"މެއި ހޫ ނާ" ގައި ޒައިދް ހާންގެ މަންޒަރެއް
28 މާޗް 2023 - 07:13
ބޮލީވުޑްގެ މަގްބޫލު ފިލްމު "މެއި ހޫ ނާ" ގައި ލަކީގެ ރޯލުން ވިދާލި ޒައިދު ހާން ފިލްމީ ދާއިރާއާ ގުޅުނުތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އޭނާ އެނބުރި ބޮލީވުޑަށް އަންނަކަން އިއުލާނުކޮށްފި އެވެ.
ޒައިދު އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފްވީ 2003 ވަނަ އަހަރު އީޝާ ޑިއޯލްއާ އެކު ކުޅުނު "ޗުރާ ލިޔާ ހެ ތުމްނޭ" ފިލްމުންނެވެ. އޭގެ ފަހުން، ގިނަ ބަޔަކަށް އޭނާ މަގްބޫލުވީ 2004 ވަނަ އަހަރުގެ "މެއި ހޫ ނާ" ފިލްމުންނެވެ.
ޒައިދަކީ ކުޅޭނެ މަގްބޫލު ރޯލުތަކެއް ނުލިބި، ކެރިއަރު އަޑިއަޅާލައިފައިވާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ސިނަމާގެ ސްކްރީނަކުން ފެނުނީ 2015 ވަނަ އަހަރު އެވެ. "މެއި ހޫ ނާ" ގެ ފަހުން އޭނާ ކުޅުނު ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
މިދިޔަ ހަފްތާގައި ކުރި އިންސްޓަގްރާމު ޕޯސްޓެއްގައި ޒައިދް ވަނީ އޭނާގެ އާ ފިލްމު ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެ ކަމަށާއި، އެކަމާ އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ބުނެފަ އެވެ.
"އެންމެންގެ ލޯތްބާއި ސަޕޯޓުގެ އެހީގައި، އަހަރެންގެ މިދާއިރާގައި އުޅޭތާ މިވަނީ 20 އަހަރުވެފައި. ކުރިއެކޭ ވެސް އެއްފަދައިން، އަހަރެންގެ އާ ފިލްމު ވަރަށް އަވަހަށް އަންނާނެ. ތި އެންމެންނާ އެ ފިލްމު ދައްކާލަން މިހުރީ ކެތް މަދުވެފައި. ކުރިއަށް އޮތް 20 އަހަރު އަދި މާ ސަޅިވާނެ،" ޒައިދުގެ ފޮޓޯއަކާއެކު ކުރި އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ޝެއާކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ފިލްމުގެ ބީޓީއެސް ވީޑިއޯތަކެއް ދައްކާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2023
30 March 2023
މިހާޜުވެސް ހާދި ރީއްޗޭދޯ.... ބޮއިހަލަކި
ބޯކިބާ
29 March 2023
ގަބުރުގަ އޮވެފަތަ އެނބުރި އަނނަނީ
ހަހަ
28 March 2023
ނަޔަސް ހެޔޮ