ޓައިގާ އާއި ޝްރައްދާ އަދި ދިޝާ.
01 ސެޕްޓެމްބަރ 2022 - 06:51
ފަސް އަހަރުވަންދެން ރައްޓެހިވެގެން އުޅުނު ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް ރުޅިވެފައިވާ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް އެކަމަށް ޓައިގާ އެއްބަސްވެއްޖެ އެވެ.
ޓައިގާ އާއި ދިޝާ ރައްޓެހިވީ 2017 ގައި އެމީހުން އެކުގައި "ބާގީ 2" ފިލްމު ކުޅުނު ދުވަސްވަރުގަ އެެވެ. އޭގެ ފަހުން ވަރަށް ލޯބިން ދެ ތަރިން އުޅުނު މަންޒަރު ފެނުނެވެ. ޗުއްޓީ ދަތުރުތަކުގައި ރާއްޖެއަށް ވެސް ދެތަރިން އެކުގައި އެތައް ފަހަރަކު އަ އެވެ. ދެ ތަރިންގެ މައިންބަފައިންނާ ވެސް ގާތް ގުޅުމެއް ދިޔައީ ބާއްވަމުންނެވެ.
އެކަމަކު އޮގަސްޓް މަހުގެ ކުރީކޮޅު މި ދެތަރިންގެ ގުޅުން ނިމުމަކަށް އައި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަން ޓައިގާ ކަށަވަރުކޮށްދީފައި ވަނީ މިހާރު ކުރިއަށްޑާ ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަންގަ އެވެ. ޓައިގާ އާއި އޭނާއާ އެކު ބޮލީވުޑަށް ނިކުތް ކްރިތީ ސަނޮން ބައިވެރިވާ އެ އެޕިސޯޑުގައި ޓައިގާ ބުނެފައިވަނީ އޭނާ މިވަގުތު ހުރީ ސިންގަލްކޮށް ކަމަށާއި ބައިވެރިއަކު ހޯދުމަށް މަސައްކަތްކުރާ ކަމަށެވެ.
އެކަމަކު އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑްގެ ތަރި އަދި ޝަކްތީ ކަޕޫރުގެ އަންހެން ދަރިފުޅު ޝްރައްދާ ވަރަށް ކަމުދާ ކަމަށް ބުނެފަ އެވެ.
ޓައިގާ ބުނެފައިވާ ގޮތުގައި ޝްރައްދާ ކަމުދިޔައީ އިއްޔެއަކު މިއަދަކު ނޫނެވެ. ސްކޫލު ދައުރުން ފެށިގެން ޝްރައްދާއަކީ އޭނާގެ "ކްރަޝް" އެކެވެ.
ޓައިގާ ބުނީ 2016 ގައި ޝްރައްދާ އާއެކު "ބާގީ"ގެ މަސައްކަތްކުރިއިރު ވެސް ޝްރައްދާ ފެނޭތޯ ބެލޭކަމަށެވެ. ފަހުން އެ ވާހަކަ ސެޓުގައި ދެކެވުނު ކަމަށާއި ޝްރައްދާއަށް ވެސް އެކަން މިހާރު އެނގޭ ކަމަށްވެ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ޝްރައްދާ އުޅެނީ މީހަކާ ރައްޓެހިވެގެންނެވެ. އެހެންކަމުން، ޓައިގާއަށް ޝްރައްދާ ކިތަންމެ ކަމުދިޔަ ނަމަވެސް އެ ފުރުސަތެއް އަދި ލިބޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޑްލައިން
01 September 2022
މަވެސް ސިންގަލް ނެއްތަ ބައިވެރިޔެއް ލިބޭކަށް ! ދިސާ ނަންބަރ ދޭންވިނު
ލ.އަތޮޅު
01 September 2022
ކަނބުލޯ، އެސޮރު ދޫކޮށްލާފަ މަގޭ ގާތަށް އައްނަންވީނު.. އެސޮރުވެސް ހާދަ ގޯހޭ ދޯ....ލޯބިވާ މީހަކު ލިބުނީމަ އެދުވަނީ ފިލަން...ހިތަށް އަރާ ދޮޅުއަހަރުވެގެންދާއިރު މަށައް މިވަރުގެ ކަމެއް ނުޖެހިގެން މިއުޅެނީ ކީއްވެބާވައޭ......
ޑަނޑޫ
01 September 2022
މުޅިން އެހެންކަމަކާއޭ ނުބުނެވޭނެ. ހަމަ އެއްކަމަކަަ އެއުޅެނީ.
ށަވިޔަނި
01 September 2022
ދެމީދާ ފެހި ބުޅަލަށް ވީގޮތް ވުމުގެ ފުރުސަތު އެބައޮތް.