ދިޝާ އާއި ރާހުލް--
17 ފެބުރުއަރީ 2022 - 06:38
މިިދިޔަ އަހަރު ކައިވެނިކުރި މަޝްހޫރު ލަަވަކިޔުންތެރިޔާ ރާހުލް ވާދިޔާ ވަނީ އޭނާގެ އަނބިމީހާ އަދި ޓީވީ ތަރި، ދިޝާ ޕަރްމާ އަށް ކައްކަން ނޭނގޭ ކަމަށް ބުނެފަ އެވެ.
"ޕިންކްވިލާ" އިން ގެންނަ ޕްރޮގްރާމެއްގައި ދެ ތަރިން ބައިވެރިވެ އެކަކު އަނެކަކުގެ ހުރި ވިޔާނުދާ ކަންކަން ހިއްސާކުރި އިރު، ރާހުލް ބުނީ ދިޝާގެ އަތުން ކައްކާ އެއްޗެއް ކާން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ. އެކަމަކު ދިޝާ އަށް އެކައްޗެއް ވެސް ކައްކަން ނޭނގޭ ކަމަށް ބުންޏެވެ.
އެއާ އެކު ދިޝާ ބުނީ އޭނާ އަށް ވަރަށް މީރުކޮށް ކޮފީ ގިރަން އެނގޭ ކަމަށެވެ. ދިޝާ ބުނި ގޮތުގައި ބައެއް މީހުންނަކީ ކޮފީއެއް ވެސް ގިރާލަން ނޭނގޭ މީހުންނެވެ. އެކަމަކު ވަރަށް މޮޅުކޮށް، އޭނާ ކޮފީ ގިރާ ކަމަށް ބުނުމުން ރާހުލް ވެސް އެކަމަށް އެއްބަސްވި އެވެ.
ކައިވެނިކުރި ފަހުން ދިޝާ އަށް އެންމެ ކަމުނުދިޔައީ ރާހުލް ފާހާނާގައި ބޭނުންކުރާ އެއްޗެހި ތަރުތީބެއްނެތި ބަހައްޓާތީ އެވެ. އެކަމަކު ހަފްތާއެއްވި އިރު ވެސް އެކަމަށް ބަދަލެއް ނައުމުން އެންމެ ފަހުން އޭނާ ގާތު ބުނެގެން އިސްލާހު ކުރުވި ކަމަށް ވެސް ދިޝާ ބުންޏެވެ.
ރާހުލް ބުނީ އެ މައްސަލަ ދިމާވީ، އޭނާ އަކީ އަބަދު ވެސް އެކަނި އުޅުނު މީހަކަށް ވާތީ ކަމަށެވެ.
އެހެން ޖޯޑުންނެކޭ އެއްގޮތަށް އެ ދެތަރިންނަށް ވެސް ކައިވެނީގެ ފަހުން އަބަދުކުރާ ސުވާލަކީ ދަރިއަކު ހޯދަނީ ކޮންއިރަކުތޯ އެވެ. އެ ސުވާލަށް ޖަވާބު ދެމުން މަޖާގޮތަކަށް ރާހުލް ބުނީ އޭނާ ހުރީ އެކަމަށް ތައްޔާރަށެވެ. އެކަމަކު ކައިވެންޏަށްވީ އަދި އެންމެ އަށް ވަރަކަށް މަސް ކަމަށާއި ދަރިއަކު ހޯދަން އަދި ނޫޅޭ ކަމަށް ދިޝާ ބުންޏެވެ.
ރާހުލް އާއި ދިޝާ ލޯބީގެ ގޮތުން ގުޅުނީ ބިގް ބޮސް 14 އިންނެވެ. އުމުރުން 29 އަހަރުގެ ދިޝާ އަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، "ޕިޔާރު ކާ ދަރްދު ހޭ މީޓާ" އިން މަޝްހޫރުވި ތަރިއެކެވެ. ރާހުލް ބޮޑަށް މަޝްހޫރުވީ ބިގް ބޮސް އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮލް..
17 February 2022
މަށަށް ރާހުލް އެނގެނީ އިންޑިއަން އައިޑަލް އިން.. ބިގް ބޮސް ނުބަލަން..
ނޯބެލްބުހުތާން
17 February 2022
އަހަރުންނަށް އެނގޭ ސޭންޑްވިޗް ހަދަން އަންހެނުން ބަލިވީމަ ހަދަނީ ނޫޑްލް ސޫޕް ދެން ރޮށި ދަމަން ފިހެން ބަތްކައްކަން ދެވައްތަރެއްގެ ފޮނިއެއްޗެ ހަދަން އެނގޭ ބޯވަ ނަގަން އެނގޭ ނޮޅަން އެނގޭ ވާޑާމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް އެނގޭ އިންޖީނުގެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް އެނގޭ އަދި ޕްލަމްބިން މަސަކަތްވެސް އެނގޭ
އަންނައުނު
17 February 2022
ފެން ހޫނު ކުރަން އެނގޭތަ؟ އަޅެ ބިސް ކައްކަން ދަސްކުރާނަމަ ދޯ!
އިބުރާ
17 February 2022
މިއީ އަހަރެމެން މައިންބަފައިނަން ހެދޭ ގޯހެއް. އަންހެން ކުއްޖަކަސް ފިރިހެން ކުއްޖަކަށް އެންމެ ކުޑަ މިނުން ކާއެއްޗެއް ތައްޔާރުކޮށްލަން އެނގެންވާނެ. ކުދިން މައިންބަފައިން ކައިރީ އުޅޭ އިރު މިކަންކަން ދަސްކުރަންޖެހޭނެ. އޭރުން ވަކިން އުޅެން ޖެހުނަސް؛ ކޮލެޖްގައި، ކެމްޕަހުގައި، ނޫނީ ފިރިމީހާ އަނބިމީހާގެ ގޭގައި އެއްޗެއް ކައްކަން ޖެހުނަސް އެކަން ކުރެވޭނީ. އަންހެނުން ބަލިވެ އެއްޗެއް ކެއްކޭނީ ފިރިމީހާއަށްވެސް ކައްކަން އެނގިގެން،
އައިމީ
17 February 2022
ވ ރަނގަޅު ވާހަކައެއް. ބައްޕަ ބަދިގެއަށް ވަދެލާ އެއްޗެއް ކައްކާލާ މަންމަ ބަލިވީމަވެސް އެއްޗެއް ކައްކާލާތަން ދަރިންނަށް ފެންނަ ގޭގޭގެ ފިރިހެންދަރިވެސް ކުދި ކުދި އެއްޗެހި ތައްޔާރު ކުރާނެ، ކުރަން އިގޭނެ ަަަަަަަަަަަަަަަަަަަަަަަަަަ. އެހީ ބޭނުންވާ ވަގުތުގައި މަންމަ އަށް އެހީވާނެ ގޭތެރޭގެ ކަންކަމުގައިވެސް. ބައްޕަ ދެއްކި ނަމޫނާ ދައްކާނެ ދިރިއުޅުމެއް ފަށާ ދުވަހަކުން. ދަރިންގެމެދުގައި ތަފާތު ކުރުމެއްނެތި ބޮޑެތި ކޮށް ތަޖުރިބާކޮށްފައި މިބުނީ.
އައިމީ
17 February 2022
އަދިބުނަން ވާހަކައެއް އެއްކަމެއް ނުކުރުވާ ބޮޑެތި ކުރީމަވެސް ބައެއްކުދިން ނަމޫނާ ދިރިއުޅުމެއް އުޅޭ. އުޅުންހުރި، މައިންބަފައިންގެ އުޅުންފެނިފައިވާތީ އާ ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ވުމާ ހަޔާތަށް ރަނގަލު ބައިވެރިއަކު ލިބިފައިވުމުން ކަމަށްވެސް ވެދާނެ. އެކަމަކުވެސް ރަނގަޅު ގޮތަކީ ގޭތެރޭގެކަންކަމަށް އަހުލުވެރިކޮށް ބޮޑުކުރުން.