ކަރަން ޖޯހަރު.
26 މެއި 2022 - 06:56
އެކްޝަން ފިލްމެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް، ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.
ކަރަން މިކަން އިއުލާނުކުރީ އިއްޔެ ފާހަގަކުރި އޭނާގެ 50 ވަނަ އުފަން ދުވަހު އެވެ.
ކަރަން ބުނި ގޮތުގައި މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރުމަށް ފަހު އެ ފިލްމުގެ ޝޫޓިންތައް ފަށާނެ އެވެ. އާލިއާ ބަޓާއި ރަންވީރު ސިންގް އުޅޭ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީގަ އެވެ.
އެހެންވެ އެކްޝަން ފިލްމުގެ ޝޫޓިންތައް ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ކަރަން ބުންޏެވެ. އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އޭނާ އަދި އާންމެއް ނުކުރެ އެވެ.
ކަރަން ބުނީ 27 އަހަރު ވަންދެން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ އެންމެ ރަނގަޅު ތަޖުރިބާ ކަމަށެވެ. ކަރަން އަކީ އަބަދުވެސް ލޯބީގެ ފިލްމުތަކާއި އާއިލީ މައްސަލަތަކާ ގުޅޭ ފިލްމުތައް ހަދާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިލޭ
26 May 2022
ބަލަ ކަލޭ ވެސް މި ހަބަރު ހަމަ ކިޔާފަ ދޯ ތި ކޮމެންޓް ކުރީ! ދެފުށް ދެގޮތަ ކަން ދޯ! އަހރެމެން ބޭނުން މި ކަހަލަ ހަބަރު ހަމަ!
ރަދީފްއޮފިޝަލް
26 May 2022
އަދްޝަން ނެތީމަ މިފަދަ އާޓިކަލްތައް މަދުކަން ފާހަގަކުރަން.މިއީ އުފާވެރިކަމެއް.