ސާޖިދު ނަންޑިއާވާލާ އާއި ކަބީރު ހާން އަދި ކާތިކް އާރިޔަން.
19 ޖުލައި 2022 - 07:19
ބޫލް ބުލައްޔާ 2 ގެ ކާމިޔާބާއެކު ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ޒުވާން ތަރި، ކާތިކް އާރިޔަންގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ފިލްމަށް ސޮއިކޮށްފި އެވެ.
މަޝްހޫރު އެކްޝަން ޑައިރެކްޓަރު ކަބީރު ހާނުގެ ކުރިއަށް އޮތް ފިލްމަށް ކާތިކް ސޮއިކުރިއިރު، އެ ފިލްމު ޕްރޮޑިއުސް ކުރަނީ ސާޖިދު ނަޑިއާވާލާ އެވެ.
ކަބީރު ހާނަކީ "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" ކަހަލަ ބޮޑެތި އަދި ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މީހެކެވެ.
ސޯޝަލް މީޑިއާގައި އެކަން ކާތިކް އިއުލާންކުރީ އެއީ އޭނާގެ ހަޔާތުގައި މަސައްކަތްކުރާ ވަރަށް ހާއްސަ ފިލްމެއްގެ ގޮތުގަ އެވެ. އޭނާގެ ފޭވަރިޓް ފިލްމު އުފެއްދުންތެރިޔާ، ކަބީރުއާއެކު މަސައްކަތް ކުރަން ވަރަށް ބޮޑަށް އެކްސައިޓްވެފައިވާ ކަމަށް ކާތިކް ބުންޏެވެ.
އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. މިއީ 2012 ގައި ނެރުނު، ސަލްމާން ލީޑު ރޯލު ކުޅެފައިވާ "އޭކް ތާ ޓައިގާ" އަށް ފަހު ކަބީރު ހާނު އެކްޝަން ފިލްމެއްގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
އެ ފިލްމުގައި ކާތިކާ އެކު މަސައްކަތްކުރާނެ ލީޑު އެކްޓްރެސް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy