ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ-- ފޮޓޯ:ބީއެމްއެލް
14 ސެޕްޓެމްބަރ 2020 - 12:40
ބޭރުގެ ބައެއް ޕްލެޓްފޯމްތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް އިން ހުއްޓާލީ ޓްރޭޑް ކޮށްގެން ރާއްޖެއިން ބޭރަށްދާ ޑޮަލަރު އިތުރުވާތީ ކަމަށް ބީއެމްއެލުން ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އިއްޔެ ވިދާޅުވީ "ވިސާ ޑައިރެކްޓް' އާއި "މާސްޓަކާޑް ސެންޑް" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކުރުމަށް ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން، ޓްރޭޑް ކުރާ ބައެއް ކަސްޓަމަރުން 15.42ރ. ގެ ރޭޓުން ބޭރަށް ޑޮލަރު ފޮނުވުމަށް ފަހު، ލިބޭ ޑޮލަރު އޭޓީއެމުން ނެގުމަށް ފަހު ކަޅު ބާޒާރުގައި ބޮޑު އަގުގައި ދިވެހި ރުފިޔާއަށް ބަދަލުކޮށް، އަލުން ދިވެހި ރުފިޔާ އެކައުންޓަށް ޖަމާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު އިތުރުވެ އެވެ.
"ގިނަ ފަރާތްތަކުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓްރޭޑް ވޮލެޓްތަކަށް 15.42ރ. ރޭޓުގައި ޑޮަލަރު ޓޮޕްއަޕްކޮށް އަދި ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު އެކައުންޓްތަކަށް ފައިސާ ގަނޭ. މި ގޮތަށް ޑޮލަރު ލިބުމާއެކު އެކައުންޓުގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނަގައި އެހެން މާކެޓްތަކަށް ޑޮލަރު ވިއްކާ،" އޭނާ ވިދާޅުވި އެވެ.
"މިގޮތަށް އަމަލުކުރުމުގެ ސަބަބުން ކާޑު އެސޯސިއޭޝަންތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު ކަސްޓަމަރުން ކާޑަށް ފައިސާ މިދައްކަނީ ރުފިޔާއިން ކަމަށްވާއިރު މި ދެންނެވި ގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި."
އޭނާ ވިދާޅުވި ގޮތުގައި މި ގޮތަށް ގިނަ އަދަދެއްގެ ޑޮލަލަރު ބޭރަށް ދިޔުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރުގެ އަދަދު ދަށްވެ، ޓީޓީ ފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވެ އެވެ. އެހެންކަމުން ބީއެމްއެލުން އެޅި މިފިޔަވަޅަކީ ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހައްޓައި، އަދި މުހިންމު ބޭނުންތަކަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓުރިޒަމް ދަށްވެ ރާއްޖެ އަށް ވަންނަ ޑޮލަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، ރާއްޖެ އަށް ވަންނަ ޑޮލަރުގެ 80 ޕަސެންޓު ހިއްސާ ކުރަނީ ޓޫރިޒަމް ދާއިރާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
14 September 2020
ބަގުލާދޭސް މީހުން މިގައުމުން ބޭރުކުރާ ޑޮލަރުގެ ވާހަކަ ވެސް ދައްކަބަލަ. އެމީހުން އެ ކުރާ ވިޔަފާރި މިގައުމްގަ ނޭގޭ މީހަކު ނުހުންނާނެ.
ޓިމޮޓީސޭވާ
14 September 2020
ތިބޭފުޅާއާއި ތި ބޭންކުގެ އިސްމަގާމުތަކުގައި ތިބި ބޭކާރު ބޭރުމީހުންނަށް މަހެއްގެ މައްޗަށް ކިހާ ޑޮލަރެއް ބޭކާރުގޮތުގައި ހޭދަވޭތޯ. ތި ހުރިހާ މަގާމަކީ ދިވެހިންނަށް އަދާކުރެވޭނެ މަގާމުތައް..
ހަކީމް
14 September 2020
ޑޮލަރު އޭޓީއެމް ކައިރީގައި ކުދި ކުދި ކަޑަ ހަދައިގެން ބަންގާޅު މީހުން ކަޅު ބާޒާރުގައި ގަނެ ވިއްކާއިރު މިކަން އެއްވެސް ފުލުހަކަށް އަދި މމއ އަކަށްވެސް ނުފެނޭ... މިއީވެސް އެކަމަކު ޤާނޫނު ހިނގާ ގައުމެކޯލަ ...
ހަޒާނާ
14 September 2020
ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ގެ ޑޮލަރު ތައް އެމްއެމްއޭ އަށް ވަނުމަށް ފަހު ނޫނީ ބޭރަށް ނުދާނެ ގޮތެއް ހަދަނި ކޮށް ސަރުކާރު މުއްސަނދި ވީ އެވެ. ދެން ކުޑަ ފައިދާ އެއްވެސް ނެގިދާނެ އެވެ.
ކޮރަލް
14 September 2020
ދިވެހީން ނަކީ ވ ހުޝިޔާރު ބައެކެވެ. އެއްދޮރު ބަންދު ވާއިރަށް އަނެއް ދޮރު ހުޅު ވާނެ އެވެ.
އެކުވެރިޔާ..8
14 September 2020
މމމ މީވާވެރިކަ މެއް ބެންޑް ޑޮލަރުގެ ބޭނު މުގައި މަންޒަރު އޮޅުވާ ނުލާ ޑޮލަރުން ޑެޕްސިޓް ކުރި ފައިސާ އޭރުވެސް ޑޮލަރުން ލިބެނީ ރުފިޔާ އިން ކުރީމާ ރުފިޔާއިން އޭރުވެސް ޖަވާވަނީ، މިހާރު ޑޮލަރުން ކުރިޔަސް ރުފިޔާ ލިބެނީ، ކޮބާ ހޭ އަހަރުމެންނަށް ބޭރުން ފޮނުވި ފައިސާ ނުގަބޫލުގައި އެޑޮލަރު އަތުލާފައި ރުފިޔާ ނުދެވޭނެ، ރައްޔިތުން މިތިބީ ބަލަން.. ވެރިކަމަނީ ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ އެއްޗެއް. އަހަރުން ވޯދިނިނ ދެނެ ދަންނަ އެކަކުވެސް ވޯޓ ލިޔަ ނުދޭނަ
ޞަހި
14 September 2020
ވާނުވާ ނޭންގޭ މީހުން އިންގޭކަމަށް ހެދިގެން ކޮމެންޓް ކުރީމާހަޑި
ހޯރަބޭ
14 September 2020
ދިވެހި ރަތްއިތަކަށް އެއްޗެއް ލިބެންވީމަ މި މީހުން ވަރަށް ކަންބޮނޑްވާނެ. މި މީހުން ހެޔޮ ރަތްއިތުން ކިތައްމެވަރަކަށް ފެލިޔަސް. އިންޓަރެސްޓް 18 ފަސެންޓް ލައިގެން..
ބޭބެ.
14 September 2020
ތިދައްކާވާހަކަ އެއް ދިމައެއް ނުވޭ، ޑޮލަރ އެކައުންޓް ޑެޕޮސިޓް ކުރި ފައިސާ ޖަމާވާން ޖިހޭނީ ޑޮލަރ އެކައުންޓަށް، ރުފިޔާއިން ޑިޕޮސިޓް ކޮށްފިއްޔާ ޖަމާވާނީ ރުފިޔާ އެކައުންޓަށް، ބޭރުން އަބަދުވެސް ފައިސާ ފޮނުވަނީ ޑޮލަރުން. ފައިސާ ކެންޑި އެކައިންޓަ އަބަދުވެސްް ޖަމާވާނީ، މިހާރު ޑޮލަރުން ކެންޑިޔަސް އެޖަމާވަނީ ރުފިޔާ އެކައުންޓަށް ، ރުފިޔާއިންް ކެންޑީމާ އެއްވެސް އިރަކު ޑޮލަރ އެކައިންޓަށް ޖަމާނުވޭ...
ހާސަރު
14 September 2020
ރެޒޯޓްތަކުގައި އަވައްޓެރި ގައުމުތަކުގެ ކާރޑްމެޝިން ބަހައްޓާއިގެން ކުރާ މުއާމަލާމަތްތައްވެސް ހުއްޓުވަންޖެހޭ. އަދި ރާއްޖެއައިސް ބޭރުގެ ފަރާތްތަކުން (ފޮރިން ކަރަންސީ ކާރޑްތަކުން) ކުރާ މުއާމަލާތްތަކަށް ލިބޭ ބޭރުފައިސާވެސް ބެންކަން ލިބެންޖެހޭ.