ދިވެހި ރައްޔިތުން. ފޮއްދޫއަކީ ހިމާޔަތް ކުރަން ޖެހޭ ރަށެއް. ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނަ އިލްމީ، އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއް.
ކައްކާ
28 July 2020
ކ.ހުޅުމާލޭގަ 7 ހާސް ފުލެޓު ހަދާފަ އެޕާޓުމަންޓުލިބޭ ކޮންމެ މީހަކަށް ދައުލަތުން 5 ލައްކަ ދައްކަދޭންޖެހޭގޮތަށް ދޫކުރަން އޯކޭ، (އެއީ މީހަކަށް 5 ލައްކަ) އެކަމަކު ރަށެއްގަ 7 މިލިއަނުގެ މަޝްރޫއެއް ހިންގީމަ ހަޖަމުނުވޭ. ނ އަތޮޅު ފަޅުރަށްތައް ވިއްކާފަ ބިލިއަނުން ފައިސާ ނަގާފަވީވެސް.
ކަސަބު
28 July 2020
ތިފަދަ ކަންތަށް ނުފެންނާނެ. ކޮތަރު ކޮށިތައް ފެންނާނީ.
ޙިނި
28 July 2020
ސަޅި
ކައްކާ
28 July 2020
ކޮބާ ތިބުނާ ހިމާޔަތްކުރި ގޮނޑުދޮށް، ގޮނޑުދޮށް ނައްތާލާފަ ބިންހިއްކުމެއްނޫންތަ ތިޔައީ؟