ސުޝްމިތާ ސެން.
03 ސެޕްޓެމްބަރ 2022 - 10:10
ބޮލީވުޑްގެ ތަރި، ސުޝްމީތާ ސެން، އިތުރު ފިލްމެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދީޕަކް މުކުތާއި މަންސީ ބަގްލާގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތްކުރުމަށް ސުޝްމިތާ ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމަކީ މީހެއްގެ ބަޔޮޕިކެއް ކަމަށްވެ އެވެ.
އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދީޕިކް ބުނީ އެ ފިލްމަށް ސުޝްމިތާ ވަރަށް ފިޓް ކަމަށާއި އޭނާއާ އެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.
އެ ފިލްމަށް ކިޔާނެ ނަމެއް އަދި ނުނިންމަ އެވެ. ދީޕިކްގެ ޕްރޮޑަކްޝަން ހައުސް، ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓާއި މަންސީ ބަގްލާގެ މިނީ ފިލްމްސް އަދި ސިބު ސުމުލްގެ ބަންގްލޯ ނަމްބަރު 84 އަކުން ޕްރޮޑިއުސްކުރާ އެ ފިލްމުގައި ސުޝްމިތާ ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ކަމަށް ބުންޏަސް އެ ރޯލާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.
އެ ފިލްމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިމޭނެ އެވެ.
ދީޕަކް އާއި މަންސީ ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. އެ މީހުން ވަނީ ވިކްރަންތް މަސޭ އާއި ރަދިކާ އާޕްތޭ އެކުގައި ކުޅުނު ފިލްމު "ފޮރެންސިކް" ޕްރޮޑިއުސްކޮށްފަ އެވެ.
ސުޝްމިތާ ލީޑު ރޯލު ކުޅޭ އެ ފިލްމަކީ އެމީހުންގެ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
މޭ ހޫނާ ކަހަލަ ހިޓް ފިލްމުތަކުގައި މަސައްކަތްކުރި އަދި 1994 ގައި މިސް ޔުނިވާސްގެ ތާޖު އުފުލާލި ސުޝްމިތާ ފިލްމީ ދާއިރާއިން ގެއްލިގެން ވެސް ދިޔަ އެވެ. އެކަމަކު އަލުން އޭނާ ވަނީ ފިލްމީ މަސައްކަތްތައް ފަށައިފަ އެވެ. އެންމެ ފަހުން ސުޝްމިތާ ފެނުނީ ކްރައިމް ޑްރާމާއެއް ކަމަށްވާ އާރްޔާ 2 އަކުން މިދިޔަ އަހަރު އެވެ. އެއީ ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙޙ2022
03 September 2022
ސުސް. ޕަލްބީތުގަޔާޔޭތޯ ކަހަލަ ލަވައެއް ކުޅެލަބަލަ.... ބޮއިހަލަކި