ކަންގަނާ ރަނައުތުގެ "ދާކަޑް" ގެ މަންޒަރެއް.
30 މެއި 2022 - 06:02
ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތުގެ ފިލްމު، "ދާކަޑް" ސިނަމާތަކުގައި އެޅުވިތާ އަށް ވަނައަށްވި ދުވަހު މުޅި އިންޑިއާ އިން ވެސް ވިކުނީ އެންމެ 20 ޓިކެޓް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދާކަޑް ރިލީޒްކުރީ މި މަހުގެ ވިހަ ވަނަ ދުވަހު އެވެ. އެކަމަކު މި ފިލްމު ނެރުނު ދުވަހުން ފެށިގެން ވެސް އެ ފިލްމަކަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އަށް ވަނަ ދުވަހު ފިލްމުން ލިބުނީ 4،420 ރުޕީސް އެވެ. އެއީ އިންޑިއާއިން އެންމެ ވިހި ޓިކެޓު ވިކިގެން ލިބުނު އާމްދަނީ އެވެ.
ބޮޑު ހަފްތާ ބަންދެއް ނިމިގެންދިޔައިރު ވެސް ފިލްމަށް އެހާ ކުޑަ އާމްދަނީއެއް ލިބުމުން ބައެއް މީހުން ކަންގަނާއާ ދިމާކޮށްފައިވެ އެވެ. އަދި ފިލްމު ބަލަންދާ މީހުންގެ އަދަދު މަދީ އޭނާގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށާއި މީހުންނާ ޖައްސާލައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫންކަން ކަންގަނާއަށް ވިސްނޭނެ ކަމަށް ބުނެ މީހުން ދަނީ ފާޑުކިޔަމުންނެވެ.
އެ ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. އެކަމަކު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ ތިން ކްރޯޑެވެ. މިއީ ބޮލީވުޑްގައި އެންމެ ބޮޑަށް ފްލޮޕްވި އެއް ފިލްމެވެ.
"ދާކަޑް" އަކީ އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ކަންގަނާ ފެންނާނީ ސްޕައި އޭޖެންޓް އަގްނީގެ ރޯލުންނެވެ. އަދި ވިލަންއަކީ އަރްޖުން ރަމްޕަލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮގާ
02 June 2022
ދިވެހި ފިލްމް " ކާކު " ވެސް ބެލި މިއައް ވުރެ ގިނަ މީހުން .....
ކެންގަރޫ
30 May 2022
އުފާވެރި ހަބަރެއް
އަލީ
30 May 2022
ހޮލީވުޑްގެ މޫވީސްތަކާ އެއްފެންވަރަށް ނުހެދޭނެ އިންޑިޔާ މީހުންނަކަށް.ހޮލީވުޑް އެކްސަން މޫވީސް ސަޅިކޮށް އޮންނާނީ.ކަލޭމެން ހަދާ ފިލްމްތައް މާއޯވާވެގެން ދަނީ
ށަވިޔަނި
30 May 2022
މުޅި އިންޑިއާއިން އެންމެ 8 ޓިކެޓް!!!!! ގަބޫލުކުރަން ހާދަ ދަތި ވާހަކައެކޭ. އެންމެ ސިނަމާއެއްގަތަ ތި ފިލްމު އެޅުވީ؟ ބޮޑާވެގަނެ މީހުނާ ދިމާކުރާމީހުނަށް ބޮޑު އިބުރަތަކަށްވާނެ. މިފަހުގެ އިންޑިއާގެ ފިލްމީ ތަރިންނަކީ ފެންނަފެނުމުގައި ވަރަށް ހިތްތިރި ބައެއް. ބޮޑާ މީހަކު ނުފެނޭ.
މުލޭ
30 May 2022
ބޮޑާ އަންހެނާއަށް އެއްޗެއް ވިސްނޭނެބާ!
ނުވިސްނޭނެ
30 May 2022
ނުވިސްނޭނެ. ދެން ޖައްސާލާނީ ފިލްމު ބަލަން ދާ މީހުންނާ. ބުނާނީ ބަލާމީހުންނައް ތަންދޮރު ނޭނގޭތީ މޮޅެތި ފިލްމާ މޮޅު އެކްޓިން ނޭގެނީއޭ.