އާލިއާ ބަޓް އާއި ކަންގަނާ ރަނައުތު--
21 ފެބުރުއަރީ 2022 - 06:11
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތަކީ އެއްވެސް ފަސްޖެހުމެއް ނެތި މީހުންނާ ދިމާލަށް ކޮންމެ ފަދަ އެއްޗެއް ވެސް ގޮވަން ކެރޭ ތަރިއެއްގެ ގޮތުގައި ވަނީ ލޭބަލް ވެފަ އެވެ. މިފަހަރު އޭނާ ރުޅިގަނޑު ބޭލީ ޒުވާން ތަރި އާލިއާ ބަޓް އަށެވެ.
ބޮލިވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ" ރިލީޒްކުރުމުގެ ކުރިން އެ ފިލްމަކީ ފްލޮޕަކަށް ވާނެ ކަމަށް ކަންގަނާ މިފަހުން ބުންޏެވެ.
މި މަހުގެ 25 ގައި ނެރޭ އެ ފިލްމުގައި ގަންގޫބާއީގެ ރޯލުން ފެންނަނީ އާލިއާ އެވެ. އެ ފިލްމާ ގުޅޭ އެކި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި ބައެއް މީހުން ބުނަނީ އެ ރޯލަށް އާލިއާ މާ ބޮޑަށް ވެސް ހަގު ކަމަށެވެ. އަދި ވިދްޔާ ބާލަން ނުވަތަ ކަންގަނާ ފަދަ ތަރިއަކު އެ ރޯލަށް މާ ރަނގަޅު ވާނެ ކަމަށެވެ.
ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ބުނީ އަންނަ ހުކުރު ދުވަހު ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް އަނދާ އަޅި އަށް ވާނެ ކަމަށެވެ. އެއީ ކޮން ފިލްމެއްގެ ވާހަކައެއް ކަން އޭނާ ނުބުންޏަސް، އޭނާ އެ އިޝާރާތްކުރީ ގަންގޫބާއީ އަށް ކަން އެނގެ އެވެ. އަންނަ ހުކުރުގައި ބޮލީވުޑްގައި ޕްރިމިއާކުރަނީ އެ ފިލްމެވެ.
އެ ޕޯސްޓުގައި ކަންގަނާ އާލިއާގެ ނަން ނުހިމެނިޔަސް، "މޫވީ މާފިއާގެ ޕަރީ" ކަމަށް ބުނުމުން އެއީ އާލިއާ ކަން އެންމެން ވެސް އެނގުނެވެ.
ގަންގޫބާއީގެ ޕޯސްޓަރެއް-
ކަރަން ޖޯހަރަކީ މޫވީ މާފިއާ ކަމަށް އެ ޕޯސްޓުގައި ކަންގަނާ އިޝާރާތްކުރި އިރު، އާލިއާ އަކީ ކަރަން ބޮލީވުޑަށް ނެރެދިން ތަރިއެކެވެ. އާލިއާ ވެސް ދެކެެނީ ކަރަން އަކީ އޭނާގެ ދެ ވަނަ ބައްޕަ ކަމަށެވެ. އެހާ ގާތް ގުޅުމެއް އެމީހުންގެ އޮވެ އެވެ.
"ސަބަބަކީ އޭނާގެ [އާލިއާގެ] ބައްޕަ ހީކުރީ އޭނާ އަށް އެކްޓްކުރެވޭނެ ކަމަށް. އެ ފިލްމު ނާކާމިޔާބު ވާނީ ނުބައި ކާސްޓެއް އޮތުމުން،" ކަންގަނާ ބުނެފައިވެ އެވެ.
ކަންގަނާ ބުނީ ސައުތު ފިލްމުތަކާއި ހޮލީވުޑް ފިލްމުތައް އިންޑިއާގައި ބެލުން އިތުރުވެފައި ވަނީ "މޫވީ މާފިއާ" ގެ އަތުގައި ބާރުތައް އޮތުމުން ކަމަށެވެ.
"ކްއީން" ފަދަ ފިލްމުތަކުން ވިދާލި ކަންގަނާ މިގޮތަށް ބުންޏަސް، ސަންޖޭ ލީލާ ބަންސާލީގެ ފިލްމުތަކަކީ އަބަދު ވެސް ބޮޑު ހިޓަކަށްވެ އެވެ. މިއީ ބޮކްސް އޮފީހުގައި ކާމިޔާބުވި "ޕަދްމާވަތު" އަށް ފަހު ސަންޖޭގެ ޑައިރެކްޓްކުރާ ފިލްމެއް ފެންނާނެ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅޭ ކަލޭނޭ
22 February 2022
މީހުންގެ ލޯބިހޯދުމަށް ތިނޫންގޮތެއް ޚިޔާރުކުރުން ބުއްދިވެރި. ވިސްނަންވާނެ ތިމާނޫނަސް އެހެން މީހުންވެސް ދުނިޔޭގަ އުޅެން ވާނެކަން. ތީއަޅެ ކޮން ޒާތެއްގެ މީހެއްތަ؟
ސޭލްސޭލް
22 February 2022
ތިމާޔަށް ތިމާ ފެނިގެންއުޅޭ މީހުންގެ ނިމުން ހިތިވާނެ. މިހާރު މިމީހަކު ޖައްސާނުލާ މީހަކު ބޮލީވުޑްގާ ނެތް. ބޮޑުވަރު މަންޖޭ.
ތުކި
22 February 2022
ކަށްގަނޑާ ނުޖެހި އިނީ ކުޑަ ތަންކޮޅެއް.
2022
21 February 2022
އެއްކަލަ ކަށްގަޑާދޯ.... ބޮއިހަލަކު
ށަވިޔަނި
21 February 2022
ކަންގަނާ ނުޖެހެނީ ކާކާ؟
ވާމިސް
21 February 2022
ކަންގަނާ ގައިމު މަށާ ޖެހިގަންނާނެނަމަ! މަށަކާ އަދިވެސް ނުޖެހޭ :-(