ރަޝްމިކާ އާއި އަމީތާބު ފިލްމު "ގުޑްބާއީ" ގެ ޕޯސްޓަރެއް.
04 ސެޕްޓެމްބަރ 2022 - 07:05
ބޮލީވުޑްގެ ތަރި އަމީތާބު ބައްޗަން އާއި ތެލޫގޫ ތަރި ރަޝްމިކާ މަންދަންނާގެ ފިލްމު "ގުޑްބާއީ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
ވިކާސް ބަހުލްގެ އެ ފިލްމަކީ އާއިލީ ގުޅުން ދައްކުވައިދޭ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.
އެ ފިލްމުގެ ޕޯސްޓަރު އާންމުކޮށް އަމީތާބު ބުނީ، އާއިލާ މީހުންނަކީ ގާތް ބައެއް ކަމަށާއި އެމީހުން ދުރުގައި ތިއްބަސް ގާތުގައި ތިބޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ޕޯސްޓަރުން ފެންނަނީ އަމީތާބާއި ރަޝްމިކާ ގުޑިއެއް އަރުވަން ތިބޭ މަންޒަރެވެ.
ފިލްމުގައި ރަޝްމިކާއަކީ އަމީތާބުގެ ދަރިއެކެވެ.
މިއީ ތެލޫގޫ ހިޓް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ރަޝްމީކާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އޭނާ އަންނަނީ ރަންބީރު ކަޕޫރާ އެކު "އެނިމަލް" ގައި ވެސް މަސައްކަތްކުރަމުންނެެވެ. އެކަމަކު އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އަހަރު އެވެ.
އެ ފިލްމުގައި ނީނާ ގުޕްތާ އާއި ޕަވައިލް ގުލާޓި އާއި އެލީ އަވްރަމް އަދި ސުނިލް ގްރޯވާ އާއި ސާހިލް މެހްތާ އާއި އަބިޝޭކް ހާން ވެސް ފެންނާނެ އެވެ.
ގުޑްބާއީ އަކީ އަންނަ މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ.
ރަޝްމިކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ކުޅުނީ "ފުޝްޕާ: ދަ ރައިޒް" އެވެ. އަދި އަމީތާބު ފެނުނީ "ޖުންދު" އިންނެެވެ. މިހާރު އޭނާ ދަނީ ކޯން ބަނޭގާ ކްރޯޑްޕަތީގެ 14 ވަނަ ސީޒަން ޝޫޓްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަމް ޒާހިރު
04 September 2022
މުސްކުޅިވުމަކީ ކުރަން އުޅޭކަމެއް ކުރުމުގެ ޤާބިލްކަން ނެތުން. އަމީތާބަކީ އުމުރުން މުސކުޅިއަސް މިކަމުގައި ޒުވާނެއް. ޒުވާންކަން އިތުރުވާ މީހެއް.
ޙޙ2022
04 September 2022
ދެން އަތުގަ ބޯކޮށްލާރިވެސް ހުންނާނެ ކީއްކުރަން ތާބް މިއުޅެނީ..... ބޮއިހަލަކި
ރަދީފްއޮފިޝަލް
04 September 2022
ތާބް އެއީ މުސްކުޅިވީމަވެސް ކެމެރާ ކުރިމަތިން ނެއްޓެން ނޭނގިގެން އުޅޭ މަރުކޮހެއް.ހެހެހެހެހެހެހެހެ.ވ.ވެދުން
ރަދީފްއޮފިޝަލް
04 September 2022
ފިލްމް ރަނގަޅުވާނެ.ނަމަވެސް އަމީތާބް އެއީ މުސްކުޅިވީމަ ވެސް ކެމެރާ ކުރިމަތިން ނެއްޓެން ނޭނގިގެން އުޅޭ މީހެއް.
މުސްކުޅި މީހާ
04 September 2022
ކިތަންމެ މުސްކުޅިވިއަސް، ގާބިލްކަން ހުރެފަ މީހުން ބަލައިގަންނަންޏާ، ކީއްކުރަން ދުރަށް ދާންވީ.