އިމްލީ ޑްރާމާގެ ލީޑު ދެ ތަރިން.
31 އޯގަސްޓް 2022 - 07:01
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ކާމިޔާބު ޝޯ، "އިމްލީ" ގެ ލީޑު ދެ ތަރިން ޝޯ ދޫކޮށްލަން ނިންމައިފި އެވެ.
އިމްލީގެ ރޯލު ކުޅޭ ސުމްބުލް ތައުގީރާއި އަރްޔާންގެ ރޯލުގައި އުޅޭ ފަހްމާން ޚާންގެ އޮންސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އަދި އެ ޝޯއަކީ އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ އެއް ޑްރާމާއަށް ވިޔަސް އިމްލީ އާއި އަރްޔަން މިވަނީ އެ ޑްރާމާ ދޫކޮށްލަން ނިންމައިފަ އެެވެ.
އެ ތަރިން އެ ނިންމުން ނިންމާފައި ވަނީ ޑްރާމާގެ ޕްރޮޑިއުސަރުން ބޮޑު ލީޕެއް ގެންނަން އުޅޭތީ އެވެ. ކުއްލިއަކަށް އެތައް އަހަރެއް ފަސް ދެއްކުމަށް ޕްރޮޑިއުސަރުން ނިންމާފައިވާތީ ޝޯ ދޫކޮށްލަން ނިންމާފައިވާ ހަބަރު ފަހްމާން ވަނީ ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ.
އެމީހުން އެ ނިންމުން ނިންމާފައި ވަނީ އެކަމަށް ދެބައި މީހުން އެއްބަސްވެގެން ކަމަށާއި ކުރިން އެ ވާހަކަ ދައްކަން ބޭނުން ނުވީ ސްކްރިޕްޓަށް އެހާ ބޮޑު ބަދަލެއް ގެންނަކަން ޔަގީންނުވާތީ ކަމަށް ވެސް ފަހްމާން ބުންޏެވެ.
ސުމްބުލް ބުނީ، އޭނާއަށް މަގްބޫލުކަން އިތުރުވީ އިމްލީ ޝޯގެ ސަބަބުން ކަމަށާއި އެކަމަކު ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެ ޑްރާމާ ދޫކޮށްލަން ޖެހިފައިވާ ކަމަށެވެ. އެމީހުން އެދިފައި ވަނީ ސަޕޯޓަރުން މާޔޫސް ނުވުމަށެވެ.
އިމްލީ ޑްރާމާއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގްބޫލު ޑްރާމާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮކާލު
31 August 2022
ތީތި ކަޑައަޭ އިމްލީ