މުނިފޫހިފިލުވުން / ވާހަކަ: ހިތް

ހިތް

އާދިއްތަ ދުވަހާ ގުޅޭ

"ފިރިހެނަކަށް ނުވާނެ ޓްރަސްޓްކުރާކަށް." ނަޒްދާ ބުންޏެވެ.

"ތީ ވެސް ދޮގެއް ނޫން،" ތިންވަނަ ކައިވެނިކޮށްގެން އުޅޭ މޫމިނާ ބުންޏެވެ. "އެކަމަކު ތިހާ ކަޅު އައިނެއް އަޅައިގެން އުޅޭކަށް ވެސް ނުވާނެ. ލޯކުރިމަތީ ހުރިހާ ކަމެއް ހިނގާ އިރު، ނޭނގޭކަމަށް ހަދަންވާނީ ވަކި ވަރަކަށް."

"ތީގެ މާނައަކީ؟" ނަޒްދާ އެހިއެވެ.

"މާނަ ބާއްވާފަ ހިނގާ ކާން،" ހަނާ އެ ދެމެދަށް ވަނެވެ. "ވަރަށް ބަނޑުހައި."

އެ މީހުން ވަނީ ދިވެހިކެއުން ހުރި ތަނަށެވެ. އެ ތަނުގައި ގަރުދިޔައާއި، ރިހާކުރާއި، ރިހާކުރުދިޔައާއި، މަސްފެން ހުއްޓެވެ. ރެއްސާއި، ތެއްލިމަހާއި، ފިހުނުމަސް ހުއްޓެވެ. ތެއްލިފިޔައާއި، ލޮނުމިރުހާއި، ލޮނުލުނބޮޔާއި، އަސާރައިގެ ވައްތަރުތައް ވެސް ހުއްޓެވެ. އަލައާއި، ކައްޓަލައާއި، ބަނބުކެޔޮ ހުއްޓެވެ. ތެއްލިމިރުސް، ގިތެޔޮމިރުސް، ތޮޅިމިރުހާއި، ފިޔައާއި ލުނބޯ ހުއްޓެވެ. ބޯން ހުރީ ސާގުފަންޏާއި، ކަށިކެޔޮފަންޏާއި، ކުއްޅަވައްފަންޏާއި، އަތަފަންޏެވެ. ފޮނިކޮށްލަން ހަނޑުލާއި، ގޮދަނާއި، ސާގާއި، ބަނބުކެޔޮ ބޮނޑިބަތް ހުއްޓެވެ. ކަސްޓަޑާއި، ހަލުވިދާއާއި، ކަންޖާއި، ކިރުބޯކިބަލާއި، ދަނޑިއަލުވިބޯކިބާ ވެސް ހުއްޓެވެ. މުޅި ތަން އޮތީ އެއްވަސްވެފައެވެ.

"ހާދަހާ ސާމާނެކޭ!" ހައިރާންވެފައި ނަޒްދާ ބުންޏެވެ. "ވައްތަރަކުން އެތިކޮޅެއް ވެސް ނުކެވޭނެ."

"ބަނބުކެޔޮބަތާ ރިހާކުރުދިޔަ އަހަންނަށް ހާދަ މީރޭ! އެކަމަކު އެ ކައިފިއްޔާ ބަނޑުސަކަރާތްވާނެ. ގެރެންޓީ!" ތަށިތަކާ ކައިރިއަށް ޖެހިލަމުން މޫމިނާ ބުންޏެވެ. "އެއް ފަހަރު ކާލިޔަސް އޯކޭވާނެކަން ނޭނގެ ދޯ؟ ހެޔޮ ކޮންމެ ގޮތެއް ވިޔަސް. މިރޭ ކާނީ ހަމަ އެ."

މޫމިނާގެ ތަށްޓަށް އެއްޗެހި އެޅީ ނަޒްދާއެވެ. ބަނބުކޭލާއި، ބަތާއި، ރިހާކުރުދިޔައެވެ.

"މި ފެންނަނީ މީހަކު ދެކެ މީހަކު ވާ ލޯބި،" ތަށްޓަށް އެއްޗެހި އަޅަމުން ހަނާ ބުންޏެވެ. "ކޮންމެ ހޯލެއްގަ މިހާ އެއްޗެހި އެބަ އޮތް. ބައެއް ފަހަރު އަހަރެން ހަމަ ޖޭވޭ! ހުވާ! އަހަރެން ދެކެ މީހަކު މި ވަރަށް ލޯބިވާ ނަމަ އެ މީހަކާ އިނދެގެން މިހާރު ވިއްސަކަށް ދަރިން ވެސް ހޯދައިފީމުސް."

"ހޯދާ ފަހުން އޭނަ ގޮސް އޮންނާނީ އެހެން.." ނަޒްދާގެ ވިސްނުން ދާން އުޅުނީ އަމިއްލަ ހަޔާތަށެވެ.

"އޭ! ތިއެއް ނޫނޭ! ކޮބައިތަ މެރީކުރާ ދެ މީހުން؟" މޫމިނާ ވަގުތުން ވާހަކަ އަނބުރައިލިއެވެ. "ވަން އިރަކު ވެސް ނުފެނޭ!"

"އާ! މަ ވެސް ތިހެން ހިތަށްއެރިޔޭ!" ތަށްޓަށް އެއްޗެހި އަޅައިގެން އިށީންނަމުން ނަޒްދާ ބުންޏެވެ. "އެހެންޏާ ވަންނަ އިރު ދޮރުމަތީގަ އޮންނާނެ ދެ މީހުންގެ ނަންޖަހާފަ. އެޔެއް ވެސް ނެތް. އެއްވެސް މަލެއް އެއްްޗެއް ވެސް ނެތް. ވެޑިންއެއް ވެއްޖިއްޔާ ފޭކު މާ ނަމަވެސް ހުރޭ ދޯ؟"

މޫމިނާ ބޭނުންވާ ގޮތަށް ވާހަކަ އަނބުރައިލެވުނެވެ. އޭރު އެރޭގެ ޕުރޮގުރާމު ނިމެން އަދި ކައިރި ވެސް ނުވެއެވެ.

"އާނ! ތި ވާހަކަ ބުނާށޭ މި އުޅެނީ،" މޫމިނާ ބުންޏެވެ. "އިންވައިޓްކުރަންޖެހޭ މީހުން ގިނަކަމުން ގިނަ މީހުންނަށް ކިއީ މި ތަނަށް. ވެޑިން އޮތީ ސަފާރީއެއްގަ ވަރަށް ޕްރައިވެޓްކޮށް. އެ ތަނަށް ވެސް ކިޔާފަ އޮތީ. އެކަމަކު މި ތާ މިހިރަ ވަރަކަށް އެ ތާކު ކާއެއްޗެއްސެއް ނުހުންނާނެ. އެހެންވެ ފުރަތަމަ މި ތަނަށް މި އައީ. އެ ތަނަށް ވެސް ޖައްސާލަން ވާނެ."

"މަގޭ ދަރި މުޖޫގެ ދައްތަޔާ ހަވާލުކޮށްފަ މި އައީ." ނަޒްދާއަށް ބުނެވުނެވެ.

"ސާބަހޭ ރަންކޮޅާ! ދަރި ނެތެއްނު ރަށަކު،" ހަނާ ހަނދާންކޮށްދިނެވެ. "ނަޒޫ މުޅިން ހަމައެއް ނޫން ދޯ؟ މީގެ އެތައް ޒަމާނެއް ކުރީގައެއްނު ތި އުޅެނީ."

ކައިނިމުނުތަނާ ހަނާގެ ފިރިމީހާ ހަނާއަށް ގުޅިއެވެ. އޭނަ ދާންޖެހުނެވެ. ސަފާރީއަށް ދިޔުމަށް ޓަކައި ފާލަން ކައިރިއަށް ދިޔައީ މޫމިނާއާއި ނަޒްދާއެވެ. ހަނދުވަރު ރީތި ރެއެކެވެ. ބޭރުފުށުން ނުދެއްކި ނަމަވެސް، ނަޒްދާ ހުރީ ވަރަށް ދެރަވެފައެވެ. މުޖުތަބާ މާލެއަންނާނީ ނީޒާޔާ އިނދެގެން ނޫންކަމެއް ވެސް ނަޒްދާއަކަށް ނޭނގެއެވެ. ގެއަށް ގޮއްސިއްޔާ ނަޒްދާއަށް ވިސްނޭނީ އެ ކަމާއެވެ. ގޭގެ ބަދަލުގައި ކަނޑުމައްޗަށް އަރާފައި ކަނޑަށް ފުންމައިލުން ވެސް ނަޒްދާގެ ހިތަށް މާ ފަސޭހައެވެ. އަޒާން ނެތް ނަމަ އެހެން ހެދުނީހެވެ. ފާލަންދޮށުގައި މީހުން ވަރަށް ގިނައެވެ. ނަޒްދާގެ އަތުގައި ހިފައިގެން، މީހުންގެ ތެރެއިން ވަދެގެން މޫމިނާ ދިޔަ ގޮތުން ހީވަނީ އެއީ ކުރިން ރޭވި ނިމިފައިވާކަމެއްހެންނެވެ.

"އަހަންނަށް ވަކިން ލޯންޗެއް ފޮނުވާފަ އޮންނާނޯ!" މޫމިނާ ބުނި އަޑު އިވުނެވެ.

ފާލަން މައްޗަށް އެރި އިރު ލޯންޗު އޮތީ ތަންކޮޅެއް ދުރުގައެވެ. މޫމިނާ ހަނާއަޅައިލުމުން އެ ލޯންޗު މަޑުމަޑުން އަންނަން ފެށިއެވެ.

"އޯހ ނޯ!" މޫމިނާއަށް ބުނެވުނެވެ. "ބަނޑުސަކަރާތްވެއްޖެ! މަ އޭރު ވެސް ބުނީމެއްނު!"

"ހާސްނުވޭ! ސަފާރީގަ ޓޮއިލެޓް ހުންނާނެ،" ނަޒްދާ ހިތްވަރުދިނެވެ. "ކިތެއް މިނެޓުން ދެވޭނީ؟"

އޭރު ލޯންޗު ކައިރިކޮށްފިއެވެ. ފުރަތަމަ އެރީ ނަޒްދާއެވެ.

"ނައްޓާލާ! އަހަރެން ފަހުން ޖޮއިންކުރާނަން." މޫމިނާ ބުންޏެވެ.

ހިނގައިގަންނަން ނުގަންނަން ހުރެފައި ނަޒްދާ ގޮސް އިށީނެވެ. އިރުކޮޅަކުން އިތުރު ދެ އަންހެންކުދިން ލޯންޗަށް އެރިއެވެ. އެހެން ނޫން ނަމަ ނަޒްދާ ލޯންޗުން ފޭބީއެވެ. އެކަމަކު ނަޒްދާ ހިތަށްއެރިއެވެ. އެ ލޯންޗަކީ ހަމަ އެކަނި މޫމިނާއަށް އޮތް ލޯންޗެކޭ މޫމިނާ ބުނީ ކީއްވެގެން ހެއްޔެވެ؟ ފަހުން ލޯންޗަށް އެރީ ކޮން ބައެއް ހެއްޔެވެ؟ އެ ކުދިން ދެއްކީ ޕާޓީގެ ފުރިހަމަކަމުގެ ވާހަކައެވެ. ލޯންޗު ނައްޓައިލިއެވެ. ނަޒްދާ ފޯނު ނަގައިފައި މޫމިނާއަށް މެސެޖެއް ފޮނުވައިލިއެވެ.

"އަވަހަށް އަންނައްޗޭ!" މެސެޖުގައި ނަޒްދާ ލިޔުނެވެ.

މޫމިނާއަށް މެސެޖު ލިބުނެވެ. އެނދުގައި ހަމަޖެހިލައިގެން، ޖައްސައިލައިގެން އޮތް މޫމިނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

"އެންޖޯއިކޮށްލާ!" މަޑުމަޑުން މޫމިނާ ބުނެލިއެވެ.

ނީޒާގެ ތުންފަތަށް ވެސް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. އެ މީހުން ދަތުރުކުރަމުންދިޔައީ ޓެކުސީއެއްގައެވެ. ނީޒާއާއި، އަޒާންއާއި، މުޖުތަބާ ވެސް ތިބީ ފަހަތު ސީޓުގައެވެ. އަޒާން އިނީ ނިދިފައެވެ. ކާރު ދަތުރުކުރީ ވަރަށް ބާރަށެވެ.

"ކިހިނެއްވީ؟" ސަމާސާ ރާގެއްގައި މުޖުތަބާ އެހިއެވެ. "ވަރަށް ބިރުގަންނަ ގޮތަކަށް ތި ބަލަނީ."

ނީޒާގެ ދިގު އިސްތަށިގަނޑު ކުރިމައްޗަށް ގެނެސްފައި، މުޖުތަބާގެ ކޮނޑުގައި ބޯއަޅައިލިއެވެ. އެ ވާހަކަ ބުނަން ނީޒާ އުޅޭތާ ކިތަންމެ ދުވަހެކެވެ. މުޖުތަބާ އެ އިސްތަށިގަނޑުން ވަސްބަލައިލިއެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟ މާލެއިން އަހަރެން އަތްބަލާ މީހަކަށް އަތްދެއްކިން އިނގޭ،" ނީޒާ މަޑުމަޑުން ބުނެލިއެވެ. "އޭނަ ބުނި އެއްޗެއް އެނގޭތަ؟ އެންމެ ފުރަތަމަ އަހަރެން އިން މީހާޔާ އަހަރެން އަދި އިންނާނޯ. އަހަރުމެންނަށް ދެ ދަރިން ލިބޭނެޔޯ. ދެ ގާލް. މެރީކުރާނެ މަންތު ވެސް އޭނަ ބުނީ. މީ އެ މަންތު."

ނަޒްދާ އިން ލޯންޗު ކައިރިކުރީ ސަފާރީއަކަށެވެ. ސަފާރީއަކަށް ވުރެ ވައްތަރީ ކުޑަ ވަރެއްގެ ރަށަކާއެވެ. ބޮޑުކަމުންނެވެ. އެންމެ މަތީ ބައިގައި ކަމެއް ހިނގާހެން ނަޒްދާއަށް ހީވިއެވެ. ބޮކިތައް ގިނަކަމުންނެވެ. ލޯންޗު ކައިރިކުރުމުން ނަޒްދާ މަޑުކޮށްލިއެވެ. ދެން ތިބި ދެ ކުދިން ފުރަތަމަ ފައިބާތޯއެވެ. އެ ކުދިން ތިބީ އެކަކުއަނެކަކަށް ފޯނުން އެއްޗެއް ދައްކާށެވެ. އެހެންކަމުން ނަޒްދާ ފޭބިއެވެ. ސަފާރީއަށް އެރިއެވެ. އިސްތިގުބާލުގައި މީހަކު ހުއްޓެވެ. ދާންވީ މަގު އެ މީހާ ދެއްކިއެވެ. ލޯންޗު ނައްޓައިލިއެވެ. އަނެއް ދެ ކުދިން ލޯންޗަކުން ނުފައިބައެވެ. ކާއެއްޗެހީގެ ވަހާއި، މަޑުމަޑު މިޔުޒިކަކާއި، ފިނި އަކުރިހުގެ ސަބަބުން ނަޒްދާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ހަނދުވަރު ވަރަށް ތޫނެވެ. ކަނޑު މަޑެވެ.

"މި ސިޑިން މައްޗަށް އަރުއްވާ!" ގާތުގައި ހުރި މީހާ އެދުނެވެ.

ނަޒްދާ ސިޑިއަކުން މައްޗަށްއެރިއެވެ. އެ ރޭގެ އެ ދަތުރަކީ ނަޒްދާގެ ހިތަށް ކިހައި ވަރުގަދަ އިންގިލާބެއް ގެނުވާނެ ދަތުރެއްކަމެއް އޭރަކު ނަޒްދާއަކަށް ނޭނގެއެވެ. މައްޗަށްއެރި އިރު އެ ތާކު އެއްވެސް މީހަކު ނެތެވެ. ހުރި ހުރިހައި ބޮތްކެއް ހުރީ ދިއްލައިފައެވެ. ކަނައަތްފަރާތުގައި ހުރީ ކައުންޓަރެކެވެ. ކައިރީގައި އުސް ގޮނޑިތަކެއް ހުއްޓެވެ. ވައަތްފަރާތުގައި ބޮޑު ސޯފާއެއް ހުއްޓެވެ. މެދުގައި ހުރި ބިސްބުރު މޭޒެއް މަތީގައި، ދެ މީހަކަށް ކާން ތައްޔާރުކޮށްފައި ހުއްޓެވެ. އެކި ދިމަދިމާގައި ހުރީ ބިއްލޫރި ބޮޑެތި އުނބުގަނޑު ބަހައްޓައިފައެވެ. ކޮންމެ އުނބުގަނޑެއް ތެރޭގައި ބޮޑު އުއްބައްތިއެއް ރޯކޮށްފައި ހުއްޓެވެ. ނަޒްދާ ހިތަށްއެރިއެވެ. އޮޅިގެން ނުބައި ސަފާރީއަކަށް ނަޒްދާ ގެނެވުނީ ހެއްޔެވެ؟ ނުވަތަ އެ ތަަނަށް އަންނަންޖެހޭ މީހުން ނާންނަނީ ހެއްޔެވެ؟ ނަޒްދާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅާނީ މޫމިނާކަން ނަޒްދާއަށް ޔަގީނެވެ. އެކަމަކު އަރާފައި އޮތީ ނުދަންނަ ނަންބަރެކެވެ. ދިގު ނަންބަރެކެވެ. އެއީ ރާއްޖެއިން ބޭރުން އަންނަ ކޯލެކެވެ. ނަޒްދާ ހިތަށްއެރިއެވެ. މުޖުތަބާގެ ކޯލެއް ހެއްޔެވެ؟ އެ މީހުން ކައިވެނިކުރީ ހެއްޔެވެ؟ އަޒާނަށް ކަމެއްވީ ހެއްޔެވެ؟

"ހަލޯ!" ނަޒްދާ ފޯނު ނަގާފައި ބުންޏެވެ.

"އަޒާން މަރުވެއްޖެ!" ވަރަށް ހާސްވެފައި ހުރި މުޖުތަބާ ބުންޏެވެ.

"އޭނ؟" ސިހިފައި ނަޒްދާއަށް ބުނެވުނެވެ. "ކިހިނެއްވީ؟"

މުޖުތަބާ ވާހަކަދެއްކި އިރު އެތައް ބަޔަކު ވާހަކަދައްކާއަޑާއި، ކާރު ބަރުގޮނުގެ އަޑާއި، ސައިރަންގެ އަޑާއި، އަންހެނުން ރޮއި ހަޅޭއްލަވާ އަޑުއިވެއެވެ.

"އަހަރުމެން ތިބި ޓެކްސީޔާ ބަހަކާ އެކުސިޑެންޓުވީ!" މުޖުތަބާ ރޮމުން ކަހަލަ ގޮތަކަށް ބުންޏެވެ. "އަހަރެންގެ އަތް ބިނދި، ބޯ ވެސް ފަޅައިގެން ގޮއްސަ މި އޮތީ. ފަޔަށް ވެސް ވަރަށް އެބަ ތަދުވޭ! މިހާރު ހޮސްޕިޓަލަށް މި ދަނީ. ފަހުން ގުޅާނަން."

ނަޒްދާއަކަށް ކޮޅަކަށް ނުހުރެވުނެވެ. ސޯފާގައި އިށީނދެވުނެވެ. އަޒާން މަރުވީ ހެއްޔެވެ؟ ނަޒްދާގެ ސިކުނޑީގައި އެނބުރެމުންދިޔަ ހަމަ އެކަނި ސުވާލަކީ އެއީއެވެ. އަހަރެންގެ ދަރިފުޅު މަރުވީ ހެއްޔެވެ؟ ނަޒްދާއަށް ތެދުވެވުނެވެ. އެހެން ސުވާލެއް އުފައްދަމުންނެވެ. އަހަރެން ދެން ދިރިހުންނަންވީ ކީއްކުރަން ހެއްޔެވެ؟ ކާކަށް ޓަކައި ހެއްޔެވެ؟ ހުރެވުނު ތަނަކާ މެދު ނަޒްދާ މާ ބޮޑަކަށް ނުވިސްނައެވެ. ނަޒްދާއަށް ހުއްޓެވުނީ ސަފާރީގެ އެއް ފަރާތު އަރިމަތީގައެވެ. ފެންނަން އޮތީ މާ ސިންގާ ކަނޑެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. ނަޒްދާއަށް އެނގުނީ ނިކަން ބާރަށް ނަޒްދާ ލޮނުގަނޑުގައި ޖެހުނުކަމެވެ.

ނުނިމޭ

18 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 70%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސްޜީނު

17 November 2022

ވަރަށް ވައި......ވާހަކައިގެ ޓެންޕޯގެއްލިއްޖެ.......

The name is already taken The name is available. Register?

އައިމް

16 November 2022

ނަޒްދާ ހޭލިއިރު އޮތީ ޓްރީ ޓޮޕްގައެވެ. އޭނާ ކައިރީގައި ހުއްޓެވެ. " އަޒާން މަރުވެއްޖެ، މުޖޫ ނީޒާއާ މެރީ ކުރަނީ" ނަޒްދާ ހެވިފައި ބުންޏެވެ. އައި ލަވް ޔޫ އޭ ކިޔާފައި ދެން ފެނުނީ އޭނާ ގައިގާ އޮޅުލައިގެން މަންޒަރެވެ. ނިމުނީ

The name is already taken The name is available. Register?

ނަޒްދާ

16 November 2022

މި ދިޔަ ބައި ދިޔަގޮތުން އިނގިއްޖެ އަޒާން މަރުވާނެކަން. ޢެހެންވީމަ ނަޒްދާގެ އަސްލު ހިތަކީ ދަރިފުޅު އަޒާން ދޯ.

The name is already taken The name is available. Register?

އިއްސެ10

16 November 2022

މަށަށް ހީވަނީ "އޭނާ" އަކީ ވިލަން ހެން. އެއްކަލަ މުޖޫ މީހެއްގައިގަ ތަޅާ ގަތެއްނު ކުރިން މީހެއްގެ އަންބަކަށް އުނދަގު ކުރާތީ. "އޭނާ" އަކީ އެކަމުގެ ބަދަލުހިފަން އައިސް މުޖޫގެ އަނބި މީހާއާ މެސެޖު އެކުރަނީ. ނަޒްދާ އަށް ހާދަ ދެރައޭ

The name is already taken The name is available. Register?

ދެން އަޅޭ

16 November 2022

ބިންމާ ހެޔޮ ވާނީ ކިހިނެއްތަ މީހުންގެ ހިތްތަކާ މިހެން ކުޅެން. އަޅެ މިވާހަކަ ހަފްތާއަކު ތިން ދުވަހު ގެނެސްދީބަލަ!

The name is already taken The name is available. Register?

އިމަނާ

16 November 2022

މިއަދު އަދި އެއްބައި ގެނެސްދީބަލަ. ޕ.

The name is already taken The name is available. Register?

މުޙައްމަދު ކޮޔާ

16 November 2022

ނަޒްދާ އަމިއްލަޔަށް މަރުނުވާތި. ކެތްކުރަން ވާނެ ދިމާވާކަންކަމަށް. މީ ދުނިޔެ.

The name is already taken The name is available. Register?

ހަ ނާ

16 November 2022

ހާދަ ރީއްޗޭ މިބައިވެސް. ވަރަށް ތަފާތު.

The name is already taken The name is available. Register?

ފާތުމަތު

16 November 2022

އާދިއްތަ ދުވަހު ގެނެސްދޭއިރު އެހަފްތާގެ ބުދަ ދުވަހުގެ ބަޔާ އެކު ނިކަން އަޕްޑޭޓް ކޮށްލަބަލަ މިހާރުނޫސް.

The name is already taken The name is available. Register?

ފުފޫ ކަނދި

16 November 2022

ފާތުމަތޫ ހާދަ ކެތްތެރިކަމެއް ނެތޭ ދޯ؟ބިންމާ އާދީއްތަ ދުވަހު ވާހަކައިގެ ނުނިމި އޮތް ބައި އެއްކޮށް ގެނެސް ދީބަލަ..ތިއޮތް ދިވެހި ކެއުމުގެ ލިސްޓު ފެނުނީމަ ހިތަށް ކުރި އަސަރެއް ނޭނގެ ބުނަންވެސް..

The name is already taken The name is available. Register?

ޒުލްފާއްތަ

16 November 2022

މަރުވާން ޖެހޭ މީހާ އެހުރީ މަރުނުވެ. ބިންމާވެސް އެ މުޖޫ މަރާލި ނަމަ ކުއްޖާ ބަހައްޓާފަ. ނަޒްދާ ހުވަފަތް ވީމަ ދޯ އެހެންމީހަކާ އިންނަން ފަސޭހަވާނީވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454