ޝާހުރުކް ހާނާއި އަލީ ޒަފަރު.
11 ސެޕްޓެމްބަރ 2022 - 06:38
ބޮލީވުޑްގެ ތަރި، ޝާހުރުކް ހާނާ އެކު އިތުރަށް މަސައްކަތްކުރަން ބޭނުންނުވާ ސަބަބު، ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު އަލީ ޒަފަރު ކިޔައިދީފި އެވެ.
އަލީ ޒަފަރު، ބޮލީވުޑަށް ނުކުތީ 2010 ގައި، ތޭރޭ ބިން ލާދިން އިންނެވެ. އޭގެ ފަހުން ނުވަ ފިލްމެއްގައި މަސައްކަތްކުރި އަލީގެ އެންމެ ފަހު މަސައްކަތަކީ 2016 ގައި ރިލީޒްކުރި "ޑިއާ ޒިންދަގީ" އެވެ. އެ ފިލްމުގައި އޭނާ މަސައްކަތްކުރީ ޝާހު އާއި އާލިއާ ބަޓްއާ އެކުގަ އެވެ.
އެކަމަކު 2016ގެ ސެޕްޓެމްބަރު މަހު އުރީގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަސައްކަތްކުރުން މަނާކޮށްފަ އެވެ. އެއާ އެކު އެ ފިލްމުން އަލީގެ ރޯލު ވެސް އުނިކުރަން އުޅޭކަމުގެ އަޑުއެރިޔަސް އޭނާ ވަނީ ފިލްމުން ފެނިފަ އެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި އަލީއާ ވަނީ އޭނާ ޝާހުއާ އެކު އަލުން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އޮތްތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ބުނީ ޝާހު، އޭނާއާ އެކު މަސައްކަތްކުރުން އެހާ ރަނގަޅު ކަމަށް އޭނާ ނުދެކޭ ކަމަށެވެ. މިވަގުތު ސިޔާސީ ކަންކަން ހުރި ގޮތުގެ ސަބަބުން އޭނާއާ އެކު ޝާހު ކަހަލަ ތަރިއަކު މަސައްކަތްކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ބުންޏެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮންނަ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ޕާކިސްތާނުގެ ތަރިންނަށް ބޮލީވުޑްގައި މަސައްކަތްކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ފިލްމުތައް ބޮއިކޮޓްކުރަން ގޮވައި ހިންގާ ހަރަކާތްތަކުގެ ސަބަބުން ބޮޑު ގެއްލުމެއް އެ ތަރިންނަށް ވެސް ލިބެ އެވެ.
އޯލް އިންޑިއާ ސިނެ ވޯކާސް އެސޯސިއޭޝަނުން ވަނީ 2019 ގެ ޓެރަރިޒަމް ހަމަލާއަކާ ގުޅިގެން ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަސައްކަތްކުރުން އެއްކޮށް މަނާކޮށްފަ އެވެ. އެހެންވެ "އޭދިލް ހޭ މުޝްކިލް"ގައި މަސައްކަތްކުރި ފަވާދު ހާނާއި "ރައީސް" ގައި މަސައްކަތްކުރި މާހިރާ ހާން ފަދަ ތަރިން ވަނީ ބޮލީވުޑުން ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙޙ2022
11 September 2022
ތި އިންޑިޔާ މީހުންނަކީ ވަރަށް ނަސްލީ ތަފާތުކުރާބައެއް ބޮއިހަލަކި
ށަވިޔަނި
11 September 2022
ނަސްލީ ތަފާތުކުރުމޭ ބުނުން އެހާ ރަނގަޅެއްނޫން. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުލި ގައުމުތަކުގެތެރޭ އިންޑިއާ ހިމެނޭ. ވަޠަނީ އިމްތިޔާޒޭ ބުނެފިއްޔާ އެކަމުގައި އިންޑިއާއަށްވުރެ ޕާކިސްތާނު އޮތީކުރީގަ. މުސްލިމުންނާ އިދިކޮޅު ހަރަކާތްތަކެއްގެ ސަބަބުން ތިހުރިހާ ކަމެއް ހިނގަނީ. މިއީ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވުމާ ގުޅިގެން އެމެރިކާ އިސްވެ ހިންގާ ހަރަކާތެއް. އިސްލާމްދީނަށްފަހު އެހަމަލާ ދެން އަމާޒުވާނީ ހިންދީދީނަށް. ޔަހޫދީންގެ ކަންތައް.
ތެދު.
12 September 2022
އެހެން ބަހަކުން ބުނަނީ ނަމަ އިންޑިއާ މީހުން ނަކީ ވަރަށް ބލ ބޮޑު ބައެއް.