ޝެނެހާޒް އާއި ރާގަވް.
19 އޯގަސްޓް 2022 - 06:41
"ބިިގް ބޮސް" އިން ވިދާލި ތަރި، ޝެހެނާޒް ގިލް އާއި ނެށުންތެރިޔާ ރާގަވް ޖުޔަލްގެ މެދުގައި ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަމާ ނުރުހުންވެ ޝެހެނާޒް ރައްދުދީފި އެވެ.
"ބިގް ބޮސް" ގައި ޝެހެނާޒް އާއި ޓީވީ ތަރި، ސިދާތު ޝުކްލާގެ ގުޅުން ވަރަށް ފާހަގަވި އެވެ. ޝޯއަށް ފަހު ވެސް އެމީހުން ވަރަށް ލޯބިން އުޅެމުންދަނިކޮށް ކުއްލި ގޮތަކަށް ސިދާތު މަރުވެ، ޝެނެހާޒް ވަނީ ސޯޝަލް މީޑިއާއާ ވެސް ދުރަށް ޖެހިލައިފަ އެވެ.
އެކަމަކު ގިނަ ދުވަސްތަކެއް ފަހުން އެނބުރި މަސައްކަތަށް ނުކުމެ، އޭނާ މިވަގުތު މަސައްކަތްކުރަމުން އަންނަނީ އޭނާގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގަ އެވެ. އެ ފިލްމުގައި ޝެހެނާޒާ އެކު ފެނިގެންދާ ރާގަވްއާ އެކު އޭނާ ޗުއްޓީއެއް ހޭދަކުރި ކަމަށް ބުނެ އެމީހުންގެ މެދުގައި ގުޅުމެއް އޮންނަ ކަމަށް ރިޕޯޓްކުރެ އެވެ.
އެކަމަށް ރައްދުދެމުން ޝެހެނާޒް ބުނީ ދެމީހަކު އެކުގައި ބޭރަށް ދިއުމަކީ "ޑޭޓް" ކުރުން ނޫން ކަމަށެވެ. އަދި މީޑިއާ އިން ދޮގު ހަދާ ސަބަބު ނޭނގޭ ކަމަށާއި އެކަހަލަ ހަބަރުތަކާ ގުޅިގެން މީހާ ރުޅިގަދަވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސަލްމާން ޚާނުގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގައި ޝެހެނާޒް މަސައްކަތްކުރަމުން އަންނައިރު އަންނަ އަހަރު އެ ފިލްމު ރިލީޒްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދީދާ
20 August 2022
ހަގީގަތެެއްވީމަ ތޯއްޗެ ރުޅިގަދަވަނީ. ޔެދެއް ނޫން ނަމަ އަޅާ ނުލާ ތިބީމަ ނިމުނީ. ތެދެއް ނޫން ނަމަ މޯހުން ކޮޔާ އެއްޗަކަށް އަޅާ ނުލާ ތިބީމަ ނިމުނީ.
ޝަކްތީ
21 August 2022
ތެދަސް ދޮގަސް ދީދާ އަކަށް ރާގަވް އެއް ނުލިބޭނެ. ހީ އިޒް މައިން. ލަލަލަ
ޙޙ2022
19 August 2022
ދެން އަތްޖޯޑް ކޮށްގެން ތިގެންޅެނީ ކާކު؟
ކަކު
19 August 2022
އޭނަ ބޭބެ