އާލިއާ ބަޓްއާ ވައްތަރު ކަމަށް ބުނާ ސެލެސްޓީ (ކ) އަދި އާލިއާ ބަޓް (ވ).
17 ޖުލައި 2022 - 07:52
ބޮލީވުޑްގެ ތަރި، އާލިއާ ބަޓްއާ ވައްތަރުވެގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަންހެންކުއްޖާ އަށް ޓީވީ ޑްރާމާއެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އާލިއާއާ ވައްތަރު ވެގެން ސޯޝަލް މީޑިއާގައި މަގުބޫލުވީ އިންޑިއާގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ ސެލެސްޓީ ބައިރަގޭ އެވެ.
ސެލެސްޓީ ވަނީ އާލިއާގެ ފިލްމު "ގަންގޫބާއީ ކަތިއާވާޑީ" ގެ ސީނެއް ރިކްރިއޭޓްކޮށްފަ އެވެ. އެއާ އެކު ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯ އަށް ލިބިފައިވާއިރު ޓީވީ ޝޯއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އޭނާ އަށް ވަނީ މިހާރު ލިބިފަ އެވެ. ސެލެސްޓީ ލިބުނީ އެތުލީޓެއްގެ ރޯލު ކުޅުމުގެ ފުރުސަތެވެ.
އޭނާއަކީ އިންގްލިޝް ލިޓްރޭޗާ އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ޒުވާނެކެވެ. އާލިއާގެ ވަރަށް ބޮޑު ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ސެލެސްޓީގެ ކުރިއަށް އޮތް ޝޯއަކީ "އުޑްތީ ކާ ނާމް ރާޖޯ" އެވެ.
ސްޓާ ޕްލަސް އިން އޮގަސްޓް 8 ގައި ދައްކަން ފަށަން ތައްޔާރުވެފައިވާ އެ ޝޯގައި ސެލެސްްޓީ ފެންނާނީ މަޝްހޫރު އެކްޓަރު ރަޖްވީރް ސިންގްއާ އެކު އެވެ. ރަޖްވީރަކީ "ގުރުބާން ހުއާ" އަދި "ކިޔާ ކަސޫރް ހޭ އާމްލާ ކާ" ކަހަލަ މަޝްހޫރު ޝޯތަކުން ފެނުނު ތަރިއެކެވެ.
ރަޖްވީރު ވަނީ އާ ޝޯގެ ޓީޒާއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.
ސެލެސްޓީ އަށް ޑްރާމާއަކުން ފުރުސަތު ލިބުމުން އޭނާ ބުނީ އެކްޓް ކުރުމަކީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ޝައުގުވެރިކަން ހުންނަ ކަމެއް ކަމަށެވެ. އޭނާ އަށް ޝޯގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނީ ވެސް އާލިއާގެ ފިލްމެއްގެ މަންޒަރު ރިކްރިއޭޓްކުރުމުން ކަމަށް ބުންޏެވެ.
ސެލެސްޓީ ބޭނުންވަނީ އާލިއާއާ ވައްތަރު ވެގެން މަޝްހޫރު ވުމަށް ވުރެ ބޮޑަށް އޭނާގެ މަސައްކަތުން މަޝްހޫރުކަން ހޯދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯޕާލް
19 July 2022
ތިދެމީހުން މައިންބަފައިންނަށް އޮޅޭހާވެސް ވައްތަރު. ކީކޭ ދެން ބުނާނީ؟
އަބްޑޫޅް
18 July 2022
ވައްތަރު އެންމެ ކަމެއް ހުރީ. ދެ ކުދިން ވެސް ތިބީ ހިންދޫރަ ޖަހާފަ.
ޙޙ2022
17 July 2022
ޅޮލަށް މިރިސް އެލިފަތަ.... ބޮއިހަލަކި
ށަވިޔަނި
17 July 2022
ސޫރަ އެއްގޮތްވުމަކީ ހުނަރު އެއްގޮތްވާކަމެއްނޫން. އާލިއާ އަކީ ވަރަށް ބޮޑަށް އެކްޓިންގެ ހުނަރު ލިބިފައިވާ ކުއްޖެއް. ތިކުއްޖާ އާލިއާވަރުގެ ހުނަރުވެރިކުއްޖަކަށްވެއްޖެއްޔާ އެއީ ތިކުއްޖާގެ ނަސީބު.