ވިޔަފާރި / ކަސްޓަމްސް

ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކުގެ އަގު 2.6 މިލިއަން ރުފިޔާ އަށް އަރާ

އޮޅުވާލައިގެން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް --- ފޮޓޯ/ކަސްޓަމްސް

ލޮނުމަހާ އެއްކޮށްގެން ރާއްޖެއިން އިއްޔެ ބޭރު ކުރަން އުޅުނު މިޔަރު އުރަހަތަކުގެ އަގު 2.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ދުނިޔޭގެ ބާޒާރުގެ އަގުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިޔަރު އުރަހަ ވިއްކުމާއި އިމްޕޯޓް/އެކްސްޕޯޓް މަނާ ކުރި ނަމަވެސް ޗައިނާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި ކެއުމަށް މި ތަކެތި ގަނެ ހަދަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މިޔަރުގެ އުރަހައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) ގަ އެވެ. މި ރޭޓުން ބަލާނަމަ އިއްޔެ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބައެއް ގައުމުުތަކުގައި މިޔަރު ކިލޯއެއް 400 ޑޮލަރަށް ވިއްކުނު ނަމަވެސް ބައެއް ގައުމުތަކުން ކިލޯއެއް 600 ޑޮލަރަށް ވެސް ގަނެ އެވެ.

އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މިޔަރު އުރަހަތަކުގެ މައްސަލަ ކަސްޓަމްސް އިން މިހާރު އަންނަނީ ބަލަމުންނެވެ. އެހެންކަމުން އެ ތަކެތި ބޭރު ކުރަން އުޅުނު ބައެއްގެ ނަން ހާމަ ކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން އަތުލައިގަތް މިޔަރު އުރަހަތައް އެންޒީ ބްރޭންޑުގެ ފޮށިތަކެއްގައި ބަންދު ކޮށްފައި ހުރުމުން ގިނަ ބަޔަކު ވަނީ އެންސިސް އަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް އެއީ އެންސިސް އިން ބޭރު ކުރަން އުޅުނު ތަކެތި ނޫން ކަމަށް ކަސްޓަމްސް އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެންޒީގެ ފޮށިތައް ބޭނުންކޮށްގެން މަނާ ތަކެތި ބޭރު ކުރަން އުޅުނު ބަޔަކު ކަސްޓަމްސް އިން ހާމަ ކުރުމުން، އެ ބައެއްގެ މައްސަލަ ޖައްސާނެ ކަމަށް އެންސިސް ފިޝަރީޒް އިން ބުންޏެވެ. މައްސަލަ ޖައްސަނީ އެ ކުންފުނީގެ ރީތި ނަމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

28 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 11%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަން

05 January 2021

މިޔަރު ހިފަނީ ކޮންތަނަކުންކަން ކިހާވަރަކަށްކަން ބެލޭނެ ގާބިލުކަމެއް ހުރި ގަައުމެއްނަމަ ބައި ޓަނުގެ އެެއްޗިހި ކަސްޓަމްސްއާ ހަމަޔަށް ފުރަތަމަ ނުވެސްގެންދެވޭނެ. އެހެންވީމަ ރާއްޖެއަށް ހަމަ އެއްމެ ރަނގަޅު ގާނޫނަކީ އެއްކޮށް މަނާކުރުން. އެހެން ނޫނީ ދެން ދުވަސްކޮޅަކުން ފެންނާނީ މިތަނުން ތި ހުސްކޮށްލާފަ ހުރިތަން.

The name is already taken The name is available. Register?

ދިވެއްސެއް.

05 January 2021

"އެހެންކަމުން އެ ތަކެތި ބޭރު ކުރަން އުޅުނު ބައެއްގެ ނަން ހާމަ ކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ." އަނެއްކާ ރޯޔަލް ކޭސްއަކަށް ކަންނޭގެ މިކަންތައް މިވީ.

The name is already taken The name is available. Register?

ދިވެހި ބިން

05 January 2021

ހަޤީގަތުގަ މިހާލަތުގަ ހިފަހައްޓަން ޖެހޭ އެއްޗެއްވެސް ނޫންތިއިކީ... މިޔަރު ގިނަވެގެން މަސްވެރިކަމަށްވެސް ނޮހޮރޮއްޕާން އަނެއްކާ މިހާރު މީހުންނަށްވެސް ހަމަލާދޭންފަށައިފި

The name is already taken The name is available. Register?

އެމް ބީ އޭ

05 January 2021

ސުޕުން ނައް ތިކަން އިނގޭނެ

The name is already taken The name is available. Register?

މަނަމަ

05 January 2021

މިހާރު މިޔަރުގެ ބަލާ ވަރައް ބޮޑުކިތައްމީހުން މިޔަރުގެ ސިކާރަަައަކައް ވަނީ ކޮންމެއަހަރަކު ވެސްވަކި ދުވަސް ވަރެއް މިިޔަރުއުރަހަ ނަގާބޭރު ކުރަން ހުއްދަ ދޭންވީ ހާސަކޮއް މިދުވަސްވަރު މީހުން އަތްމަތި ދަތި މިހާލަތުގަ

The name is already taken The name is available. Register?

ބައިޑެން

05 January 2021

6000 ރުފިޔާއަށް ކިލޯއެއް. ކަޅުބިލަ މަސް 20 ރުފިޔާއިން ދަށުގަ. ގޭދޮށު ފެކްޓްރީ އަޅާ މިޔަރުގެ މަސްވރިކަންވެސް ދެ މެހެއްޓްނިވި ގޮތުގައި ކޮށް އިގްތިސާދި މަންފާ ހޯދަދެންވީ ރައްޔިތުންނަށް. ސަރުކާރުން ނުޖެހޭނެ މިޔަރު އުރަހަ ގަންނާކަށް. ޜައްޔިތު މީހާއަށް އެކަންކޮށް ޑޮލަރު ގައު މަށް ވައްދަންވީ.ކިޔޯޓޯ ޕްރޮޓްކޯލްއަށް ކިތައްގައުމު އަ މަ ލުކުރަ ނީ..ތި މާވެއްޓަކީ ރައްޔިތުން ނިކަ މެތި ކުރުވާ ކަ މަކަށް ވެގެންނުވާނެ. ތި މާވެށީގެ ނަ މުގައިވެސް ހައްދު ހަފަނައަޅާ ނުދަންވީ.

The name is already taken The name is available. Register?

ގުދުގުދާ ބެއްޔާ

04 January 2021

ތިޔަ މިޔަރު އުރަހަތައް ތިހިރީ އެންޒީ ކޮންޕެނީގެ ފޮށިގަނޑަކަށް އަޅާފައި ހުރި ފޮޓޯ ތިހިރީ ފެންނަން! ޚަބަރު ފަދަތަކެތި ޖަހާއިރު އެހެން މީހުންގެ ކޮންޕެނީގެ ނަން ޚަރާބުވާގޮތައް ތިޔަ ޖަހަނީ! ތިޔައިގެން ދޭހަވަނީ ތިޔަ މިޔަރު އުރަހަ އެކްސްޕޯޓް ކުރަން އުޅުނީ އެންޒީ ކޮންޕެނީހެން!

The name is already taken The name is available. Register?

މުރާސިލް

04 January 2021

ލަފާކުރެވެނީ އެންޒީ ކަމައް އެވަރަކުން ރެކެން އުޅުމުގެ ބޭނުމަކީ ކޮބާ އެމީހުންނޫނިއްޔާ އެމްމެންވެސް ގަބޫލުކުރާނެ އެގޮތައް ފޮށި ހުރެދާނެ ކަމަށް ވެސް އެހެންވިޔަސް ތިމަންނާއެއްނޫނޭ ކިޔާލެއް މާބާރު އެހެން ވަގު ވިޔަފާރިވެސް އެންސިސް ކުރޭ ކަން ސަރުކާރަށް އެގޭ

The name is already taken The name is available. Register?

ނޫސަން

04 January 2021

މިޔަރު ބާނާ ހިފާ ވަރަށް އަދި އާލާ ނުވެޔޯ. އެވަރަށް އެސޮރުމެން އިތުރުވީމަ ހުުއްދަ ދޭނެ. މިޔަރު އުރަހައިގެ އެކި ކޮލިޓީ ހުރޭ. ތިހަދާފައި އޮތް ހިސާބު ހަދާފައިވަނީ އެންމެ މަތީ އަގު ބޭނުން ކޮށްގެންހެން.

The name is already taken The name is available. Register?

ބޮޑު ބަންޑާރަ

04 January 2021

ޤާނޫނާ ޚިލާފު ބޮޑު ޖަރީ މާއެއް ހިންގިބައެއް ހާ މަނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ. ރޯޔަލް އަޑިގަ އުޅެނީތަ. ޚޮން މެސް ހަރު އެއްޗެއް އެބަހުރި އަޑީގައި އަޅާފައި. ޥެދާނެ މިޔަރެއްގެ އެއްފަޅި ކަ މަށްވެސް. ފޮރުވާނެ ކަ މެއްނެތް. ކޮން މެސް ދުވަހަކުން ދަޢުވާ ކުރެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454