އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާތަކެއް ބަހައްޓާފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
07 ސެޕްޓެމްބަރ 2020 - 19:26
އެމްޕީއެލުން ނަގަމުން އައި ސާޗާޖުގެ 30 ޕަސެންޓު ކަނޑާލިޔަސް އެ ކުންފުންޏަށް ވިޔަފާރިވެރިން ދައްކަން ޖެހޭ ވަރަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ރާއްޖޭގެ ޝިޕިން ކުންފުނިތަކުން ބުނެފި އެވެ.
އެ ކުންފުނިތަކުން މިހެން ބުނީ، ސާޗާޖުގެ 30 ޕަސެންޓު އެމްޕީއެލުން އުނިކުރުމަށް ފަހު، ވާފޭޖު އާއި ހޭންޑްލިން ޗާޖަށް ހަތް ޕަސެންޓު އިތުރު ކުރުމާ ގުޅިގެންނެވެ. މިގޮތަށް އިތުރު ކުރުމުން ޝިޕިން ކުންފުނިތަކަށް ވިޔަފާރިވެރިން ފައިސާ ދައްކަން ނުޖެހުނަސް ކޮންމެ ކޮންޓެއިނާއަކަށް އިތުރު ހަތް ޕަސެންޓު އެމްޕީއެލަށް ދައްކަން ޖެހޭނެ ކަމަށް ޝިޕިން ކުންފުނިތަކުން ބުންޏެވެ.
ޝިޕިން ކުންފުންޏެއްގެ އޮފިޝަލަކު ނަން ހާމަ ނުކުރަން އެދި ބުނީ އެމްޕީއެލުން އެކި ޗާޖުތައް ނަގަމުންދާ ކަމަށާއި އެހެންވެ، ސާޗާޖު ކަނޑާލިޔަސް އެ ޗާޖުގެ ބަދަލުގައި ވިޔަފާރިވެރިންގެ އަތުން ޗާޖުތައް ނެގޭނެ ކަމަށެވެ. އެގޮތުން، ފްރައިޓް ބިލަށް ނަގާ ޖީއެސްޓީއަކީ މީރާ އިން ކްލެއިމް ނުކުރެވޭ ޓެކްސްއަކަށް ވާއިރު، އެފަދަ ޗާޖުތައް ނެގުން ވެސް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އަސްލު ފްރައިޓް ޗާޖުން ޖީއެސްޓީިއެއް ނުނެގޭނެ. އެކަމަކު އެބަ ނަގާ އެމްޕީއެލުން އެބައި ވެސް. މިގޮތަށް ނަގާ ޗާޖުތައް މީރާ އިން ކްލެއިމް ނުކުރެވޭ. ދެން ދައްކަން މި ޖެހެނީ އަޅުގަނޑުމެން އަމިއްލަ އަށް. މިގޮތަށް އެކި ޗާޖުތައް އެމްޕީއެލުން ނަގާ،" އޭނާ ބުންޏެވެ.
އެމްޕީއެލުން ސަޗާޖު ނަގާތީީ، ގިނަ ކޮންޓެއިނާތައް ބާލަނީ ރޭގަނޑު ވަގުތު ނުވަތަ ހުކުރު ދުވަހު ކަމަށް ވެސް ޝިޕިން ކުންފުނިތަކުން ބުނެ އެވެ. ހުކުރު ދުވަހު މަސައްކަތް ކުރާ ނަމަ އެމްޕީއެލުން އޯވާޓައިމްގެ ގޮތުގައި ޗާޖު ކުރާނެ އެވެ. މި ޗާޖު މާފު ނުކުރާ ކަމަށް އެމްޕީއެލުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އެމްޕީއެލުން ބުނީ އެ ބަދަލާ ގުޅިގެން، ވިޔަފާރިވެރިން ދައްކަން ޖެހޭ މިންވަރަށް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން 23 ޕަސެންޓުގެ ލުޔެއް ކޮންމެ ކޮންޓެއިނާއަކުން ލިބޭނެ ކަމަށް އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕަރޭޝަންސް އަހުމަދު އިނާން ވިދާޅުވި އެވެ.
"އެމްޕީއެލުން ސާޗާޖު 30 ޕަސެންޓު ނަގާތީ ޝިޕިން ކުންފުނިތަކުން އެބަ ނަގާ ބޮޑެތި ޗާޖުތަކެއް. އެއީ ކޮންމެ ވަގުތަކު ބާލާ ކޮންޓެއިނާއަކަސް ޝިޕިން ކުންފުނިތަކުން ޗާޖު ކުރޭ. އެހެން ކަމަށްވާ ނަމަ އަޅުގަނޑުމެން މި ގެނައި ބަދަލާއެކު އެބަ ލިބޭ ނޫންތޯ ކޮންމެ ކޮންޓެއިނާއަކުން 23 ޕަސެންޓުގެ ލުޔެއް،" އިނާން ވިދާޅުވި އެވެ.
އެމްޕީއެލުން ސާޗާޖު ނަގަމުން އައީ ޝިޕިން ކުންފުނިތަކުންނެވެ. ނަމަވެސް އެ އުވައިލުމުން ވާފޭޖާއި ހޭންޑްލިން ޗާޖުގެ ގޮތުގައި އިތުރުވާ ހަތް ޕަސެންޓު ދައްކަން ޖެހޭނީ ވިޔަފާރިވެރިޔާ އަމިއްލައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނޫޕަމް
08 September 2020
އިގްތިސޯދަކަށް ވާ ގޮތެއްް، ނޫނީ އެއްޗިހީގެ އަގު ބޮޑުވަނީ ކީއްވެގެން ކަމެއް ދިވެހި ރައްޔިތުން ބަލާކަށް ބޭނުމެއް ނޫވޭ. ޕާޓީ ނިޒާމު ތެރެއިން ވިޔަފާރިތަކާއި ދޭތެރޭ ރައްޔިތުން ހިތުގާ ރުޅިވެރިކަމާއި ނަފްރަތު އުފެދިފައި އޮތަސް ވިޔަފާރިއާ ނުލާ ކޮންގައުމެއް ކުރިއަރާ ދިޔައީ.
މިރާނޯ
08 September 2020
ހުސްދޮގު، އަސްލު ބޮޑުވީ 20 ފޫޓް ކޮންޓެއިނާއަކުން 211 ރުފިޔާ އަދި 40 ފޫޓް ކޮންޓެއިނާއަކުން 422 ރުިފިޔާ. މަކަރުވެރި ޝިޕިންގްލައިންތަކުން އެބަނަގާ ވިޔަފާރިމީހާއަތުން 150 ޑޮލަރު މިޗާޖޭކިޔާގެން. މި %30 އުވާލީމަ ޝިޕިންގް ލައިންތަކުން ދެންލާރިއެއްނުނެގޭނެ ވިޔަފާރިމީހާއަތުން ބޭނުންހާއަދައް. އެކަމާހެދި ރުޅިގަދަވީ. މިކަން އޮޅުވާލުމުގަ ކުރީގަ އުޅެނީ ކުރީގެ ސަރުކާރުގެ ޝިޕިންގް ކުންފުނި ބަގުރޫޓު ވިއިރު އުޅުނުމީހުން . މީވަރަށްވާހަކަ.
މުރާސިލް
07 September 2020
މިކޯޅުމަކާހެދި އަހަރުމެމް އަތުމް ދާއެއްޗެއް މިދަނީ މީސަރުކާރުން ހަމަރަތްޔިތުން ފެލަނީ
ކްއިކްގަން މުރުގަން
07 September 2020
ދުވަހަކުވެސް ކަލޭމެން ވިޔަފާރިވެރިންނަށް ރަނގަޅު އެއްގޮތެއްވެސް އެބައޮއިތަށް؟ ހުރިހާކަމެއް ހިލޭދިނަސް ކަލޭމެން ޝަކުވާނުކުރާނެގޮތެއްނުވާނެ. ހަމަ ޔަހޫދީންގެ މިސާލު ތީ .
ދޮންވެލި
07 September 2020
40 އަހަރު ވީއިރުވެސް ވިޔަފާރި ބަނދަރަށް އައި ބަދަލެއް ނުފެނެ އެވެ. އައިބަދަލަކީ ،،، ލައްކަ އިން މުސާރަ ނަގަ އެވެ.
ބަނބޫ
08 September 2020
ވިޔަފާރި ބަނދަރަށް 40 އަހަރު ވެއްޖެތަ؟؟ ތިޔަ ބުރާ 40 އަހަރުވީ ބަނދަރަށްލިބޭ އެއްޗްކުން މުސާރަ ދޭންޖެހޭ އެތައް ރަށެއްގައި ހުރި އޮފީސްތަކަށް. ލައްކައިން މުސާރަ ދެނީ ކިހިނެތް.
އިސްމާލުކަލޭފާނު
07 September 2020
ކޮންމެސް އެއްބަޔަކު އެބަ ދޮގުހަދާ. މީ ވަރަށްވެސް ނުބައިނުލަފާވާ ދޮގެއް. މިކަން ޕޮލިހުން ތަހުގީގުކުރާންޖެހޭ. އަދި އެދޮގުހަދާބައެއް ހޯދައި 25 އަހަރަށް އަދަނގޮނޑިޖަހާންޖެހޭ.
ނެކްސްޓް
07 September 2020
މީގެން ތެދެއް ދޮގެއް އެނގޭ؟ ޒީރޯޓޮލަރެންސް ސަރުކާރުމީވަ ނެނގޭނެ އެކައްޗެއްވެސް
ސީޒަން ޖެކުހަން
07 September 2020
ސަހާދެއް ހަބަރެއް ކިޔާލިޔަސް ބޯބުރާންތިވާވަރުވޭ. ކިޔާނުކިޔާއެއް ނޭންގޭ. އެއްބަޔަކު ކިޔަނީ ނުކައެއް ނުފުރާނަމޭ. އަނެއްބަޔަކު ކިޔަނީ ކައިގެންނޭފުރާނީ. ނިމޭއިރު ހަމައެއްތަނެއްގާޖެހެނީ. ކޮންމެބަޔަކުވެސް އޮޅުވަނީ ބަސް. ދެން ރައްޔިތުން ތިބެންޖެހެނީ ބުރާންތިއަރާފާ.
އާރު
07 September 2020
ތިޔަސިޕިންގްކުންފުނިތަކުންހަދަނީހުސްދޮގު. އެމް އެސް އެސް ނަގަނީ ޑީއޯ އަށްނަގާ 30 ޑޮލަރުއެކަނި އެހެން ކުންފުނިތަކުން ޑީއޯ އަށްމަދުވެގެން 300 ޑޮލަރުނަގާ. އެމް އެސް އެސް އާގުޅައިގެން ބައްލަވާ.
ާިިއިބްރާހިމް
08 September 2020
ކޮބާ އެމް އެސް އެސް އަކީ؟
ޖޮއިންޓް
08 September 2020
އެމް.އެެސް.އެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގް އެސްޓީއޯގެ ފަރާތުން ހިންގާ ޝިޕިންގް ލައިން