ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
16 ނޮވެމްބަރ 2020 - 12:53
އިއްޔެ ދެ ހާހަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިއީ ކޮވިޑް-19 ފެތުރެން ފެށުމުން ބޯޑަރު ބަންދުކޮށް، އަލުން ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި މިކަމާ ގުޅުވައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި ކަމާބެހޭ އިދާރާތަކަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޗުއްޓި ހޭދަކުރަން ރާއްޖެ ހިޔާރުކުރާ ޓޫރިސްޓުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
Congratulations #Maldives travel and tourism industry and related authorities. You have done it.
— Abdulla Mausoom (@Mausoom_Maus) November 15, 2020
Yet another milestone since border reopening. #NewRecord of daily tourist arrivals. Yes its 2000 plus tourists today. Thanks global tourists. Keep visiting and revisiting Maldives
ޓުރިޒަމް މިނިސްޓަރު ކުރެއްވި ޓްވީޓު--
ބޯޑަރު ހުޅުވި ފަހުން، އިއްޔެ ނުހިމަނައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު 1،582 ޓޫރިސްޓުން އައިސްފައިވެ އެވެ.
ބޯޑަރު ހުޅުވިއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެ އަަންނަނީ 100 ޓޫރިސްޓުންނެވެ. ނަމަވެސް މިއަދަދު ކޮންމެ މަހަކު ވެސް އިތުރުވަމުން އައުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް މީގެ ކުރިން ޓޫރިޒަަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް 434،000 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. މީގެ ތެރެއިން 51،354 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ބޯޑަރު ހުޅުވިފަހުންނެވެ. އެ މިނިސްޓްރީން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު 500،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
17 November 2020
ޓޫރިސްޓުން އަޔަސް ދައުލަތަށް ލިބޭނީ ނިސްބަތުން މަދު ފައިސާކޮޅެއް. އޭގެ ބަދަލުގައި ދައުލަތުން ކުރަންޖެހޭ ހަރަދުތައް ބޮޑު.
ޢިހްސާސް
16 November 2020
ކޮވިޑު ހިފައިގެން އައީ ކިތައް މީހުންތޯ؟
މުރާސިލް
16 November 2020
މިޤަުމަށް ކިތަންމެ ފަތުރުވެނިންނެއް އަޔަސް އެކަމުގެ މަންފާ ދިވެހިރައްޔިތަކަށް ނުލިބެއެވެ. ޓެކުހުގެ ގޮތުގައި ލިބުނަސް ދަޢުލަތައް ލިބިއްޖެއްޔާއި ފެން ފޮދަކާއި ނުލާ ދިރުވާލާނެއެވެ. ރައްޔިތަކަށް ވާކަމެއްވެސް ނޫނެވެ.