ޕޫޖާ ހެޖް.
10 ޖުލައި 2022 - 06:22
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޕޫޖާ ހެޖް، މުމްބާއީން އަގު ބޮޑު ފްލެޓެއް ގަނެފި އެވެ.
މޫދު ފެންނަ ދިމާލަކުން އޭނާ ގަނެފައިވާ އެ ފްލެޓަށް ވަރަށް އަވަހަށް ދިރިއުޅުން ބަދަލުކުރާނެ ކަމަށްވެ އެވެ. ޕޫޖާއަކީ މީގެ ކުރިން މުމްބާއީގައި އޭނާގެ މައިންބަފައިންނާ އެކު އަބަދުވެސް ދިރިއުޅެމުން އައި ތަރިއެކެވެ. އެކަމަކު އޭނާގެ މައިންބަފައިންގެ ގެއާ ވެސް މާދުރު ނޫން ހިސާބަކުން ފްލެޓެއް ގަނެފައި ވަނީ އެކަނި ދިރިއުޅުމަށް ކަމަށްވެ އެވެ.
އެ ފްލެޓްގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށްވެ އެވެ.
މޫދާ ފެންނަ ހިސާބުން ފްލެޓް ލިބޭނީ ވަރަށް އަގު ބޮޑުކޮށެވެ. އެކަމަކު ޕޫޖާ ފްލެޓް ގަތް އަގެއް އަދި ނޭނގެ އެވެ.
އިންޑިއާގެ ދެކުނު ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޕޫޖާއަކީ މިހާރު ބޮލީވުޑްގެ އެކްޓަރެއް ވެސް މެ އެވެ. އޭނާ އަންނަނީ ސަލްމާން ހާނާ އެކު "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްކުރަމުންނެވެ. ހައުސްފުލްގައި ވެސް މަސައްކަތްކުރި ޕޫޖާ ވަނީ ރިތިކް ރޯޝަންއާ އެކު ވެސް ފިލްމު ކުޅެފަ އެވެ.
ދެކުނު ފިލްމުތަކުގައި ވެސް އޭނާ މަސައްކަތްކުރީ ވަރަށް ވަރުގަދަ ތަރިންނާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަމާން
12 July 2022
ތިޔާ ގަތީ ފާހާނާޔެއްނު. އަހަރުން ދިވެހިން ގޮނޑުދޮށަށް ގޮސްއުޅުނީ އަތިރިޔަށް.
ޢަހްމަދު
11 July 2022
ޢެކަނިފިލުވާދޭން މަހިނގާދާނަން. މިވާހަކަ ބުނެލަދެއްޗޭ!
އެފްއާދަމް
11 July 2022
މަގޭ ފްލެޓައްވެސް މޫދު ފެނޭ
އިނތި
11 July 2022
ތި ފުލެޓްގާ މޫދާ އެއްކޮށް ހިއްމަފުއްޓާ ތުލުސްދޫ ފެނޭތަ.
ޖަލުގައި
10 July 2022
މަގޭ އެކުސް ވެސް ހިޔާ ފުލެޓަކަށް ބަދަލުވެއްޖެ އެވާހަކަވެސް ޖަހާލަދީބަލަ
ޕޫ ޖާ
10 July 2022
އަސްލު އެ ފުލެޓު ގަތީ ވީކެންޑު ގައި މޫދަށްދާ ދުވަސް ދުވަހު ޔޫސް ކުރުމަށް
އަބޭބު
10 July 2022
އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން، މޫދު ކައިރީގަ ހުންނަ ގެތަކަށް ވަރަށް ލޮނު ވިއްސާނެ، އެހާ ފަސޭހައިން ދަބަރު ޖަހާނެ،
ށަވިޔަނި
10 July 2022
މޫދުކާރިއޭ ބުނީމަ އެހާކާރިވަނީ ރާއްޖޭގަ. މުމްބައިގެ ނަރިމަން ޕޮއިންޓް ގައިވެސް އުސް ހޮޓާތައްހުރޭ. އެއާރ އިންޑިއާ ބިލްޑިންގ ވެސްހުރޭ. އަދި އެހެން އޮފީސް އިމާރާތްތައްވެސްހުރޭ. އެތާ ދަބަރުޖަހާފަހުއްޓާ ނުދެކެން.
ށަވިޔަނި
10 July 2022
ދެކުމަށް ދާންޖެހޭނެ.