"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި ޖުމަލް އާއި އައްޒަ
18 ޖެނުއަރީ 2017 - 05:51
ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އެޕްރީލް މަހުގެ ފަހެއްގައި ރިލީޒް ކުރާ ފިލްމް "މީ ލޯތްބަކީ" ގެ ޝޫޓިން ނިންމާލައި، ފިލްމްގެ އެޑިޓިން ވެސް ނިންމާލައިފައިވާ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.
"ފިލްމުގެ ޕްރިންސިޕަލް ޝޫޓިން މިހާރު މިއޮތީ އެއްކޮށް ނިންމާލެވި، ފިލްމުގެ އެޑިޓިން ވެސް ނިމިފައި. އަޅުގަނޑުމެން ދިޔައީ ފިލްމް ޝޫޓް ކުރަމުން ދިޔަ އިރު ވެސް ފިލްމް އެޑިޓް ކުރަމުން،" ޑާކް ރެއިނުން ގެނެސްދޭ ދެވަނަ ރޮމޭންޓިކް ކޮމެޑީއާ ބެހޭ ގޮތުން މޮގާ ބުންޏެވެ.
އޭނާ ބުނީ މިހާރު ކުރިއަށް ދަނީ ފިލްމުގެ ޑަބިން ކަމަށެވެ.
"މީ ލޯތްބަކީ" ގެ ބެކްމިއުޒިކް މި ފަހަރު ވެސް ހަދަނީ މުހައްމަދު އިކްރާމެކެވެ. ޑާކް ރެއިނުން މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" ގެ ބެކްމިއުޒިކް ވެސް ހެދީ އޭނަ އެވެ.
އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ "މީ ލޯތްބަކީ" ގެ ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ގިނަ ލަވަތަައް މިހާރު ވަނީ ސައުންޑް ކްލައުޑުން މިހާރު އަޑު އަހައި ލެވޭނެ އެވެ.
"މީ ލޯތްބަކީ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޗިއްޕެ އާއި މޮގާގެ އަންހެނުން އަދި "ހުޅުދާން" ފިލްމުގެ ޑައިރެކްޓަރު އައިޝަތު ފުއާދު ތައުފީގެވެ.
ބޮޑު ކާސްޓަކާ އެކު، ޑާކް ރެއިނުން ގެނެސްދޭ އެ ސްޓޫޑިއޯގެ އެންމެ ބޮޑު ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ނިމާލް) މަރިޔަމް އައްޒަ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލަށް ތައާރަފުވާ ގިނަ ފަންނާނުން ވެސް ހިމެނެ އެވެ.
#MeeLoaybakee #Heelaahadhaalan #MusicVideo #DetuneBand #BehindTheScene @megamaldivesko @mogerdre @DarkRainEnt pic.twitter.com/7MIAxpqPHF
— Dark Rain Ent (@DarkRainEnt) December 11, 2016
"މީ ލޯތްބަކީ" ގެ ޝޫޓީންގެ ތެރެއިން.
މޮގާ ބުނީ "މީ ލޯތްބަކީ" އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމް ބެލުންތެރިންނަށް ކަމުދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"ފިލްމުގެ ޓީޒާތަކާއި ލަވަތަކާ އެއްޗެހި އަންނަ މަހުގެ ތެރޭފައި ބެލުންތެރިންނާ ހަމައަށް އަންނަން ފަށާނެ،" އޭނާ ބުންޏެވެ.
"މީ ލޯތްބަކީ" އަކީ މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ، އެންމެ އުންމީދީ އެއް ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy