ވިޔަފާރި / އަކުއާ ވިޓާ

އަކުއާ ވީޓާ ރެޒިޑެންސް: ހިތްފަސޭހަ، ޒަމާނީ ގެތައް

އަކުއާ ވީޓާ ރެޒިޑެންސް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް

21 ސެޕްޓެމްބަރ 2020 - 11:29

22 comments

ހުޅުމާލޭގައި އަކުއާ ވީޓާއިން ތަރައްގީ ކުރަމުން އަންނަ "އަކުއާ ވީޓާ ރެޒިޑަންސް"ގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. ސާދަ ބުރީގެ މި އިމާރާތުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 98 އެޕާޓްމަންޓް ހުންނާނެ އެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ވެސް މެއިޑް ރޫމެއް ހުންނާނެ އެވެ. ހުޅުމާލޭގެ ތަރައްގީވަމުން އަންނަ ސަރަހައްދެއްގައި ހަދަމުން އަންނަ މި ރެޒިޑެންސަކީ އެތަނުގައި ދިރިއުޅޭ މީހުންނަށް އަރާމުގައި އުޅޭވޭނެހެން އިމާރާތް ކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ.

މި އެޕާޓްމަންޓްތަކުގައި ދިރިއުޅޭނެ މީހުންނަށް އެންމެ ފުރިހަމަ މާހައުލެއް ހޯދައިދިނުމަށްޓަކައި، ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައި ވަނީ އެންމެ ފަހުގެ ޑިޒައިންތަކަށެވެ. އެގޮތުން، އެޕާޓްމަންޓުތަކުގައި ހުންނަ ކުޑަދޮރުތަކުގައި 10 މިލިމީޓަރު ޑަބަލް ގްލޭޒްޑް ބިއްލޫރިގަނޑު ބޭނުންކޮށްފައިވާއިރު މީގެ ސަބަބުން އެޕާޓްމަންޓުގެ ހޫނުމިން 73 ޕަސެންޓާ ހަމައަށް ކުޑަކޮށްދެ އެވެ. އަދި ބޭރުގެ އަޑުތައް 70 ޕަސެންޓު މަޑުކޮށްދެ އެވެ. މީގެ އިތުރުން ބޭރަށް ހުޅުވޭ ފަދަ ދޮރުތައް ވެސް ހަދާފައި ހުންނާނީ މި ބާވަތުގެ ބިއްލޫރި ގަނޑު ބޭނުންކޮށްގެނެވެ. މި ދޮރުތައް ހަދާފައި ވަނީ އީ-ޓެމްޕާޑް ބިއްލޫރި ބޭނުންކޮށްގެނެވެ.

އަކުއާ ވީޓާއިން މި އެޕާޓްމަންޓްތައް ފުރިހަމަކޮށްފައި ވަނީ ހާޑްވުޑް ފްލޯރިން ބޭނުންކޮށްގެނެވެ. އެޕާޓްމަންޓް ރީތިކޮށްދިނުމުގެ އިތުރުން ހާޑްވުޑް ފްލޯރިން ބޭނުންކުރުމުން އެޕާޓްމަންޓުގެ ވައިގެ ކޮލިޓީ ވެސް ރަނގަޅުވާނެ އެވެ. މި ފްލޯއިންގެ ސަބަބުން ހިރަފުހާއި ޓައިލްސްގެ ދެމެދުގައި އެއްވެދާނެ ފަދަ ޖަރާސީމް ފަދަ ތަކެތި އެއްވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. މިފަދަ ފްލޯރިން ބޭނުންކުރުމުން އެޕާޓްމަންޓް ސާފުކުރަން ވެސް ފަސޭހަ ވާނެ އެވެ. ހާޑްވުޑް ފްލޯރިންއަކީ ރަނގަޅަށް ބަލަހައްޓައިފި ނަމަ ގިނަ ދުވަހު ބޭނުންކުރެވޭނެ ފްލޯރިންއެކެވެ.

އަކުއާ ވީޓާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގެ އެތެރެ--

މި އެޕާޓްމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ގޭސް ފުޅީގެ ބަދަލުގައި ކޮންމެ އެޕާޓްމަންޓެއްގައި ވެސް ހުންނާނީ ގޭސް ހޮޅި ގުޅައިފަ އެވެ. ފެން ހޮޅި ގުޅާ އުސޫލުން ގުޅާފައި ހުންނަ މި ހޮޅިތަކުން ސެންޓްރަލައިޒްޑް ސިސްޓަމެއް ބޭނުންކޮށްގެން ހުރިހާ އެޕާޓްމަންޓަކަށް ގޭސް ފޯރުކޮށްދޭނެ އެވެ. އެހެންކަމުން މި އެޕާޓްމަންޓުތަކުގައި އުޅޭ އެއްވެސް ބަޔަކު ވަކި ގޭސް ފުޅި ގަންނާކަށް ނުޖެހޭނެ އެވެ. މިއީ ޒަމާނީ ކޮންމެ ގެއަކުން ވެސް މިހާރު ލިބެން ހުންނަ ހިދުމަތެކެވެ.

އަކުއާ ވީޓާ ރެޒިޑެންސުން އެޕާޓްމަންޓު ގަންނައިރު ކޮންމެ އެޕާޓްމަންޓެއްގެ ބަދިގޭގައި އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ކަމަގްނީ" ބްރޭންޑުގެ ކަބަޑު ސެޓަކާއި އުނދުނާއި، ހޫޑުގެ އިތުރުން އަވަނެއް ހުންނާނެ އެވެ. މީގެ އިތުރުން އިމާރާތައް މާސްޓާ އެންޓަނާ ޓީވީ ސިސްޓަމެއް ގުޅާފައި ހުރުމުގެ ސަބަބުން ކޮންމެ އެޕާޓްމަންޓަކަށް ބޭނުންވާ ކޭބަލް ޓީވީގެ ހިދުމަތް އިތުރު ކަނެކްޝަނަކާ ނުލައި ފަސޭހައިން ލިބޭނެ އެވެ. އަދި ކޮންމެ ފްލޯއެއްގައި ވެސް ކުނި ނައްތާލަން "ގާބެޖް ޝޫޓެއް" ހުންނާނެ އެވެ.

ގްރައުންޑް ފްލޯގައި ފިނި ހޫނުމިން ކޮންޓްރޯލްކޮށްފައި ހުންނަ ޕޮއިންޓަކާއި ސްޓޮރެޖް ރޫމެއް ވެސް ހުންނާނަ އެވެ. އަދި ހުޅުމާލެއިން ކަރަންޓް ކެނޑިގެންދާ ހާލަތްތަކުގައި ވެސް އެ ރެޒިޑެންސްގައި ދިރިއުޅޭ މީހުންނަށް ދަތިވިޔަ ނުދިނުމަށްޓަކައި ބެކްއަޕް ޖަނަރޭޓަރެއް ވެސް ހުންނާނެ އެވެ. މި ޖަނަރޭޓަރުން މެދު ނުކެނޑި 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭނެ އެވެ.

އަކުއާ ވީޓާ ރެޒިޑެންސް އެޕާޓްމަންޓެއްގެ ބަދިގެތެރެ ހުންނާނެ ގޮތް--

މި އެޕާޓްމަންޓުތައް އެންމެ ބޮޑަށް ޒަމާނީ ކޮށްދެނީ ކޮންމެ އެޕާޓްމަންޓެއްގައި ވެސް ހިމަނާފައިވާ ސްމާޓް ހޯމް ޓެކްނޮލޮޖީގެ ސަބަބުންނެވެ. އެގޮތުން، މި ރެޒިޑެންސްގެ ކޮންމެ އެޕާޓްމަންޓެއްގައި ވެސް ދުނިޔޭގެ އެންމެ މަގްބޫލް ޓެކްނޮލޮޖީ ކަމަށްވާ، "ފިބާރޯ ހޯމް އިންޓެލިޖަންސް" ބޭނުންކޮށްފައި ވާނެ އެވެ. މި ޓެކްނޮލޮޖީއަކީ މި ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޕޯލަންޑުގެ ކުންފުނި "ފިބާރޯ" އިން ތައްޔާރުކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. ފިބާރޯއަކީ ގޭގައި އުޅޭ ވަގުތު ކޮންމެ މީހަކަށް ވެސް އަރާމާއި ރައްކާތެރިކަމާ އެކު އުޅެވޭނެ ފަދަ މާހައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން އެކި ސޮލިއުޝަންތައް ތައްޔާރު ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ "ފިބާރޯ ހޯމް ސެންޓާ ލައިޓް" ބޭނުންކުރުމުން ފަސޭހަ ކަމާ އެކު މުޅި އެޕާޓްމަންޓުގައި ވާ ކަންތައްތައް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ބަލާލެވޭނެ އެވެ.

މީގެ އިތުރުން ފިބާރޯ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އެޕާޓްމަންޓުގައި އުޅޭ މީހުންނަށް ހިތްހަމަޖެހުމާއެކު އަރާމުގައި އުޅެވޭނެ އެވެ. އެހެންކަމުން ހިތްފަސޭހަ ދިރިއުޅުމެއް ފަށަން ބޭނުން ނަމަ ގަންނަންވީ އަކުއާ ވީޓާ ރެޒިޑަންސްގެ އެޕާޓްމަންޓެކެވެ.

އަކުއާ ވީޓާއިން ވަނީ އެޕާޓްމަންޓުގެ 3ޑީ މޮޑެލް ބަލަން ބޭނުންވާ މީހުންނަށް https://players.cupix.com/p/pki6sYi0 މެދުވެރިކޮށް ވާޗުއަލްކޮށް ބަލާލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެޕާޓްމަންޓުތަކާ ގުޅޭ އިތުރު މައުލޫމާތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އާ ދެމެދު 7708866، 7388866 ނުވަތަ 3338866 އަށް ގުޅައިގެން ނުވަތަ www.aquavita.mv އަށް ޒިޔާރަތް ކުރުމުން ލިބެން ހުންނާނެ އެވެ.

އެޕާޓުމަންޓުތަކުގެ ފެށޭ އަގުތައް:

• 1+3 ރޫމުގެ އެޕާޓްމަންޓު: 4.7 މިލިއަން ރުފިޔާއިން ފެށިގެން.

• 1+2 ރޫމުގެ އެޕާޓްމަންޓު: 3.6 މިލިއަން ރުފިޔާއިން ފެށިގެން.

22 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 19%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބްރޯ

23 September 2020

ރައްޔިތުންގެ ޓެކްސްފައިސާއިން ހުޅުމާލެހިއްކީ އަގުބޮޑު ރިއަލްއެސްޓޭޓްވިޔަފާރިއެއްފަށާ މުއްސަނދިން މުއްސަނދިކޮށް އެވެރިންނަށް ޕެންޓްހައުސްތަށް ހަދާކަށްނޫން. ބޯހަލާކު!

The name is already taken The name is available. Register?

މިޝް

23 September 2020

ލަގްޒަރީ އެޕާޓްމަަންޓެއް ވިއްޔާ އޯޕަން ކޮންސެޕްޓް ގެ ލިވިންގ އޭރިއާ އެންޑް ކިޗަން ވިތް އައިލަންޑް، މާސްޓަރބެޑްރޫމްގައި ވޯކް އިން ކްލޯސެޓް ހުންނަންޖެހޭނެ، އަދި ރަނގަޅު ސައިޒެއްގެ ބެލްކަންޏެއް ހުންނަންޖެހޭ. މިއީ ބޭސިކް ލަގްޒަރީ އެޕާޓްމަންޓްސް ގައި ހުންނަންޖެހޭ ނެސެސިޓީ މިބައި މަދު އެކުއާވީޓާގަ

The name is already taken The name is available. Register?

އަލި

22 September 2020

މިތަންތަނުގެ ސަޅިކަން ނޭންގިގެންތަ މިއުޅެނީ.. ފައިސާނެތީއޭ..

The name is already taken The name is available. Register?

މެއިޑު ރޫމް

22 September 2020

މެއިޑު ރޫމެއް ހުރީމާ ދިވެހީން ވަރަށް އުފާވާނެ. މިކަމުންވެސް ގައުމުގެ ރައްޔަތުންގެ އެޓިޓިއުޑު އިގޭތާ!!

The name is already taken The name is available. Register?

1828

22 September 2020

ދިވެހިންނަށް ބޭނުންވަނީ ލަގްޒަރީ ބޯހިޔާ ވަހިކަމެއްނޫން. ވަރަށް އާދައިގެ ބޯހިޔާ ވަހިކަމަކަށް ކިތައް ކިތައް ދިވެހިން ތޯ 'ސަލާން'ޖަހަނީ؟ ދައުލަތުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ އަނބިދަރިންނަށް ކިރިޔާ ކާލައިގެން ބޯލައިގެން އުޅެވޭ ވަރުގެ މުސާރައެއް ދިނުމަށް. ރާއްޖޭގައި ގިނައެއް ނުވާނެ މަހަކު 10000ރ އިން މަތީގެ މުސާރައެއް ލިބޭ މީހުންނެއް. އެމީހުންނަކީ ޒަރޫރީ ބޭނުންތައް ނޫނީ ނުފުއްދައި އުޅޭ މީހުން.

The name is already taken The name is available. Register?

މުހައްމަދު

21 September 2020

މަށަށްވެސް ވަރަށް އަސަރުކޮށްފި އެއިމާރާތުގެ ފޮޓޯ ފެނިފައި. ދެރަނުވޭ އާދަނުބޭ.

The name is already taken The name is available. Register?

ާއުނިމާ

21 September 2020

މެލޭއިން މިއަށްވުރެ މާބޮޑަށްވެސް އަގުހެޔޮކޮށް ލަގްޒަރީ ފްލެޓް ގަނެވޭނެ

The name is already taken The name is available. Register?

ބޯގަޅި

21 September 2020

ރޫ މް ތައް އެހާކުދި، ބެޑްގެ ތިން ފަރާތައް ފަރާތަކައް 2 ފޫޓް، 5 މިލިއަން އައް ތިވިއްކަންޖެހޭނީ އެމީހަކު ހޭނައްތާފަ.

The name is already taken The name is available. Register?

ނައުޤް1

21 September 2020

ތިއަގުގަ ނުވާނެ. 2 މިލިޔަނައްވެސް ލަކްޒަރީ ފްލެޓް ހުރޭ. ތީގެ ސްމާޓް ހޯމް ސިސްޓަމެއް 200 ޑޮލަރުން ދަށުގަ ހުރޭ.

The name is already taken The name is available. Register?

ފޫހި

21 September 2020

ޢެޗްޑީސީން ބިދޭސީ އަދި ދޭސީ ކުންފުނިތަކަށް ބިންދީގެން މިހިންގާ ބޮޑު ވިޔަފާރިން އާއްމުންނަށް އޮތް މޮޅެއްބުނެދީބަލަ. ޢަދި ބޯހިޔާވަހިކަމަށްލިބޭނެ ލުޔެއްވެސް ބުނެދީބަލަ. މިއީބޮޑު ޖަރީމާއެއް. މިއީ ދިވެހިންނަށް ކުރާ މަލާމާތެއް ވައްކަންނުކޮށް ޑްރަގް ނުވިއްކާ ހަލާލުފައިސާއިން ދިވެހިންނަށް ޖައްވުގައިމިހަދާ ފުލެޓެއް 6 މިލިއަން ރުފިޔާއަށް ގަނެވޭނީ 6 ވަރަކަށް ދިވެހިންނަށް. މިއީ ބިދޭސީން ރައްވެހިކުރަން ޖަހާ ސަކަރާތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454