ރިތިކް ރޯޝަން.
11 ސެޕްޓެމްބަރ 2022 - 06:37
ދަރިންނާ އެކު ކާރަށް އަރަން އުޅެނިކޮށް ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންއާ އެކު ސެލްފީއެއް ނަގަން ސަޕޯޓަރަކު އުޅުނު ގޮތުން އޭނާ ރުޅި އައިސްގެން އުޅޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ވީޑިއޯގައި ފެންނަނީ ރިތިކް އޭނާގެ ދަރިއަކާ އެކު ފިލްމު "ބްރަހްމަސްތުރާ" ބަލަން ސިނަމާއަށް ގޮސް ނުކުތް ވަގުތެވެ. އެ ސަރަހައްދުގައި ޕަޕަރާޒީންނާއި އޭނާގެ ސަޕޯޓަރުން އެއްވެފައި އޮތް މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފިލްމު ބަލައި ނިންމާފައި ގެއަށް ދިއުމަށް ކާރަށް އަރަން އުޅުނު ވަގުތު، ސަޕޯޓަރަކު ރިތިކްގެ ސެކިއުރިޓީ ފަޅާލައި އެތަނަށް ވަދެ، ރިތިކާ އެކު ގަދަކަމުން ސެލްފީއެއް ނަގަން އުޅޭތީ ވީޑިއޯ އިން ފެނެ އެވެ.
ސެކިއުރިޓީ އޮފިސަރު، ސަޕޯޓަރު ދުރުކުމާ އެކު ރިތިކް ވަނީ ރުޅިވެރިކަމާ އެކު މުހާތަބު ކޮށްފަ އެވެ. މާސްކް އަޅާފައި ހުއްޓަސް އޭނާގެ ލޯމަތިން ރުޅިވެރިކަން ފެނެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރިތިކްގެ ދެން އެންމެ އަވަހަށް އޮތް ފިލްމަކީ "ވިކްރަމް ވެދާ" އެވެ. ސައިފް އަލީ ޚާނާ އެކު އޭނާ ކުޅެފައިވާ އެ ފިލްމުގެ ޓްރެއިލާ މީގެ ދުވަސްކޮޅެއް ކުރިން ނެރެފައިވާއިރު އެ ފިލްމަކީ ވަރަށް އުއްމީދީ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
ފިލްމު ރިލީޒްކުރާނީ މިމަހުގެ 30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންޑީއާއިންޑިއާ
11 September 2022
އިންޑިއާ މީހުން އުޅޭ ގޮތުން ޔާމީނުމެން އިންޑިއާ ދެކެ މި ރުޅި އަންނަނީ، ރިތިކަކީ މާލޭ މީހެއް
ހިޔާލީ އަލީ
11 September 2022
ޗައިނާ ގަ ނަމަ ސަޕޯޓަރު ވަޅުލި ގަބުރުސްތާނުވެސް ނުބުނާނެ
ޙޙ2022
11 September 2022
ތިހިރީ ފެންވަރުއޮޅިފަ.... ބޮއިހަލަކި