ވިޔަފާރި / އެޑްވަޓޯރިއަލް

ޕްރީގެ އަންޑާޕޫލް ވިލާ: ތަފާތު ކޮންސެޕްޓަކާ އެކު ހެޔޮ އަގުގައި އެޕާޓްމަންޓެއް

ފްރީގެ އަންޑާޕޫލް ވިލާ ހުންނާނެ ގޮތުގެ ކުރެހުމެއް.

21 ނޮވެމްބަރ 2016 - 09:22

މާލޭގައި އުޅޭނެ ތަނެއް ނެތުމުގެ ޝަކުވާ ކޮންމެ މީހަކު ވެސް ކުރެ އެވެ. ލިބޭ މުސާރައިގެ ބޮޑު ބައެއް ކުއްޔަށް ދޭން ޖެހުމާއި ދުވަހުން ދުވަހަށް ކުލި ބޮޑުވަމުން ދިއުމުގެ މައްސަލަ ވަރަށް ބޮޑެވެ. އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށް ވެސް އަސަރުކޮށް، ބޮޑު ހާސްކަމެއްގެ ތެރެ އަށް ވައްޓައިލަ އެވެ. ބައެއް މީހުން ވަރަށް ދަތި ހާލުގައި އުޅެން ވެސް މަޖުބޫރުވެ އެވެ.

އެހެންކަމުން، އަގުހެޔޮކޮށް މާލޭގައި އުޅޭނެ ގޮތެއް ފެނޭތޯ އެންމެން ވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް، އެޕާޓްމަންޓާއި ރޯހައުސްތައް ބޮޑަށް އަމާޒުކޮށްފައި ހުންނަނީ މަތީ ފަންތީގެ ތަންތަން ގަނެވޭނެ ފަރާތްތަކަށެވެ. އެއްފަހަރާ ބޮޑެތި އަދަދުތަކުން ފައިސާ ދައްކައި ހަލާސް ކުރެވޭ ނުވަތަ ބޮޑެތި މުސާރަ ލިބޭ މީހުންނަށެވެ. ތަނެއް އަމިއްލަކުރަން ކިތަންމެ ވަރަކަށް ބޭނުން ވިޔަސް، އެޕާޓްމަންޓުތައް ހުންނަނީ އާއްމުންގެ އަތް ފޯރާ ފަށަކު ނޫނެވެ.

ރިއަލް އެސްޓޭޓް މެނޭޖުކޮށް، ކުއްޔަށް ދީ އެ ވިޔަފާރީގެ އެންމެ އުހުގައި އުޅޭ ޕޭން ރިއަލް އެސްޓޭޓް (ޕްރީ) އިން މިހާރު މަސައްކަތް ފަށާފައިވަނީ އެކަން ބަދަލުކޮށްލުމަށެވެ. އެއީ ކުލި "ބޭކާރުކޮށްލުމުގެ" ބަދަލުގައި، އެ ކުލިން ތަނެއް އަމިއްލަ ކުރެވޭނެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތެވެ. އެޕާޓްމަންޓުތައް ކުއްޔަށް ދީ، މެނޭޖުކުރުމުގެ ދާއިރާގައި ހަތް އަހަރު ހޭދަކޮށްފައިވާ ޕްރީގެ ފުރަތަމަ އެޕާޓްމަންޓް ބިލްޑިން، "އަންޑާޕޫލް ވިލާ" އަކީ އެޕާޓްމަންޓެއް އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.

މާލޭގެ މައި ހިސާބެއްގައި، ކެނެރީ މަގުން ރީފްސައިޑް ކައިރީގައި ހަދާ އަންޑާޕޫލް ވިލާ އެޅުމުގައި ޕްރީއާ ބައިވެރިވެފައިވަނީ ކޮންމެ ދާއިރާއަކުން ވެސް އެންމެ ގާބިލު ކުންފުނިތަކެވެ. އެ ގޮތުން، އަންޑާޕޫލް ވިލާގެ ކޮންސްޓްރަކްޝަން މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ކުރާ އިރު، ގާނޫނީ ހުރިހާ ކަމެއް ބަލަހައްޓަނީ ސުއޫދު އަންވަރު ލޯ ފާމުންނެވެ. އަދި ފައިނޭންސިންގެ ހުރިހާ ކަމަކާ ހަވާލުވެފައިވަނީ ބޭންކު އެފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ.

ރާއްޖޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވެގެން، ޕްރީން އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށް ރާވާފައިވާ އަންޑާޕޫލް ވިލާގައި 10 ބުރި ހުންނަ އިރު، މި އިމާރާތުގައި ޖުމްލަ އެއް ކޮޓަރީގެ ނުވަ އެޕާޓްމަންޓާއި ދެ ކޮޓަރީގެ 10 އެޕާޓްމަންޓުގެ އިތުރުން، ޓެރަހަކާއި ޕާކިން އޭރިއާއެއް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ. މި އިމާރާތުގައި ލިފްޓާއި ސީސީޓީވީ ކެމެރާ ހުންނަ އިރު، ކޮންމެ އެޕާޓްމަންޓެއްގައި އޭސީ އާއި ބަދިގޭގެ ފިޓިންސް އަދި ފިނި އަދި ހޫނު ފެން ލިބެން ހުންނާނެ ކަމަށް ޕްރީގެ މެނޭޖިން ޑިރެކްޓަރު އިމަން ނަސީމް ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ފެންވަރަށް، ވީހާ ވެސް ގިނަ ދުވަހު ތަނުގެ ފެންވަރު ހިފެހެއްޓޭނެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެޕާޓްމަންޓް ގަންނަ ފަރާތުން ބޭނުންވެއްޖެ ނަމަ ފަރުނީޗަރު ވެސް ލުމަށް ފަހު އަޅުގަނޑުމެންނަށް ދޫކުރެވިދާނެ. އަޅުގަނޑުމެންގެ ޕާޓްނަރުންގެ ތެރޭގައި ފަރުނީޗަރު ވިއްކާ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

އަންޑާޕޫލް ވިލާގެ އެޕާޓްމަންޓުތައް ވިއްކަނީ އެ ފެންވަރުގެ އެހެން ތަންތަނަށް ވުރެ ހެޔޮ އަގެއްގަ އެވެ. އެ ގޮތުން، އެއް ކޮޓަރީގެ އެޕާޓްމަންޓެއް 1.6 މިލިއަން ރުފިޔާ އަށް ވިއްކަން ފަށާ އިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކަން ފަށަނީ 2.6 މިލިއަން ރުފިޔާ އަށެވެ.

އަގު ހެޔޮވުމާ އެކީގައި، އަންޑާޕޫލް ވިލާގެ އެޕާޓްމަންޓުތައް އަތް ފޯރާ ފަށަށް ގެނައުމަށް، ޕްރީން ވަނީ އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ފަސޭހަ އިން ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސައިދީފަ އެވެ. އެ ގޮތުން، ފުރަތަމަ ޕޭމަންޓުގެ ގޮތުގައި މުޅި އެޕާޓްމަންޓުގެ އަގުގެ 20 ޕަސެންޓް ދެއްކުމަށް ފަހު، ކުލި ދައްކާ ފަދައިން ކޮންމެ މަހަކު ދައްކަން ޖެހެނީ އެޕާޓްމަންޓުގެ ކުއްޔެވެ. މި އެޕާޓްމަންޓަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން ޖެހެނީ ބީއެމްއެލް އަށެވެ. އަދި ދެ ފަރާތުން އެއްބަސްވާ ގޮތަށް ޑިސްކައުންޓް އަގުގައި އެެޕާޓްމަންޓްތައް ވިއްކުމަށް ވެސް ޕްރީ އިން ރާވާފައިވެ އެވެ.

ރާއްޖޭގައި އާއްމުކޮށް ހަދާ އެޕާޓްމަންޓް އިމާރާތްތަކާ ހިލާފަށް އަންޑާޕޫލް ވިލާ މެނޭޖުކުރާނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިފަދަ އިމާރާތްތައް ބަހަލައްޓާ ޒަމާނީ އުސޫލުންނެވެ. އެ ގޮތުން، މި ތަނުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއް އެކުވެގެން މުޅި އިމާރާތުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ބޯޑެއް ހަދާނެ އެވެ. އިމާރާތަށް ބަދަލެއް ގެންނަން ޖެހުނަސް ނުވަތަ މަރާމާތެއް ކުރަން ވިޔަސް، އެކަން ނިންމާނީ އެ ބޯޑުންނެވެ. ޕްރީން މުޅި އިމާރާތް މެނޭޖުކުރިޔަސް، އެކަން ވެސް އޮންނާނީ ބޯޑުގެ އިހުތިޔާރުގެ ތެރޭގަ އެވެ.

"އެ ތަނުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފުރިހަމަ އިހުތިޔާރު ލިބިގެންދާނެ،" އިމަން ވިދާޅުވި އެވެ.

ގޭގޭގެ ވެރިންނާ އެކު އެއްބަސްވުން ހަދައިގެން ގާތްގަނޑަކަށް 75 އެޕާޓްމަންޓް އެކި ފަރާތްތަކަށް ކުއްޔަށް ދީ، އެ ތަންތަން ބަލަހައްޓަމުން އަންނަ ޕްރީން މި ފެށި ފުރަތަމަ އަމިއްލަ އެޕާޓްމަންޓް މަޝްރޫއަށް ފަހު މިފަދަ އިތުރު މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެެވެ. އެ ގޮތުން، މާލޭގެ ދެ ބިމެއްގައި އެޕާޓްމަންޓް ބިލްޑިން އަޅައި އަމިއްލަކުރަން ބޭނުންވާ ފަރާތްތަކަށް އަތް ފޯރާ އަގުތަކެއްގައި ވިއްކަން ހަމަޖެހިފައިވާ ކަމަށް އިމަން ވިދާޅުވި އެވެ. އެއީ މިހާރަށް ވުރެ ވެސް ބޮޑު، 3،000 އަކަފޫޓު އަދި 2،850 އަކަފޫޓުގެ ދެ ބިމުގަ އެވެ.

ޕްރީގެ ހިދުމަތްތައް ތަންތަން ކުއްޔަށް ދިނުމާއި ބެލެހެއްޓުމާ ހިސާބުން އިތުރަށް ފުޅާކުރާ އިރު، އެ ކުންފުނީގެ ތަފާތަކީ އެއީ އެވެ. ރިއަލް އެސްޓޭޓުގެ ހުރިހާ ހިދުމަތެއް، ވަށާ ޖެހޭ ގޮތެއްގައި ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ޕްރީ ބާޒާރަށް ނުކުތުމުގެ މަސައްކަތުގެ ތެރެއިން، އަންޑާޕޫލް ވިލާ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު އޮންނާނެ އެވެ.

ޕޭން ރިއަލް އެސްޓޭޓާ ގުޅުމަށް: 3006996 / 7553333 / 7847114 / 9756932

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454