މަލައިކާ އާއި އަމްރިތާ.
19 ސެޕްޓެމްބަރ 2022 - 06:25
ބޮލީވުޑްގައި މަޝްހޫރު، އެއްބަނޑު އެއްބަފާ ދެބެއިން ކަމަށްވާ މަލައިކާ އަރޯރާ އާއި އަމްރިތާ އަރޯރާގެ ދިރިއުޅުމާ ބެހޭ ގޮތުން ޝޯއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
"އަރޯރާ ސިސްޓާސް" ގެ ނަމުގައި ސީރީޒެއް ހަދައި އޭގައި ބޮޑަށް ދައްކާނީ މަލައިކާ އާއި އަމްރިތާގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
އެ ޝޯގައި މަލައިކާ އާއި އަމްރިތާގެ ލައިފްސްޓައިލާއި އެ މީހުން ކޮންމެ ދުވަހަކު ކުރާ ކަންކަން ދައްކުވައިދޭނެ ކަމަށްވެ އެވެ.
ބެލެވޭ ގޮތުގައި ޝޯގައި އެ މީހުންގެ ގާތް ރަހުމަތްތެރިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިސްމާ ކަޕޫރު ވެސް ފެންނާނެ އެވެ.
މަލައިކާ، މަޝްހޫރުވީ ބޮލީވުޑްގެ ލަވަތަކަށް ނަށައިގެންނެވެ. އޭގެ ތެރޭގައި "ޗައްޔަ ޗައްޔާ" އާއި "ރަންގިލޯ މާރޯ ދޯލްނާ" އަދި "މުންނީ ބަދްނާމް ހުއި" ކަހަލަ ހިޓް ލަވަތައް ހިމެނެ އެވެ.
އަމްރިތާއަކީ ކުރިން ބޮލީވުޑްގެ އެކި ފިލްމުތަކުގައި އެކްޓްކުރި ތަރިއެކެވެ. އޭނާ ވަނީ "ކިތުނީ ދޫރް ކިތުނީ ޕާސް" އާއި "އާވާރާ ޕާގަލް ދީވާނާ" ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕްރޭމްޗޯޕްރާ
19 September 2022
އަހަންނެއް ނުބަލާނަން ތި ދެން އޮއްސިފަތިބި ބައެއް.
ދިއްދޫމީހާ
19 September 2022
މަލައިކާ އާއި އަމްރިތާގެ ދިރިއުޅުން ދައްކާ ޝޯއެއް ހަދާއިރު މިކޮޅުން އަލަމްގިރިއާ ނާޒިމް ސައްތާރުގެ ދިރިއުޅުން ދައްކާ ޝޯ ނިމިގެން މިހާރު ތިބި ރެސްޓުގާ…
ޕްރޭމްޗޯޕްރާ
19 September 2022
ގިރި ބްރަދާސް ގަ ފެންނާނެ ތާ އެކުވެރިންގެ ގޮތުގައި ހާގިރި އާއި ފަޅުގިޅި