ދިވްޔަންކާ އާއި ވިވޭކްގެ ކައިވެނީގެ އެނިވާސަރީ ފާހަގަކުރުން ރާއްޖެއަށް.
11 ޖުލައި 2022 - 13:03
އިންޑިއާގެ މަޝްހޫރު ދެ ޓީވީ އެކްޓަރުން ކަމަށްވާ، ދިވްޔަންކާ ޓްރިޕާތީ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިވޭކް ދާހިޔާ ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ދިވްޔަންކާ އާއި ވިވޭކް ރާއްޖެ އައިސްފައި ވަނީ އެމީހުންގެ ކައިވެނީގެ އެނިވާސަރީ ފާހަގަކުރުމަށެވެ. އެމީހުންގެ ރޮމޭންޓިކް ހޮލިޑޭގެ މަންޒަރުތައް އިންސްޓަގްރާމުގައި ދަނީ އާންމުކުރަމުންނެވެ.
އެ ދެ ތަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ރ. އަތޮޅުގައި އޮންނަ އެމަރާލްޑް މޯލްޑިވްސް ރިސޯޓުގަ އެވެ. ކައިވެނީގެ ހަ ވަނަ އެނިވާސަރީ ފާހަގަކުރުމަށް އެ ތަރިން ރާއްޖެ އައިއިރު މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ދިވްޔަންކާ ވަނީ އެމީހުންގެ ބީޗް ޑިނާއިން ފެށިގެން ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތައް ހިއްސާކޮށްފަ އެވެ.
ދިވްޔަންކާ އާއި ވިވޭކް ކައިވެނި ކުރީ ސްޓާ ޕްލަސް އިން ދެއްކި، "ޔޭ ހޭ މޮހައްބަތޭން" ގެ ސެޓުން ހިތާވެގެން އުޅުމަށް ފަހު ޖުލައި، 8، 2016 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެކެކކެކެކ
11 July 2022
މަށްހޫރޭ ބުނާއިރު އަދި އަހަރެމެންނަށް މި އެނގުނީ. ގޮނޑު ހޮވާ މީހަކު އަޔަސް ޓީވީ ތަރިންނޭ ކިޔައިގެން އިސްތިހާރު ކުރެވޭތީ ބަލާ.
ޙަސަން އަޙްމަދު
13 July 2022
ކަލެޔަށް ތާނަ ސުކުންތައް ވެސް ނޭނގޭއިރު ކިހިނެއް މަޝްހޫރު މީހުން އެނގޭނީ
ށަވިޔަނި
11 July 2022
މަރުހަބާ