ޗައިނާގެ ރައީސް ޝީ ޖިންޕިން. --ފޮޓޯ:އޭއެފްޕީ
06 ޖުލައި 2020 - 13:25
ބެއިޖިން (ޖުލައި 6) - ކޮރޯނާވައިރަހުގެ ރޯގާއާ ގުޅޭ ގޮތުން އަމަލު ކުރި ގޮތާއި ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރަން އުޅޭ ކަމަށް ބުނެ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފާޑުކިޔައި ލިޔުމެއް ލިޔުނު ގާނޫނީ ދާއިރާގެ ޕްރޮފެސަރަކު މިއަދު ހައްޔަރުކޮށްފި ކަމަށް އޭނާގެ ގާތް މީހުން ބުނެފި އެވެ.
ޗައިނާ ސަރުކާރަށް ފާޑުކީ ޒޫ ޒަންގްރުން ހައްޔަރުކޮށްފައި ވަނީ ބެއިޖިންގައި ހުންނަ އޭނާގެ ގެއިންނެވެ. އޭނާ ހައްޔަރު ކުރަން 20 މީހުން ދިޔަ ކަމަށް ޒޫގެ ރަހުމަތްރިން ބުނެ އެވެ. ކޮރޮނާވައިރަސް ފެތުރުނު އިރު އެކަން ފޮރުވަން މަސައްކަތްކޮށް، މަކަރާއި ހީލަތުގެ ސަގާފަތެއް ރައީސް ޝީ އިސްކުރައްވާފައިވާ ކަމަށް ބުނެ ޕްރޮފެސަރު ލިޔުމެއް ޝާއިއުކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ.
ޗައިނާގެ އެންމެ ވަރުގަދަ އެއް ޔުނިވާސިޓީ ކަމަށްވާ ސިންގުއާގެ ގާނޫނީ ޕްރޮފެސަރު ކުރިން ވަނީ ރިޔާސީ ދައުރުގެ ލިމިޓް 2018 ވަނަ އަހަރު އުވާލުމުން ވެސް ފާޑު ކިޔައިފަ އެވެ. އެ ފަހަރު އޭނާ ލިޔުނު އާޓިކަލް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ.
ފުލުހެއް ކަމަށް ބުނާ މީހަކު ޒޫގެ އަންހެނުންނަށް ފޯނުކޮށް ބުނެފައި ވަނީ ޒޫ ހައްޔަރުކޮށްފައި ވަނީ ހުޅަނގު ދެކުނުގެ ޗެންދޫގައި ހިންގި ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ޒޫގެ އަންހެނުން ދިރިއުޅެނީ ޔުނިވާސިޓީ ރެސިޑެންސްގަ އެވެ.
ޗައިނާގެ އިލްމުވެރިންތަކަކާ އެކު ޒޫ މިިދިޔަ އަހަރު ވަނީ ޗެންދޫ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. ޒޫގެ ރަހުމަތްތެރިން ބުނީ ޒޫ ހައްޔަރު ކުރީ އެ ދަތުރާ ގުޅިގެންކަން ނޭނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
07 July 2020
ޗައިނާކައިރިން ތިކަން ކުރާގޮތް ދަސްކުރަން އެބަޖެހޭ!! މިހިރަ ނޫސްތައްބަލާލީމަ ފެންނާނެ މިޤައުމުގެ ވެރިންނާ ދިމާލަށް ކިޔާއެއްޗެހި. އެކަމުވެސް ހަމަ މިނިވަންކަންމަތީ އުޅެވޭ. މިޤައުމު އޮޔާ ނުދަނީސް، މި ޤައުމުގެ ވެރިން، ރަގަޅަށް ތިކަމުގާ ޗައިނާ ފޮލޯކުރަން އެބަޖެހޭ.
211111
06 July 2020
ތީ ހަމަ ހުރިހާ ޤައިމެއް ގެ ހާލަތަކީ !!!!
ބަޑީ
07 July 2020
މި ޤައުމަކު ނޫނީ އިންޑިޔާއަކު ތިހެނެއް ނުވޭ!! ބޭނުންހާ އެއްޗެއް ވެރިންނާ ދިމާލަށް ކިޔަންވީ. ދެން، އޮންނަ ހަސަދަވެރި ކަމަކުން ޑިސްލައިކް ދިނަސް، މިޤައިމުގާ ވެރިންނާ ދިމާލަށް ތިކަހަލަ އެއްޗެހި ކިޔާގެން ހައްޔަރުކޮށްފަ ނޫނީ ޗައިނާގަ ގެއްލޭހެން ގެއްލުނީ ކޮންބަޔެއްބާ؟
އުދުހޭ
06 July 2020
ގައުމުތަކުގެ ވެރިން އެގައުމުތަކުގެ އާންމު ރައްޔިތުންނަށް ބޭނުންހާ އެއްޗެއް ހެދުމަކީ ދެރަކަމެއް.
ރަަދީފްއޮފިޝިއަލް
06 July 2020
ޗައިނާއަކީ ޑިމޮކްރަސީގެ ވަސް ކީއްކުރަން ކުނޑިފުކެއްވެސް ހުރި ގައުމެއްނޫން. ހާއްސަކޮށް މިހާރު ހުރި ޗައިނާގެ ރައީސްގެ ކިބައިގަ.ވ.ވެދުން
ރަދީފްއޮފިޝިއަލް
06 July 2020
*މީހުންގެ ޔޫޒާނޭމް އަދި ޕްރޮފައިލް ފޮޓޯ ވަގަށް ނަގައިގެން ކޮމެންޓްކުރާމީހުން އެއީ ކޮންކަހަލަ ބައެއްކަންވެސް ބުނެދީބަލަ.އަހަރެންގެ ހިޔަނިން ނެއްޓިގެން ހުރެ ކޮމެންޓްކުރުމަށް ނަސޭހަތްތެރިވަން.ލަދު ކޮބާ؟؟