ދިރާގު ޓީވީއަށް ޗެނަލްތަކެއް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން-- ފޮޓޯ: މިހާރު
10 އޯގަސްޓް 2020 - 12:01
ދިރާގު ޓީވީ އަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދެ މަހުގެ ފީ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދިރާގު ޓީވީ ގުޅައިދިނުމާއި ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.
ދިރާގުން ވަނީ މި ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ދިވެހިންގެ މެދުގައި އެންމެ މަގުބޫލު "ސްޓާ" ޗެނަލްތައް ދިރާގު ޓީވީއަށް ގެނެސްފަ އެވެ. އެހެންވެ މިއީ ސްޓާ ޗެނަލްތައް ބަލަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީ އަކީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ، އެޗްޑީ ކޮލިޓީގައި ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ފޯރުކޮށްދޭ ރާއްޖޭގެ ޑިޖިޓަލް ފުރަތަމަ ޓީވީ އެވެ. އެ ކުންފުނިން ވަނީ ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 73 ޕަސެންޓު ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
މި ހިދުމަތް ރާއްޖޭގެ 53 ރަށަކަށް ލިބޭއިރު މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތައް ވެސް ހިމެނެ އެވެ. އެފަދަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދެނީ ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ދިރާގު ޓީވީ މެދުވެރިކޮށް ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަ ކަމާއެކު އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
10 August 2020
ދިރާގް ޓީވީ ރަނގަޅު.ދެން މިކަމުގަ އުޅޭ ސާވިސް ޕްރޮވައިޑާ އެއީ ރެގިއުލޭޓްކުރާނެ ބެލެނިވެރި ފަރާތެއް ނެތް ބައެެއް ބާ!! ބޭނުން އަގެއްގަ ޕެކެޖް ވިއްކަނީ.ނިއުސް ޗެނަލްގެ ބައެއް ޗެނަލްތައް ނުފެނޭ 450 ރުފިޔާގެ ޕެކޭޖް ނަގީމަވެސް.ސުވާލުކުރީމަ ބުނަނީ އެޗެނަލް (ފޮކްސް ނިއުސް) ފެންނާނީ ފެމިލީ ޕެކޭޖް ނެގީމައޭ.މާލޭގަ ވަކިއަގެއް ، އަތޮޅުތެރޭގަ ވަކިއަގެއް.މަޖްލިހުން ވެސް މިކަންމިހިނގާގޮތް ބަލާލަން ޖެހޭ..ވ.ވެދުން
ޛިމް2
10 August 2020
އަލަށް ގުޅޭ މީހުންނަށް އެކަނި؟ ކޮބާ މިހާ ދުވަހު ގުޅިގެން އުޅުނު މީހުން؟ އެމީހުންނަށް ކީއްވާނީ 1 މަހު ހިލޭ ދިނިއްޔަ. ސްޓާރ ޕެކޭޖް ވިޔަސް