ސަރްދާރްގެ ޕޯސްޓަރެއް.
26 އޮކްޓޯބަރ 2022 - 06:58
މިއަހަރު ރިލީޒްކުރި ތަމަޅަ ސްޕައި ތުރިލާ، "ސަރްދާރް" ގެ ދެވަނަ ފިލްމެއް ނެރޭނެކަން އިއުލާންކޮށްފި އެވެ.
ތަމަޅަ ސިނަމާގައި ފިލްމަކަށް ފަހު ފިލްމެއް ބޮޑު ހިޓަކަށް ވަމުން އަންނައިރު އޮކްޓޫބަރު 21 ގައި ރިލީޒްކުރި ސަރްދާރަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ޕީއެސް މިތުރަން ޑައިރެކްޓްކޮށް، ނެރެފައިވާ މި ފިލްމުގެ ރީޑު ރޯލު ކުޅެފައި ވަނީ ތަމަޅަ ސިނަމާގައި މަޝްހޫރު، ކާތިކް ސިވަކުމާރް (ކާތީ) އެވެ.
ޑަބަލް ރޯލަކުން ކާތީ ފެންނަ މި ސްޕައި ތުރިލާއަށް ބެލުންތެރިންގެ ފަރާތުން ލޯބި އޮއްސާލުމާ އެކު ފިލްމުގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ ކަމަށް ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ޗެންނާއީގައި ބޭއްވި ޕާޓީއެއްގައި ޑައިރެކްޓަރު ވަނީ ސަރްދާރް 2 ކުރިއަށް އެބަ އޮތް ކަމަށް ބުނެފަ އެވެ.
އެކަން ރަސްމީކޮށް އިއުލާންކުރުމުގެ ގޮތުން ކާތީ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރާނެ ކަމަށްވެ އެވެ.
ޕީއެސް މިތުރަން އާއި ކާތީގެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންތައް ވަރަށް އަވަހަށް ފަށާނެ އެވެ. ބެލެވޭ ގޮތުގައި މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކާތީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެށުމުގެ ކުރިން އޭނާގެ މި ފިލްމުގެ ޝޫޓިންތައް ފަށާނެ އެވެ. ސީކުއަލްގައި ވެސް ޗަންދްރަ ބޯސް އާއި ވިޖޭ ޕްރަކާޝްގެ ރޯލު ކުޅޭނީ ކާތީ އެވެ.
ފިލްމުގެ މުހިއްމު ރޯލުތަކުން ދެން ފެންނާނެ ތަރިން ވެސް. ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy