ނޯރާ ފަތޭހީ.
06 އޮކްޓޯބަރ 2022 - 07:04
ގަތަރުގައި އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ ލަވައެއްގައި ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އެހެން ވެއްޖެ ނަމަ ނޯރާ ވާނީ ވޯލްޑް ކަޕްގެ ސްޓޭޖުގައި އިންޑިއާ އަދި ސައުތު އީސްޓް އޭޝިއާ ތަމްސީލުކުރާ ފުރަތަމަ ތަރިއަށެވެ.
ވޯލްޑް ކަޕާ ދިމާކޮށް ކޮންމެ ފަހަރަކު ވެސް ހާއްސަ ލަވައެއް ނެރެމުން އަންނައިރު މީގެ ކުރިން ޝަކީރާ އާއި ޖެނީފާ ލޮޕޭޒް ކަހަލަ ތަރިންގެ ހުށަހެޅުންތައް ފެނުނެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފީފާގެ ކުރިއަށް އޮތް ލަވައިގައި ނޯރާ ފަތޭހީ ފެންނާނެ އެވެ. އެ ލަވަ ކިޔާނީ ވެސް އޭނާ ކަމަށްވެ އެވެ.
ބެލީ ޑާންސްގައި މަޝްހޫރު ނޯރާގެ ލަވަ ޕްރޮޑިިއުސްކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ ރިކޯޑް ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ރެޑްވަން އިންނެވެ. އޭނާއަކީ ވޯލްޑް ކަޕަށް މީގެ ކުރިން އެންމެ މަޝްހޫރުވި "ވައްކާ ވައްކާ" އާއި "ލާ ލާ ލާ" ވެސް ޕްރޮޑިއުސްކުރި ފަރާތެވެ.
އިންޑިއާގެ އިތުރުން އެކި ކަންކޮޅުތަކުން މީހުންގެ މެދުގައި ނޯރާ މަގްބޫލުވީ 2018 ގައި ނެރުނު "ދިލްބަރު" އިންނެވެ. އޭގެ ފަހުން އޭނާގެ "ގަރްމީ" އާއި "އޯ ސާކީ ސާކީ" ކަހަލަ ހުރިހާ ލަވަތަކަކީ ވެސް ހިޓެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔައީ "މަނިކޭ" ގެ ހިންދީ ވާޝަން އިންނެވެ. ދެ ހަފްތާގެ ތެރޭގައި އެ ލަވައަށް 70 މިލިއަން ވިއުސް ލިބިފައިވެ އެވެ.
ނޯރާ ދެން އެންމެ އަވަހަށް ފެންނާނީ އަޖޭ ދޭވްގަން އާއި ސިދާތު މަލްހޯތުރާ އާއެކު "ތޭންކް ގޯޑް" އިންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނާތު
07 October 2022
ނޯރާ މިހާރު މާބޮޑަށް ޕްލާސްޓިކް ސާރޖަރީ ހަދާހަދާ އަސްލު ސިފަގެއްލިފަ
ލިސްލީ
06 October 2022
ތީ ނޫރާ ފަތުހީ! މޮރޮކޯ މީހުން ސްޕެލް ކުރާ ގޮތް އޭ! މަރިޔަމް ވެސް އެމީހުން އިގިރޭސިން ލިޔަނީ މެރިއަމް! ރިސޯޓް ތަކުގަ އުޅޭތީ އިގެނީ! މޮރޮކޯ މީހުން ބުރުގާ އެއް ނާޅާނެ
ރީތި ފިރިހެނާ
06 October 2022
މާތް ރަސްކަލާނގެ ރީތި އަންހެނުން ހައްދަވާފަވޭ. އެކަމު މިވަރެއް ނުދެކެން.
ކަބޫތަރު
06 October 2022
އަދި ކޮބާ ނުފެނި ތިބޭނެ ކިހާ ރީތި އަންހެނުންނެއް..ތީ ބޮޑު ގުޅަ މީހެއްވީމަ އެންމެނަށް އެނގެނީ..ނޫރާ ކިތަންމެހާވެސް ރީތި..އެކަމަކު މައްސަލައަކީ އެއުޅޭ ކަމުނުދާ ގޮތް..