ފިނޭންސް މިނިސްޓަރު އަމީރު "މިހާރު" ނޫހަށް އިންޓަވިއު ދެއްވަނީ: ސަރުކާރުން ލޯނު ދޭން ފެށުމުން ގައުމުގެ އިގްތިސާދު އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުނު ކަމަށް އޭނާ ވިދާޅުވި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
28 ޖުލައި 2021 - 09:26
ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ރިލީފް ލޯނު ދިން ގޮތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ ލޯނުތައް ދޫނުކުރި ނަމަ އިގްތިސާދު މިހާރަށް ވުރެ ވެސް ގޯސް ވީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީފައި ހުރީ ރަނގަޅަށް ކަމަށެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށާއި، އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ލޯނު ދީފަ އެވެ. މިހާތަނަށް 2،100 އެސްއެމްއީއަކަށް 360 މިލިއަން ރުފިޔާ ދީފައިވާ އިރު ،ބޮޑެތި 400 ވިޔަފާރިއަކަށް 585 މިލިއަން ރުފިޔާ އާއި އަށް މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.
"މިހާރު އަންދާޒާ ކުރަނީ މިދިޔަ އަހަރު އިގްތިސާދު ދަށަށް ދިޔައީ 29 ޕަސެންޓަށޭ. އެ އަށް ވުރެ ވެސް ބޮޑަށް އިގްތިސާދު ދަށަށް ދިޔައީސް، އަޅުގަނޑުމެން އެ އިންޓަވެންޝަން ނުގެނައި ނަމަ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ލޯނު ދިނުމުގައި ހަމައެކަނި އިސްކަން ދީފައި ވަނީ ޓޫރިޒަމް ސެކްޓާ އަށް ނޫން ކަމަށެވެ. އޭގެ އިތުރުން ކޮންސްޓްރަކްޝަނާއި ރީޓެއިލް ސެކްޓާ އަށް ވެސް ލޯނުތައް ދޫކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހީތައް ދިނުމުގައި ބަލަނީ ވީހާ ވެސް ލުއި ގޮތަކަށް ލޯނުތައް ދިނުމަށެވެ. ސަރުކާރުން އީއައިބީ ލޯނުތައް ދޫކުރީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ހަތަރު އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
"މި ލިބޭ ވޯކިން ކެޕިޓަލް ލޯނު ބޭނުން ކޮށްގެން ވިޔަފާރިތައް ފުޅާ ކުރާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. ކުންފުނިތަކުން ވެސް އެގޮތަށް މަސައްކަތްތައް ކުރާނެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރިތަކުގެ އިތުރަށް ސަރުކާރުން ވަނީ ވަޒީފާ ގެއްލުނު 22،000 މީހުންނަށް 420 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ އިތުރުން ކަރަންޓާ ފެނުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް ދިނެވެ. އަދި ލޯނުތައް އަނބުރާ ދެއްކުމުގައި އާންމުންނަށް ލޯނު ފަސް ކުރަން ފުރުސަތު ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
29 July 2021
ކާކައް ދިން ލޯނެއްބާ. މުޅި ގައުމު ކާލައިފި.
ޙުސޭން
28 July 2021
އަމީރުމެން ނިކަން ހިސާބުކޮށް އަންދާސާކޮށްލަބަލަ. ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑާގުޅިގެން ލިބުނު ގެއްލުން. ތިޔަހެން ދޫކުރާ ކުޑަކުޑަ ލާރިކޮޅަކުން ގެއްލުން ފޫބެއްދޭ ވަރަށްވުރެ މާބޮޑެތި ގެއްލުން ލިބި ފަހުރީ. އެއްބިލިއަން ރު ފިޔާ އިން ކޮންލޯނެެއްތޯ ދޫކުރެވޭނީ؟ އަދި ކޮންކޮން ބަޔަކަށްތޯ ތިޔަލޯނެއް ލިބުނީ؟ ހިސާބުތައް ރަނގަޅަށް ހަދާ ބަލާ ލުން ރަނގަޅު..
އަސްލަށް
28 July 2021
މައަމިއްލައަށް ކަމެއްްކޮށްފައި އަމިއްލަ މޮޅު ވާހަކަ ދައްކަނީ؟ ބޭކާރު ލޯނު ދޫކުރީ. އަމީރުއަށް ރަނގަޅަށް ކަމެއް ނުކުރެވޭތީ ކޮންސަލްޓެންޓެއް ގެނައީ. ބޭކާރު ޚަރަދުކޮށް އިތުރަށް ދަރަނިވަމުން ދަނީ. ކޮބައިބާ ކުރެވުނު ރަނގަޅުކަމަކީ؟
އެލެކުސް
28 July 2021
ކޮންމެ ދިވެއްސެއް މަރުވެދާއިރު ސަންދޯކު އެއްކޮޅުގައި ނުދައްކާއޮތް ލޯނެއް ބޮލު އާޅުވާގެން ނިމިދަނީ. މީތޯ ހެޔޮވެރިކަން؟؟؟ އަމީރޫ؟؟؟؟؟؟
މަންޑޭލާ
28 July 2021
ރައިސް ޔާމިންގެ ވެރިކަން ބަދަލު ކުރަންވެގެން ކޮންކަމެއްތަ މިމީހުން ނުކުރަނީ. އެކަމަކުވެސް ރައިސް ޔާމިންގެ ދައުރު ރައްޖެ ދިޔައީ ވަރައް ބާރުމިނުގަ ކުރިޔަ ރިޒާވްއިތުރުވި. މި ސަރުކާރު ދަނީ ދިމާއިތިކޮޅައް ޤައުމު ފުނޑާލަމުން
ޝޮކްތެރަޕީ
28 July 2021
ކަލޭމެން ވެރިކަމައް އެރީ ރައްޖެ ފުނޑަލާފަ ލިބުނުއެއްޗެ ލިބިގަނެގެން އެހެން ޤައުމެއްގަ ދިރިއުޅެން.
ދެވަންދުނި
28 July 2021
ލޯނުން އިގްތިސާދު ހިއްލުމަކީ ހައްލެއްނޫން! ނިކަން ބޭކާރު ހަރަދު ނުކޮށް އެފެއްދުއްތެރިކަން އޮތުރުކޮށްބަލަ !!!!
ކޮމެންޓުކިޔާ ކުއްޖާ
28 July 2021
ގެދޮރު ވެރިކުރުމުގެ ޒިއްމާނަންގަވާ މުސްސަދިން ރިއަލްއެސްޓޭޓް ބިޒުނަސް އަައް ބުރޫއަރާފާނެތީ، ނިކަމެތިންގެ ފައިސާފޮތި އަތުލައްވަން މަޅިފަތިއަތުރާފަ، މުޅިއުމުރު ހޭދެވަނީ މުއްސަދި ބޭފުޅުންނަށް ސަލާން ޖެހުމުގަ، ކުލި ދައްކަމުން ކައްވަޅަށް
ދޭންވީއޭ
28 July 2021
ކޮވިޑާއި ގުޅިގެން ސަރުކާރުން ލޯން ދިން ކަން އެއީ ހަމަ ވަރަށް ރަނގަޅަށް ސަރުކާރުން ކުރެއްވި ކަމެއް ކަމަށޭ މަމެން މިދެކެނީ އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް ދެން ހަދަން ޖެހޭ ގޮތަކީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެފަދަ ފަޅު ތަކުން ހިލޭ 5 ހާސް އަކަފޫޓްގެ ބިން ތައް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކުންފުނި ތަކަށް ދޭންވީއޭ ދޭންވީއޭ ދޭންވީއޭ...
1828
28 July 2021
ލޯން ނެގުމަކީ ދައުލަތުގެ މާލިއްޔާ ސަރުކާރުން ތަޅާ ބުރުވަން އޮތް ސަބަބެއް ނޫން. ކޮވިޑް ރާއްޖޭއިން ފުރަތަަ ފެނުނު ކޮޅުގައި ކޮވިޑް ޖެހުނު މީހުންނާނައި ރާއްޖެއިން ބޭރުން އައިމީހުން ކަރަންޓީން ކުރީ ރިސޯޓްތަކުގެ ގެސްޓް ވިލާ ތަކުގައި. އެމީހުން އުފުއްލީ ސީޕްލޭންގައި. އެއީ ކިތައް ބިލައަން ރުފިޔާ ތޯ؟ އޭގެ ބަދަލުގައި އެމިއްލަ ގޭގައި އޭރު ކަރަންޓީން ވާގޮތަށް އިންތިޒާމް ހަމަ ޖެއްސިނަމަ ކިތަށް ބިލައަން ރުފިޔާ ސަލާމަތް ކުރެވުނީސް ތޯ؟