ސިދާތާއި އާލިއާ އަދި އާލިއާ ގެންގުޅޭ ބުޅާ.
17 އޮކްޓޯބަރ 2022 - 06:35
ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ 1 އިން މީގެ 10 އަހަރުކުރިން ބޮލީވުޑަށް ނިކުތް ސިދާތު މަލްހޯތުރާ އާއި އާލިއާ ބަޓްގެ ލޯބީގެ ގުޅުމަކީ ސިއްރެއް ނޫނެވެ. އެކަން ރަސްމީކޮށް އިއުލާނުކުރީ ވަކިވި ފަހުން ކަމަށް ވިޔަސް އެ ދެ މީހުންގެ ވާހަކަ އޭގެ ކުރިން ވެސް ދެއްކީ އުޅުނު ލޯބި ގޮތުންނެވެ.
އެ މީހުން ރައްޓެހިވެގެން އުޅުނުއިރު ސިދާތު އާލިއާއަށް ބުޅަލެއް ހަދިޔާކުރި ކަމަށް ވެސް އަޑު އެރި އެވެ. ރުޅިވި ފަހުން އެތައް ފަހަރަކު އެ ބުޅަލުގެ ވާހަކަ ސިދާތު ދެއްކުމުގެ ސަބަބުން އެއީ އޭނާ ހަދިޔާކުރި އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
"އެޑްވާޑް" ގެ ނަންދީފައިވާ ހުދު ކުލައިގެ އެ ބުޅަލާ އެކު ނަގާފައިވާ ލޯބި ފޮޓޯތައް މިހާރު ވެސް އާލިއާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރެ އެވެ. ކައިވެނީގެ ދުވަހު ވެސް އެ ބުޅަލާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރި އެވެ.
އެންމެ ފަހުން ކޮފީ ވިތު ކަރަންގައި ސިދާތު ބައިވެރިވި ފަހަރު ކަރަން ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ގުޅިގެން އެންމެ ހަނދާންވާ ކަމަކީ ކޮބާތޯ ސުވާލުކޮށްފަ އެވެ. އެއާ އެކު ޖަވާބުގައި ސިދާތު ބުނެފައިވަނީ "އޭނާގެ ބުޅާ" ކަމަށެވެ.
އޭގެ ދުވަސްތަކެއް ފަހުން އެ ބުޅަލުގެ ވާހަކަ އަނެއްކާ ވެސް ސިދާތު މިވަނީ ދައްކައިފަ އެވެ. މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި، ކުރީގެ ގުޅުމުން ދަސްވީ ކޮން ކަމެއްތޯ ސުވާލުކުރުމުން ވެސް ސިދާތު ބުނީ ހަދިޔާއަކަށް ޕެޓް ނުދިނުން ކަމަށެވެ. އަދި އާލިއާގެ އަތުން ބޭނުންވަނީ ކޯއްޗެއްތޯ ކުރި ސުވާލެއްގައި އޭނާގެ ބުޅާ އެޑްވާޑް ބޭނުންވާ ކަމަށް ވެސް ބުންޏެެވެ.
އެހެންވެ، އެ ބުޅަލަކީ އާލިއާއަށް ސިދާތު ދިން އެއްޗެއް ކަމަށް ސަޕޯޓަރުން ތިބީ ގަބޫލުކޮށްގެންނެވެ. އޭގެ ވާހަކަ އެހާ ބޮޑަށް ސިދާތު ދައްކަނީ ބުޅާ މިސްވެގެން ކަމަށް ވެސް ދެކެ އެވެ.
ސިދާތާއި އާލިއާ ރައްޓެހިވެގެން އުޅުނުއިރު އެ ވާހަކަ ނުދެއްކިޔަސް ރުޅިވި ފަހުން އެމީހުން ވަކިވިކަން އިއުލާންކުރި އެވެެ. ކުރިން އިންޓަވިއުއެއްގައި ސިދާތު ވަނީ އެމީހުންގެ މެދުގައި އެކަކު އަނެކާ މެދު އެއްވެސް ނަފްރަތެއް ނެތް ކަމަށް ބުނެ ވެސް ވާހަކަ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
17 October 2022
ފަހުޒަމާނަށް އައިސް އިންސާނުންނަށް ވުރެ މާތްކޮށް ވަލުޖަނަވާރަށާއި ދޫނި ސޫފާސޫއްޕަށް އޮންނަ ލޯބި ބޮޑުވާނެކަމަށް ކާބަފައިންގެ ދޫދޫމަތިން އިވެމުންދޭ. އިންސާނުން ކާނޭ އެއްޗެއްނުލިބި ބަނޑަށް މަރުވާއިރު ޖަނަވާރުންތަކަށް އަގު ބޮޑު ކާނާގެ ބާވަތްތައް ދިނުމާއި ރަނގަޅު ބޯހިޔާވަހިކަން ހޯދާދޭނެކަމަށްވެސް ބުނެ އުޅޭ.
ކައިލީ ޖެނާ
17 October 2022
ކަމެއް އެބަހުއްޓޭ ދޯ.. އެންމެ ތުއްތު ކުއްޖާއަށްވުރެ މި މީހުންގެ ކަންތައް ފަަލަ