ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަންނަދު އަހޫޖާ،
21 އޯގަސްޓް 2022 - 06:07
ބޮލީވުޑްގެ ތަރި، ސޯނަމް ކަޕޫރަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ސޯނަމް އާއި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާއަށް އަލަތު ދަރިފުޅު ލިބުނީ އިއްޔެ އެވެ.
ސޯނަމް ވިހޭކަން އިއުލާނުކޮށް އާންމުކުރި ޕޯސްޓުގައި ބުނީ ވަރަށް ލޯބި ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ.
އޭނާގެ ޕޯސްޓުގައި ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، އެކުވެރިންނާއި އާއިލާގެ މީހުންގެ ފަރާތުން އެމީހުންނަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެމީހުންގެ ދިރިއުޅުން ކިރިޔާ ފެށުނީ ކަމަށާއި އެ ކުއްޖާއާ އެކު ދިރިއުޅުން އެއްކޮށް ބަދަލުވާނެ ކަމަށް ވެސް ޕޯސްޓުގައިވެ އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ސަޕޯޓަރުން އެ މީހުންނަށް މަރުހަބާ ކިޔަމުން އަންނައިރު އެކްޓްރެސް ނީތޫ ކަޕޫރު ވަނީ އަނިލް ކަޕޫރަށް ވެސް މަރުހަބާ ކިޔައިފަ އެވެ. މިއީ އަނިލްއަށް ކާފަ ކިޔާ ފުރަތަމަ ކުއްޖާ އެވެ.
ސޯނަމް އާއި އަނަންދު ކައިވެނިކުރީ މެއި 8، 2018 ގަ އެެވެ. އަދި ސޯނަމް ބަލިވެ އިން ހަބަރު އިއުލާންކުރީ މިއަހަރުގެ ކުރީކޮޅު އެވެ. ސޯނަމް ވަނީ ބަނޑުބޮޑު އިރުގެ ގިނަ ފޮޓޯތަކެއް ވެސް އޭނާގެ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.
ކައިވެނީގެ ކުރިން އެތައް ފިލްމަކުން ފެނުނު ސޯނަމްގެ ފިލްމީ މަސައްކަތްތައް ކައިވެނީގެ ފަހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ 2019 ގައި ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާޓިން ބަޝީރު
21 August 2022
އަހަރުމެންގެ ދިވެހިތަރިން ވިހާވިހާ ޓީމެއް ހަމަވާއިރުވެސް ނޫހަކަށް ނާރާ. މިމީހުން އަޑުބައެއްހާ ފަރާޓާއި ޗިކަން މަސާލާ ކައިގެން ވައިނުލެވެނީ މަގުމައްޗަށް ނިކުމެއްޖެއްޔާ ބަނޑުބޮޑޭކިޔާ އެވާހަަކަ މުޅިނޫހުގައި.
ށަވިޔަނި
21 August 2022
މަރުހަބާ ސޯނަމް. އަނީލް ކަޕޫރަށް ކާފަކިޔާ ކުއްޖެއް ނޫން. މާފަ ކިޔާ ކުއްޖެއް. އެކުއްޖާ އަނީލް ކަޕޫރަށް ކިޔާނީ ނާނާ އޭ ދާދާއެއް ނުކިޔާނެ.
ސޯނާ
22 August 2022
ސަޅި! ޔެސް ނާނާ ނުވަތަ ނާނޫ އަނިލް އަށް އެކުއްޖާ ކިޔާނީ ސޯ ދިވެހިން ކިޔަންޏާ މާފަ!