ބޮލީވުޑްގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް.
17 ޖޫން 2022 - 06:32
ހަޔާތުގެ ބައިވެރިއެއް ހޯދަން މިހާރު މާ ބޮޑަށް ލަސްވެއްޖެ ކަމަށާއި އެކަމާ ވަރަށް ހިތާމަކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.
"ފިލްމު ކޮމްޕޭނިއަން" އަށް ދިން އިންޓަވިއުއެއްގައި ކަރަން ޖޯހަރު ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި، ޕްރޮފެޝަނަލް ލައިފަށް ވުރެ ބޮޑަށް އެންމެ ދެރަވާ ކަމެއް އޮތީ ޕާސަނަލް ލައިފްގައި ކަމަށެވެ.
އެއީ އުމުރުން އެހާ ދުވަސްވީއިރު ވެސް މީހަކާ ނީނދެވުން ކަމަށް ބުންޏެވެ.
ކަރަންގެ އުމުރުން މިހާރު 50 އަހަރެވެ. މިހާތަނަށް އޭނާ އެއްވެސް މީހަކާ ކައިވެންޏެއް ނުކުރެ އެވެ.
"އަހަރެން ހިތަށް އަރާ އަހަރެންގެ ޕާސަނަލް ލައިފަށް ވެސް ފޯކަސް ކުރެވުން ނަމައޭ. ފިލްމީ މަސައްކަތްތަކުގައި އުޅުމުގެ ސަބަބުން އަހަރެން ފާސަނަލް ލައިފަށް އޮތީ އެހާ ބޮޑަށް ސަމާލުކަމެއް ނުދެވި،" ކަރަން ބުންޏެވެ.
ކަރަން ގަބޫލުކުރާ ގޮތުގައި ބައިވެރިއަކު ހޯދަން މިހާރު މާ ލަސްވެއްޖެ އެވެ. އޭނާގެ އަތުގައި ހިފާލާނެ ބައިވެރިއަކު ނެތުމުން މިހާރު ވަރަށް ދެރަވާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ، ބެލެވޭ ގޮތުގައި ކަރަން ދެން މީހަކާ ނީންނާނެ އެވެ. އެކަމަކު އޭނާ ވާހަކަ ހުރީ އަދިވެސް ހަޔާތަށް ބައިވެރިއަކު ލިބިއްޖެ ނަމަ، ކައިވެންޏަކާ މެދު އޭނާ ވިސްނާނެ ކަހަލަ ގޮތަކަށެވެ.
ކަރަން އަށް ވަނީ 2015 އަހަރު، ސަރޮގެސީ މެދުވެރިކޮށް ދެ ކުދިން ލިބިފަ އެވެ. އެ އިންޓަވިއުގައި ކަރަން ވަނީ އެކަމާ ގުޅިގެން ވެސް ވާހަކަދައްކައިފަ އެވެ. އަދި ތަންކޮޅެއް ކުރިން އެކަން ވެސް ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުންޏެެވެ.
ކަރަން ބުނެފައިވާ ގޮތުގައި ކުއްޖަކު ލިބުނަސް، ބައިވެރިއަކު ނެތްތަން ފޫނުބެއްދޭނެ ކަމަށެވެ.
ކަރަން ޖޯހަރު މި ދުވަސްވަރު ވެސް އުޅެނީ އޭނާގެ ފިލްމީ މަސައްކަތުގައި އަވަދިނެތި އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު ރޮކީ އޯރް ރާނީ ކީ ޕްރެމް ކަހާނީގެ މަސައްކަތުގެ އިތުރުން މިފަހުން އޭނާ ވަނީ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަންގެ ޝޫޓިންތައް ވެސް ފަަށައިފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮއްލަތު
18 June 2022
ލަނގިރި ޖެހުމުގައި ނުވަތަ ކުރު ދަނޑި ޖެހުމުގައި އުމުރު ހުސްކުރީ އެކަން ޤާނޫނީ ގޮތުން މަނާ ގައުމެއްގައި. ދެން ވާނީ އެހެނެއްނު. މިކިޔާ އެއްޗެއް އެނގޭނެ ކަމަށް އުއްމީދު ކުރަން. ކެކެކެކެ
ލަހޭ
18 June 2022
އެންމެންވެސް ހީކޮށްގެން ތިބޭނީ ކަރަން ކަހަލަ މަޝްހޫރު މީހަކަށް ހުރިހާ ދިމާލަކުން ކުދިން އޮހޭނެއޭ. އެހެން ހީކޮށް އެކަކުވެސް ކައިރިނުވީ ކަމަށްވާނީ.
ހަނީ ހަނީ
18 June 2022
ދެއަތުކައްޗާ ދުއްވަން ޅަޢުމުރުހޭދަކޮށްފަ ތިވާހަކަ މިހާރު ދައްކާނެކަމެއްނެތް. އަދި ހީތާމަކުރަމޭ އެބަކިޔައެއްނު!
ރަދީފްއޮފިޝަލް
18 June 2022
ކަލޭ އަދި ވެސް އޮވޭ ފިލްމް ކުޅުވަން.
Laamuonline.com
18 June 2022
ފިލްމީދާއިރާގައި މަސައްކަތްކުރާ އެހެންމީހުންވެސް ކައިވެނިކޮށް ދަރިން ލިބި ބޮޑެތިވެސްކޮށްފި، ވީމާ ކަރަންގެ ތިޔައުޅެނީ އެހެންކޮންމެވެސް ކަމެއް، ދެންވެސް ނަމަނަމަ ނުކިޔާ ކައިވެނިކުރަންވީތާ، އިންޑިޔާއިން އިންނާނެ ބައިވެރިންނުލިބިއެއްނުދާނެ، އަސްލުކަންވީގޮތް އަދިވެސް ކަރަން ހާމަނުކުރާކަމަށްފެންނަނީ، ވެދާނެ ތެޔޮނާށިކާޅު ޖަހައިގަތީމާ ގޮތްދޫނުކުރަންހުރެވުނީކަމަށް
ޖާނޫ
17 June 2022
ހަމަ ރަގަޅު އަސްލު ކެރިއަރ ފޯކަސްޑް ސަކްސަސްފުލްމޭންއެއް ތީ، މަމިހާރު ހިތައްއަރާ މީހަކާ ނީދެވުނުނަމައޭ އެހާއަވަހަށް އެހެންނޫންނަމަ ލައިފް މިއަށްވުރެ ރަގަޅުވީސް
ށަވިޔަނި
17 June 2022
ތިދާއިރާގެ ގިނަ މީހުން ކައިވެނިކުރަނީ އުމުރުން 50 އަހަރާ ކާރިކޮށްފަ ދެން ލަސްވެފަކޮބާ؟
48343
17 June 2022
މާލަހުންނޭ ކަންތައްތައް ބޮލަށްތިވަންނަނީ.
ީކަލޮ
17 June 2022
ސޭމް ބުރޯ. ސޭމް. ?