ފޯނު ބޫތުގެ ޕޯސްޓަރެއް.
16 ޖުލައި 2022 - 06:40
ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފްގެ ހަޔާތުގައި ކުޅޭ ފުރަތަމަ ކޮމެޑީ ފިލްމު "ފޯނު ބޫތު" ރިލީޒްކުރުން އަނެއްކާވެސް ފަސްވެއްޖެ އެވެ.
ގުރްމީތު ސިންގް ޑައިރެކްޓްކުރާ ފޯނު ބޫތަކީ ކެޓްރީނާގެ އިތުރުން ޒުވާން ތަރި އިޝާން ކައްޓާރާއި ސިދާންތު ޗަތުރްވޭޑީ ލީޑު ރޯލު ކުޅޭ ފިލްމެކެވެ. ކެޓްރީނާ ކުޅޭ ފުރަތަމަ ބިރުވެރި-މަޖާ ޖޯންރާގެ އެ ފިލްމު ރިލީޒްކުރަން އެންމެ ފުރަަތަމަ ނިންމީ އިއްޔެގަ އެވެ. އެކަމަކު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އިއުލާނުރި ގޮތުން ނަމަ އެ ފިލްމު ނެރޭނީ މި އަހަރުގެ އޮކްޓޫބަރު ހަތެއްގަ އެވެ. އެކަމަކު ތިން ވަނަ ފަހަރަށް ފިލްމު ފަސްވެއްޖެކަން އިއުލާންކޮށް، ކެޓްރީނާ ބުނީ މިހާރު ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ނޮވެމްބަރު ހަތަރެއްގައި ކަމަށެވެ.
ބެލެވޭ ގޮތުގައި ފިލްމު ފަސްކުރީ އިތުރު ފިލްމުތަކެއް ވެސް އެ ދުވަސްވަރު ރިލީޒްކުރާ ގޮތަށް އޮތުމުން "ފޯނު ބޫތު" ގެ އާމްދަނީ އަށް ނުރަނގަޅު އަސަރެއް ކޮށްފާނެތީ އެވެ.
ފޯނު ބޫތުގެ ޕޯސްޓަރެއް.
ފޯނު ބޫތު" ރިލީޒްކުރާ ތާރީހާ ކައިރިކައިރީގައި އިތުުރު ދެ ފިލްމެއް ވެސް ރިލީޒްކުރަން ކުރިން އޮތީ ނިންމައިފަ އެވެ. އެއީ ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅޭ ފިލްމު "ތެޖާސް" އާއި ރާޖު ކުމާރާއި ޖާންވީ ކަޕޫރްގެ ފިލްމު "މިސްޓާ އެންޑް މިސިސް މާހީ" އެވެ. އެ ތިން ފިލްމު ވެސް ދިމާވަނީ ހަމަ އެއް ހަފުތާއެއްގެ ބަންދަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy