މުނިފޫހިފިލުވުން / ބޮލީވުޑް

ފިލްމީ ދާއިރާގައި ޓައިގާގެ އަގު ވެއްޓިއްޖެ

ޓައިގާ ޝްރޮފް.

02 ސެޕްޓެމްބަރ 2022 - 11:56

4 comments

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފަކީ ފިލްމުތަކަށް ބޮޑު އަގެއް ނަގަމުން އައި ތަރިއެކެވެ. އޭނާގެ މިއަހަރު ރިލީޒްކުރި ފިލްމު، "ހީރޯޕަންތީ 2" ރިލީޒްކުރުމުގެ ކުރިން ސޮއިކުރި "ގަނަޕަތު" އަށް 35 ކްރޯޑް ރުޕީސްގެ ފީއެއް ނެގިއިރު "ބަލޭ މިޔަން ޗޯޓޭ މިޔާން" އަށް ނެގީ 45 ކްރޯޑް ރުޕީސް އެވެ. އަދި ކަރަން ޖޯހަރުގެ "ސްކްރޫ ދީލާ" އަށް 35 ކްރޯޑްގެ ފީއެއް ނެގުމަށް އޭނާ ވަނީ ނިންމައިފަ އެވެ.

އެކަމަކު ބޮލީވުޑްގެ ކުޅަދާނަ ތަރިންގެ ފިލްމުތައް ވެސް ފްލޮޕްވަމުންދާ މިދަނޑިވަޅުގައި ޓައިގާ ކަހަލަ ޒުވާން ތަރިއަކަށް އެވަރުގެ ބޮޑު އަގެއް ދިނުމަށް ބައެއް ޕްރޮޑިއުސަރުން ދެކޮޅު ހަދާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާގެ އަގު 50 ޕަސެންޓް ދަށްކުރުމަށް ބައެއް ޕްރޮޑިއުސަރުން ވަނީ އޭނާއަށް އަންގައިފަ އެވެ. އެހެންވެ އޭނާގެ އަގު ދަށްވެފައި ވަނީ 17-20 ކްރޯޑް ރުޕީސްއާ ދެމެދުގެ އަގަކަށް ކަމަށް ރިޕޯޓްކުރެ އެވެ.

މިވަގުތަށް ޓައިގާގެ ފީ ދަށްކުރަން ޖެހުނަސް އެއީ ވަގުތީ ކަމެއް ކަމަށްވެ އެވެ. މިދަނޑިވަޅުގައި ޓައިގާ އެންމެ ހިޓް ފިލްމެއް ދިން ނަމަވެސް އޭނާގެ އަގު އަލުން އުފުލޭނެ އެވެ.

ޓައިގާ އެންމެ ފަހުން ފެނުނީ މިއަހަރުގެ އޭޕްރީލްގައި ރިލީޒްކުރި "ހީރޯޕަންތީ 2" އަކުންނެވެެ.

ފިލްމުތަކަށް ޓައިގާ ކުރާ މަސައްކަތުގެ އަގު ވެއްޓިފައިވާއިރު ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ވެސް އޭނާގެ އަގު ދަށްކޮށްފައިވާ ކަމަށްވެ އެވެ. އެކަމަކު އަކްޝޭ ނަގާ ފީ ދަށްކުރީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ.

ބޮލީވުޑްގެ ފިލްމުތައް ފްލޮޕްވެ ފިލްމު އުފެއްދުމަށް ހޭދަވާ އަގު ނުލިބި ބޮޑު ގެއްލުމެއް މިދުވަސްވަރު ލިބެމުން އެބަދެ އެވެ. މިހާރު ބޮލީވުޑްގައި ހިނގަނީ ވަރަށް ހީނުކުރާ ކަހަލަ ފިލްމުތަކެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 29%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުލްޒާރު

02 September 2022

ޓައިގަރުކިޔާތީ ޑައިރެކްޓަކު ބިރުގަތީތޯއްޗެ؟

The name is already taken The name is available. Register?

ޙޙ2022

02 September 2022

20.17 ކުރޯޑް މި ހުރިހާ ލާރިތައް ތަޅާ ބުރުއްސަނީ.... އަދިވެސް ކުޑަކުރޭ..... ބޮއިހަލަކި

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

02 September 2022

ބިޓަކަށްފަހު ބިޓެއް ނަގަމުންދާމީހަކު އަގުނުވެއްޓިހުންނާނެތަ؟

The name is already taken The name is available. Register?

ކެނެޑީ

02 September 2022

ރަދީފް މާބޮޑަށް ޖޭވީދޯ ބަނޑުލާފަ ތަލަވީމަ :ޕ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454