ރަންވީރާއި ދީޕިކާ.
09 މެއި 2022 - 07:37
ބޮލީވުޑްގެ ތަރި ރަންވީރު ސިންގުގެ އަނބިމީހާ އަދި ބަތަލާ ދީޕިކާ ޕަދުކޯން އިނީ ބަލިވެ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ދަރިފުޅަށް ދޭނެ ނަންތަކުގެ ލިސްޓެއް ހޯދާފައިވާ ކަމަށް ރަންވީރު ބުނެފި އެވެ.
އެކަމަކު ދީޕިކާ ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަތައް އޭނާ ކަށަވަރުކޮށެއް ނުދެ އެވެ.
ރަންވީރުގެ ކުރިއަށް އޮތް ފިލްމު، "ޖަޔޭޝްބާއީ ޖޯދާރު" އަކީ ޖެންޑާ ޑިސްކްރިމިނޭޝަނާ ގުޅޭ ފިލްމެކެވެ. އެ ފިލްމުގެ ޕްރޮމޯޝަންގެ ތެރޭގައި ރަންވީރާ ސުވާލުކޮށްފައި ވަނީ އޭނާ ބޭނުންވަނީ އަންހެން ކުއްޖެއްތޯ ނުވަތަ ފިރިހެން ކުއްޖެއްތޯ އެވެ.
ޖަވާބުގައި ރަންވީރު ބުނީ ކޮންމެ ވައްތަރެއްގެ ކުއްޖެއް ވިޔަސް އެއީ ލިބޭ ނިއުމަތެއް ކަމަށެވެ. ކުއްޖަކު ލިބޭނެއިރަކަށް ރީތި ނަންތަކުގެ ލިސްޓެއް ވެސް ހަދާފައިވާ ކަމަށާއި އެކަމަކު މިވަގުތު އެ ނަންތައް ހާމަކުރަން ބޭނުން ނުވަނީ އެހެން މީހަކު އެ މީހެއްގެ ދަރިއަކަށް އެ ނަންދީފާނެތީ ކަމަށް ވެސް ރަންވީރު ބުންޏެވެ.
ރަންވީރާއި ދީޕިކާ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު ސަންޖޭ ލީލާ ބަންސާލީގެ 2013 ގެ ފިލްމު "ރާމް-ލީލާ" ގެ ސެޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަރު69
09 May 2022
ދަރިންނަކީ ނިއުމަތެކެވެ. އެކަމަށްއެދި މަސައްކަތްވެސް ކުރަންވާނެއެވެ. ތަނެއްގާ މީހަކު ހުއްޓަކަސް އަދި ދަރިޔަކު ނުލިބޭނެއެވެ.