އެސްޑީއެފްސީ: އެ ކުންފުނިން ވަނީ ލޯނު އެޕްލިކޭޝަން ހުށަހެޅުމަށް ޕޯޓަލެއް ތައާރަފު ކޮށްފައި--
15 ނޮވެމްބަރ 2020 - 14:55
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނުތަކަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަމަޖައްސައިިފި އެވެ.
ކުރިން އެ ކުންފުނިން ލޯނު އެޕްލިކޭޝަންތައް ބަލައިގަންނަނީ ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށްގެންނެވެ. ނަމަވެސް މި ގެނައި ބަދަލާ އެކު ރިސެޕްޝަނުންނާއި އީމެއިލް މެދުވެރިކޮށް ފޯމު ބަލައި ނުގަންނާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
ލޯނު އެޕލްިކޭޝަންތައް ބަލައިގަތުމަށް އެސްޑީއެފްސީން މިހާރު ވަނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ހާއްސަ ޕޯޓަލެއް ގާއިމްކޮށްފަ އެވެ. މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަން ބޭނުންވާ މީހުންނަށް efaas.egov.mv މެދުވެރިކޮށް އައިޑީކާޑް ތަފްސީލާއި މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންކޮށްގެން އީފާސް އެކައުންޓް ހުޅުވޭނެ އެވެ. އަދި އެ އެކައުންޓް ބޭނުންކޮށްގެން ޕޯޓަލަށް ލޮގިން ވެވޭނެ އެވެ.
އެސްޑީއެފްސީން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލޯނު އެޕްލިކޭޝަންތަކުގެ އަޕްޑޭޓް ވަގުތުން ބަލައިލެވޭނެ ކަމަށެވެ. އަދި މި ބަދަލާއެކު ލޯނަށް އެދި ފޯމު ހުށަހަޅާ މީހުންނަށް އިތުރަށް ލުއި ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޓެ
16 November 2020
ލޯނެއް މި ލިބެނީ ލޯނު ނުނަގާވެސް ފުދޭވަރަށް ފައިސާ ލިބޭކަން ސާބިތުކޮށްދިނީ މަ؟ ދެން ކީއްކުރަން ލޯނު ނަގަނީ؟ ލޯނު ނަގާނީ ނުލިބޭ މީހުންނެއް ނޫންތަ؟
އެހެންތަ ؟
15 November 2020
ތިޔަ އެއްޗަކުންވެސް މާލޭ މީހުނަށް ނޫން ބަޔަކަށް ލޯނެއް ނުލިބޭ. އަހަރެން މިރަށުގައި ހިންގާ ފިހާރައަށް 3 ލައްކަ ރުފިޔާ ނުލިބުނު. އެކަމަކު ފިހާރައިގެ އަގު 1 މިލިޔަން ރރުފިޔާ އަށްވުރެން ބޮޑު.