މުނިފޫހިފިލުވުން / ވާހަކަ

އެ ދަތުރު ނުދެވުނު ނަމަ...

ޔަޝްފާ އަބްދުލްޣަނީ

03 އެޕްރީލް 2023 - 07:10

12 comments

ހިނިތުންވެފައިވާ ރީތި މޫނެއްގެ ފަހަތުގައި ހަސަދަވެރިކަމުގެ އަލިފާނުން އަނދައަނދާ ހުރި ހިތެއްގެ ވެރިއެއް ހުރެދާނެއެވެ. އެ ހަސަދަވެރިޔާ ދިއްކޮށްލާ ކޮންމެ ހަދިޔާއެއްގައި ޒަހަރުގެ އަސަރު ނެތިއެއް ނުދާނެ އެވެ.

މީހުންނާ އެކު ދިރިއުޅޭއިރު ތިމާއަށް ބުނެވޭ ބަސްތަކަކީ އަނެކާގެ ހިތް ކަތިލާ ހަތިޔާރަކަށް ހަދައިފި ނަމަ އަނެކާގެ ހަތިޔާރު ތޫނުކޮށްގެން ތިމާއަށް ހަމާލާދޭނީ ކޮންއިރަކު ކަމެއް ނޭނގޭނެ އެވެ.

އިރުގެ އެންމެ ފުރަތަމަ ދޯދި އުދަރެސް މަތީން ބޯދިއްކޮށްލީ އަޒާންމެން ދަތުރު ފަށާ ރަށުގެ މަލަމަތި ވެސް އޮބާ ދިޔަ ފަހުންނެވެ. ދަތުރުގެ ފޯރިގަދަވެ ދޯނީގައި ވަނީ މިއުޒިކްގެ އަޑު ގުގުމާލައިފަ އެވެ. ނާޝް އާއި ހުސެން ނަށަމުން ދިޔައިރު އެހެން ކުދިން ތިބީ އަތްޖަހާ ތަރުޙީބު ދޭށެވެ. ގިނައިރުވީ ވަރަކަށް ދަތުރުގެ ފޯރި ދިޔައީ ގަދަވަމުންނެވެ. ރަށުންފުރިތާ އެއްގަޑި ފަސް މިނިޓަށް ފަހު، ދަތުރުގެ މަންޒިލުގެ އައްސޭރި ފެނިލައިފި އެވެ. ރަށުގެ ގޮނޑުދޮށަށް ދޯނި ބީއްސާލުމާ އެކު ދަތުރުގެ ބައިވެރިން އަވަސްވެ ގަތީ ރަށަށް ފޭބުމަށެވެ.

އެންމެ ފުރަތަމަ އެ ރަށަށް ފުންމާލީ އަޒާނެވެ. އޭނާއަކީ ކަންކަމުގައި އިސްނަގާ މީހުން ގޮވައިގެން އުޅޭ ދީލަތި ކުއްޖެކެވެ.

އޭނާގެ ހިތް ހެޔޮކަމާއި މީހުންނާ މެދު ބަހައްޓާ ގާތްކަމާއި މީހުންނަށް ކަމޭހިތާ ގޮތަކީ އަބަދުވެސް ހުރިހާ ކުދިން އަޒާން ދެކެ ލޯބިވާ ސަބަބެވެ. އޭނާ ދޯނި ކައިރިއަށް ލެފިލާ ޒިހުނާ އަރަން ކޮނޑު ދިނެވެ. ޒިހުނާ ލަދުވެތި ގޮތަކަށް ހިނިތުންވެލާފައި އަޒާންގެ ކޮނޑަށް އެރިއެވެ.

"މީ ހަނދާން ނުނެތޭ ދަތުރަކަށްވާނެ." ޒިހުނާގެ ކަންފަތްދޮށުގައި މިހެން ބުނަމުން ލޮނުކޮޅެއްގައި ވެސް ޒިހުނާ ޖެހުނަނުދީ ދޮންވެލިގަނޑުގައި ބެހެއްޓި އެވެ.

ޒިހުނާއަކީ ރަށު ސްކޫލުގައި އުޅުނުއިރުން ފަށައިގެން ވެސް އަޒާންގެ ލޯބިވެރިޔާ އެވެ. ތައުލީމީ ގޮތުންނާއި ނަސަބުގެ ގޮތުން ޒިހުނާއާ ވާދަކުރެވޭ ކުއްޖެއް ރަށަކު ނެތެވެ. އޭނާގެ މުއްސަނދިކަމާއި ނުފޫޒަކީ އެހެންކުދިންނަށް ޒިހުނާގެ ކިޔަމަންތެރިކަމުގައި އުޅެންޖެހޭ ސަބަބެވެ. ދަތުރުގައި ބައިވެރިވި ގިނަ ކުދިންނަކީ ރަށުގައި އޯލެވެލް ހެދުމަށްފަހު މާލޭގައި އޭލެވެލް ނުވަތަ ކޮންމެވެސް ކޮލެޖެއްގައި ކިޔަވަމުންދާ ކުދިންނެވެ. ރަށު ސްކޫލުގައި އެއްކޮށް އުޅުނު މިކުދިން ތިން އަހަރެއްހާ ފަހުން ދިމާވުމުން ތިބީ ވަރަށް އުފަލުންނެވެ.

"މާލެ ދެވުނު ފަހުން ޒިހުނާ ފެންނަނީ ކުރިއަށް ވުރެ ވެސް ބޮޑާކަމާއި ކިބުރުވެރިކޮށް. އަޒާން ވެސް ހުންނަނީ އޭނަޔާ ހެދި މޮޔަވެފައި." ނިހާ އަބަދު ވެސް ޒިހުނާ ދެކެ ރުޅިއާދެ އެވެ. އޭނާގެ ލޯބި ޖަހައިގަތީ ޒިހުނާ އެވެ. އެ އަހަރު އޭނާ އަށް އެންމެ ހައްގުވާ ސްކޫލު ކެޕްޓަންކަން ވެސް ހޯދީ ޒިހުނާ އެވެ.

"އެހާ ހަސަދަވެރި ނުވޭ ނިހާ. އަޒާން ވެސް ބޭނުންވީމަ ދޯ ނިހާ ބަހައްޓައިފަ ޒިހުނާއާ ރައްޓެހި ވާނީ." ނާޝް މޫނުމައްޗަށް ވައްތަރެއް ޖައްސާލި އެވެ.

އަޒާން ދެކެ ނިހާ އާއި ނާޝް ވެސް ލޯބިވާކަން ޒިހުނާ އަށް އެނގެ އެވެ. ނަމަވެސް ނިހާ އާއި ނާޝް އަށް ވުރެ ޒިހުނާ ހުޝިޔާރު ވެފައި އަޒާންގެ ޝައުގުވެރިކަން ހޯދަން އެނގެ އެވެ. އެ ދެ އަންހެން ކުދިން ކުރިމަތީގައި މާބޮޑަށް އަޒާން ވެގެން އޭނާ އުޅެނީ ވެސް އެހެންވެއެވެ. ރައްޓެހި ކުދިންނަށް ވުރެ ތިމާ ކާމިޔާބުކަން ދައްކާލުމަކީ އޭނާ އަށް ލިބޭ އާދަޔާ ޚިލާފު އުފަލެކެވެ.

ބޮޑު ހުދު ދޮންވެލިގަނޑެއް އޮންނަ ހިޔާ ލިބޭ ދިމާއެއްގައި އެ މީހުންގެ ޓެންޓް ޖެހި އެވެ. ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް ކައްކާ ހެދުމަށްޓަކައި އަޒާންމެންގެ ގޭގައި މަސައްކަތްކުރާ ބަންގްލަދޭޝް އާޔަތު އާ ކެއްކުން ހަވާލުކުރިއެވެ. ހެނދުނުގެ ނާސްތާ އަށް ފަހު، އެންމެން ވެސް އެ މީހަކަށް މަޖާ ނެގޭނެ ގޮތަކަށް މަޖާނަގަމުން ދިޔަ އެވެ. އެއްބަޔަކު ދިޔައީ ރަށްވަށާ ބުރެއް ޖަހާލާށެވެ. އަނެއް ބަޔަކު މޫދަށް ދިޔައިރު ޒިހުނާ އާއި އަޒާން ދިޔައީ ރަށުގެ އެންމެ ގަސްބޯ ދިމާއަށެވެ. އެއީ އެ މީހުން ތިބޭ ދިމާލާ ތަންކޮޅެއް ދުރު މީހުން އާއްމުކޮށް ނުދާ ސަރަހައްދެކެވެ.

"މަށަށް މިތަން އެންމެ ހިތްގައިމީ އަހަރެމެން އެންމެ ފުރަތަމަ ބައްދަލުކުރި ތަން ކަމަށްވާތީ. އެއީ މީގެ ތިން އަހަރުކުރި." ޒިހުނާ އަޒާންގެ އުނގުގައި ބޯއަޅާލަމުން ބުންޏެވެ.

އެ ދެ މީހުންގެ ލޯބީގެ ހުވާތަކާއި އަހުދުތަކާއި ދިރިއުޅުމަށް ޓަކައި ދެކޭ ހުވަފެންތަކާއި އުންމީދުތައް ހިއްސާކުރީ ނުހަނު ލޯބިންނެވެ. އޯގާތެރި ފިރުމުންތަކާއި މަޑުމަޑު ބީހުންތަކުންނެވެ. ފަޅު ރަށެއްގެ ޖަންގައްޔެއް ކަހަލަ ގަސްބޯ ވަލެއްގައި އެ ދެ މީހުންގެ ގައިގޯޅި ވުމަކީ ކިހާބޮޑު ނުރައްކަލެއްކަން އެ މީހުންނަކަށް ނޭނގޭ ކަހަލައެވެ. ހާމަޔަށް އޮތް އުޑުދޮށުގައި ބެރެބެދިގަހުގެ ހިޔަލުގައި އެ ކުދިން ލޯބީގެ މަސްތުން ފެންވަރަމުން ދިޔައިރު އެ ގަހުގެ ގޮފިގަނޑުގައި އިން ކޮވެލީގެ އާދަޔާ ޚިލާފު ބެލުން ޒިހުނާ އަށް ފާހަގަވި އެވެ.

"އެ ކޮވެލީގެ ލޯ ކީއްވެ އެހާ ރަތީ؟" ޒިހުނާ ބިރުން ހުރެ އެހިއެވެ.

"ސާބަސް އެއީ އޭގެ ލޮލުގެ ކުލަ ހުންނަ ގޮތް." އަޒާން ބިރުނުގަންނަ ކަމަށް ހެދުނަސް ހަގީގަތުގައި އޭނާ ވެސް ފާޑަކަށް ބިރުގަތެވެ. މި މާހައުލު މާބޮޑަށް ހިމޭންވެފައި އާދަޔާޚިލާފަށް ފަޅުކަމުން ކަމަށް ވެސް ވެދާނެއެވެ. އެ ދެ މީހުން އަވަސް އަވަހަށް އެދިމާ ގޮނޑުދޮށަށް ފައިބާ ޓެންޓާ ދިމާއަށް ދިޔައެވެ.

ނާޝް އާއި ހުސެންމެން ފޯރިޔާ އެކު މަސް ބޭނުމުގައި އުޅެމުން ދިޔައެވެ. ހަމަ އެތާ ބައެއް ކުދިން ކުޅެމުން ދިޔަ ލަވަބާޒީގެ އަޑުން މުޅި ފަޒާ ވަނީ ގުގުމާލައިފަ އެވެ. އެ ފޯރީގައި ގަޑި ދިޔަ ގޮތް ވެސް އެ މީހުނަށް ރޭކާއެއް ނުލައެވެ.

"ޒިހުނާ! އެންމެން މަޖާކުރާއިރު ކޮންތާކަށް ދިޔައީ." ނިހާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

"މިކަހަލަ ދަތުރެއްގައި ދޯ ދިމާއަކަށް ކަނޑާލެވޭނީ ވެސް". ރީހާން ސަމާސާ ރާގަކަށް ބުންޏެވެ.

އޭރު އޭނާ ހުރީ ނިހާއަށް ބަލަހައްޓައިގެންނެވެ. ނިހާގެ ޝައުގުވެރިކަން އަބަދުވެސް އަޒާނަށް ހުންނަކަން އޭނާ އަށް އެނގެ އެވެ. ބައެއްފަހަރު ތަދުވާތާ ޖަހާލުމުން އެ ތަދުލިބޭ މީހާގެ މޫނަށް އަންނަ ކުލަވަރަކީ ވެސް މަޖާ ކުލަވަރެކެވެ. ރީހާން ހިނިތުންވެލީ ނިހާގެ ހިތުގެ ވޭން އޭނާގެ މޫނުމަތީން ފާހަގަ ވީމަ އެވެ.

"ދެން ވެސް މިހެން ނުތިބެ އެއްޗެއް ކެވޭތޯ ހިނގާބަލަ! ބަނޑުހައިވެގެން ބަނޑުގެ ދެފުށް ތަތްލީތާ ކޮންއިރެއް." އަޒާން ބަނޑުގައި ފިރުމާލަމުން މިހެން ބުނުމުން ހުރިހާ ބައިވެރިން ގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ޕިސްޕިސް ޖަހަމުން ހުރިހާ އެންމެންގެ ވެސް މިސްރާބު ޖެހީ ޓެންޓުތަކާ ދިމާއަށެވެ.

"ވަރަށް ފާޑެއްގެ ކަމެއް ދިމާވި. އަހަރެމެންނާ ދިމާއަށް ވަރަށް ގިނައިރު ބަލަހައްޓައިގެން ކޮވެއްޔެއް އިން. އަހަރެން ކުރިން ދެކޭ ކޮވެއްޔާ އޭތީގެ އުޅުމާ ވަރަށް ތަފާތު." އަޒާން މި ވާހަކަ ރީހާން ގާތު ބުނީ ރީހާނަކީ އަބަދު ވެސް މިކަހަލަ ވާހަކަ ދައްކާ މީހަކަށް ވާތީ އެވެ.

"މަ ބުނަންދޯ ފަޅު ތަންތަނަށް، އެކަހެރި ބައްދަލުވުންތަކަށް ނުދާށޭ." ރީހާން ހިތްހަމަނުޖެހުނެވެ.

ކާންދިޔައިރު ކާއެއްޗިހި ހުރީ ރޯ ނުފިލަ އެވެ. ބަނގުލަދޭޝް މީހާ، އާޔަތު އޭނާ އަށް ވާވަރަކުން އެކަން ކުރެވޭތޯ ބަލަމުން ދިޔަ އެވެ.

"މީ ކީއްކުރަން ގެނައި ބޭކާރު މީހެއް. އެންމެފަހުން ކައްކަން ވެސް މިޖެހުނީ އަހަރެމެންނަކަށްނު." ޒިހުނާ މާލާމާތުގެ ރާގަކަށް އާޔަތުއާއި ދިމާއަށް ބުންޏެވެ.

އާޔަތު ޒިހުނާއާ ދިމާއަށް ލޯއަޅާލި އެވެ. ޒިހުނާ ދެކެ އޭނާ ވަރަށް ރުޅި އާދެ އެވެ. ޒިހުނާގެ ބަސްމަގު ހުންނަ ގޮތުންނާއި އަބަދު ވެސް އޭނާއަށް މަލާމާތް ކުރާތީއެވެ.

ބަނޑުހައިވެފައި ހުރިވަރުން ޖޫހާއި، ކޯކާއި ފެންޓާ އަދި ރެޑްބުލް ދަޅާއި ބިސްކޯދާއި، ކޭކު ބެހުމަށް ނިހާ ދިޔައެވެ. އެކުގައި އެހީތެރިވެދޭން ނާޝް ވެސް އުޅެއެވެ. ލަސްވާތީ އެހެން ހުރިހާ އަންހެން ކުދިން ކެއްކުމުގެ ފޯރީގައި އުޅެމުންދާއިރު، ފިރިހެން ކުދިން ދިޔައީ މަސް ފިހުމަށް ތައްޔާރު ވަމުންނެވެ. އާޔަތު ވެސް އެ މީހުންގެ ކަންކަން ފަސޭހަކޮށްދޭން އުޅެއެވެ.

"އާޔަތު، ކަލޭ ދޭބަލަ އެއޮތް ދިމާއިން ހިކި ދަރުކޮޅެއް ހިފައިގެން އަންނަން!" ނާޝް މިހެން ބުނުމާ އެކު އާޔަތު މިސްރާބު ޖެހީ ވަލުތެރެއަށެވެ. އޭނާ ފަހަރަކު ދަރުގަނޑެއް ހޯދާ އެއްކުރަމުން ދިޔަ އެވެ. އިތުރު ދަރު ހޯދުމަށްޓަކައި އާޔަތުއަށް ޖެހުނީ ވަލުގެ ގަސްބޯ ހިސާބަކަށް ހިނގާށެވެ.

"މީ ކާކު ގެންގުޅޭ އެއްޗެއް." އަޒާންގެ ލޮލުގައި އަޅައިގަތީ ވެއްޓިފައި އޮތް ފުޅިއެކެވެ. އެއީ ކޮންއެއްޗެއްކަން އޭނާއަށް އެނގެއެވެ. އެއީ ކޯކް ފަދަ އެއްޗަކަށް އަޅައިގެން ބޮއިފި ނަމަ އެ މީހަކު ހަމައިން ނައްޓާ ޕާޓީ ޑްރަގްސް އެވެ. އޯވަޑޯޒް ވެއްޖެ ނަމަ މީހަކު ދެން އެ މީހެއްގެ ދުވަސް ދިޔައީކަން އޭނާ އަށް އެނގެއެވެ. އޭނާ އެ ފުޅި ނަގާ ބަލާލިއިރު އެއިން ވަނީ ބައިވަރު ނަގައިފަ އެވެ.

ތިވާނީ ކުރިން މި ރަށަށް އައި ބަޔަކު ގެންގުޅުނު އެއްޗަކަށް. މަށަކަށް ހިއެއްނުވޭ އަހަރެމެންގެ ތެރޭން މީހަކު ގެންގުޅޭނެ ހެނެއް." ނާޝް ބުންޏެވެ. އޭނާ ވާހަކަ ދެއްކިލެއް އަވަސްކަމުން ނިހާ ހުރީ އޭނާ އަށް ބަލާށެވެ.

"ކިހިނެއްވީ؟ ފާޑަކަށް ތި ބަލަނީ ކީއްވެ؟ އަހަންނަށް ހީވާ އެއްޗެއް ބުނެލީ. އަނެއްކާ ނިހާގެ އެއްޗެއްތަ؟" ނާޝް ދެ ކޮނޑު އަރުވާލި އެވެ. އަދި ނިހާ އަށް ލޯ އަޅާލި އެވެ.

"މަ މީ ކަލޭހާ ބޮޑު ހަސަދަވެރިއެއް ނޫން. މަ ނޫޅެން ތިހާ ނުބައިކަންތައް ކުރާކަށް." ނިހާ އައި ރުޅީގައި ނާޝްގެ އިސްތަށިގަނޑުގައި ހިފައިގަތެވެ.

އަޒާން ދުވެފައި ގޮސް އެ ދެ މީހުން ދުރުކުރުވަން މަސައްކަތްކުރި އެވެ. އަޒާންގެ ބާރުގަދަ އަތުން ނިހާ ދުރުކުރުވަން އުޅެނިކޮށް ނިހާ އަނގަވަތަށް ވެއްޓުނެވެ. އޭނާ އަށް ވީ ތަދަށް ވުރެ ބޮޑަށް އަޒާން އެހެން ހެދުމުން ދެރަވިއެވެ. އަދި ރޮވުނެވެ. އަޒާން ގޮސް ނިހާ ނެގި އެވެ. އަދި ބޮލުގެ އިސްތަށިގަނޑު ރަނގަޅު ކޮށްލި އެވެ.

"ސޮރީ، ގަސްދުގައެއް ނޫން ކޮށްޕާލީ. ހަމަޖެހިބަލަ ނިހާ. ދަތުރު އައިސް މީހުން ތަޅާފޮޅާތަ؟" އަޒާން މިހެން ބުނީ މަޑުމަޑުންނެވެ.

މި އޯގާވެރި ބަސްކޮޅުން ނިހާއަށް ވަރަށް އަސަރު ކުރިއެވެ. އޭނާ އަޒާންގެ އަތުގައި ހިފީ ގަސްތުގައެއް ނޫނެވެ. އަޒާން އޭނާ ދެކެ ލޯބި ނުވަނީ ކީއްވެހެއްޔެވެ؟ ޒިހުނާ އަށް ވުރެ އޭނާ މާރީއްޗެވެ. ވީއިރު އަޒާން އޭނާ އަށް އެންމެ ފަހަރަކު ވެސް އެ ނަޒަރުން ބަލާ ނުލަނީ ކީއްވެ ހެއްޔެވެ؟ އޭނާ ބޭއިޚްތިޔާރުގައި އަޒާންގެ ގައިގާ ބައްދާލެވުނެވެ.

"އަޒާން." މަންޒަރު ބަލަން ދުރުގައިހުރި ޒިހުނާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.

އޭނާ ދުވެފައި ގަސްތަކުތެރެއަށް ވަނެވެ. އޭނާއަށް ދުވެވުނީ ކިހާ ހިސާބަކަށް ކަމެއް ވެސް ނޭނގެ އެވެ. އޭނާގެ ރުޅިގަނޑު އަދިވެސް މަޑެއް ނުވެއެވެ. ކުއްލިއަކަށް އޭނާ އަށް ހުއްޓެވުނީ މާ ދުރަށް އާދެވުނީ ކަމަށް އިހުސާސް ވެގެންނެވެ. އޭރު ފާޑެއްގެ ބިރުވެރިކަމެއް އޭނާގެ ހިތުގައި ހިނގަމުން ދިޔަ އެވެ. ވަށައިގެން ވަނީ ބޮޑެތި ބިޔަ ގަސްތަކެވެ.

މާހައުލުގައި ވަނީ ފަޅުކަމާއި ނާމާންކަމެވެ. ކުއްލިއަކަށް އޭނާއަށް ބަލާލެވުނީ އޭނާއާ ދިމާއަށް ބަލަންހުރި ކުރިން ވެސް ފެނުނު ކޮވެއްޔަށެވެ. އޭގެ ލޮލުގެ ކަޅި ބަދަލުވާހެން އޭނާ އަށް ހީވެއެވެ. އޭތި ހުރިވަރަށްވުރެ ބޮޑުވަމުން ދާހެން ވެސް ހީވާން ފަށައިފި އެވެ. ހަމަ ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް އާދަޔާ ޚިލާފު ގޮތްތަކެއް ވެސް ވާން ފަށައިފި އެވެ.

"މަން...މާ" ޒިހުނާ އަށް ގޮވާލެވުނެވެ. އޭނާގެ ބޮލަށް ގޮތެއް ވަނީއެވެ. ދުނިޔެ އެނބުރެނީ ހެން ވެސް ހީވެއެވެ. ގާތުގައި މީހަކު ހުރިހެން ވެސް ހީވިއެވެ.

"ޒިހުނާ...." ސިއްރު ސިއްރުން އޭނާއަށް މީހަކު ގޮވާލި އެވެ.

"ކާކު؟...އަ. އަ..އަޒާ......ން" ޒިހުނާ ބާރަށް ގޮވާލި އެވެ.

ކައްކާ ނިމުމުން ހުރިހާ ބައިވެރިން ތައްޔާރުވީ ކެއުމަށެވެ. ކެއުމުގެ ފޯރީގައި ތިބެ އެންމެން ވެސް މަޖާ ޖޯކުތައް ކިޔަމުން ދިޔައިރު، ފަޒާތެރޭގައި ވަނީ އެ އެކުވެރިންގެ ހުނުމުގެ އަޑެވެ. ނަމަވެސް ނާޝް މާ މަޑުން އިންނަން ފެށުމުން ހަސަނަކަށް މަޑަކުން ނުއިނދެވުނެވެ.

"ނާޝް ކީއްވެތަ ނުކައި ތި އިންނަނީ!" ހަސަން ސުވާލު ކޮށްލި އެވެ.

"އަޒާން އަދިވެސް ނާދޭ! އޭނާ ހާދަ ލަސްވެއްޖޭ." ނާޝް ހުރީ ކަންބޮޑު ވެފަ އެވެ.

"އެ ދެ ލޯބިވެރިންގެ މައްސަލަ ހައްލުވީމާ އަންނާނެ. ނާޝް ވެސް އަޒާނާ ހިތާ ވަނީ މާ ބޮޑަށްވިއްޔަ!" ނިހާ މިހެން ބުނުމުން ހުރިހާ ބައިވެރިން ވެސް އެއްބަސް ވުމުގެ ގޮތުން އާއެކޭ ބުނެލި އެވެ.

"ނިހާ އަޒާން ފަހަތުން ނުނެއްޓިގެން ތިއުޅެނީ ކީއްވެޔޯ." ނާޝް ރުޅިއައެވެ.

އިތުރަށް ޒުވާބު ނުކުރުމަށާއި ދަތުރުގެ މަޖާކަން ވެސް ގެއްލެނީ ކަމަށް ހަސަން ބުނުމުން އިތުރަކަށް އެ ޒުވާބެއް ނުހިނގަ އެވެ. ހުރިހާ އެކުވެރިން ކައި ނިމުނުއިރު 4 ޖަހަން ވަރަށް ކައިރި ވެއްޖެ އެވެ. ހުރިހާ ބައިވެރިން ވެސް ބެލީ އިރު އޮއްސުމުގެ ކުރިން މޫދަށް ގޮސް މަޖާ ކޮށްލެވޭތޯ އެވެ. އޭރު އާޔަތު އެންމެންނާ ތަންކޮޅެއް ދުރުގައި މަޑުމަޑުން އިނެވެ. އޭނާ އެއްޗެއް ކާން ނޫޅޭތީ ރީހާނު އޭނާ ގާތު ކެއުމަށް ބުންޏެވެ.

"އޭނާ އެ އުޅެނީ އަހަރެމެން ވާހަކަ ނުދައްކާތީ ކަންނޭނގެ." އައިޝާ ބުންޏެވެ.

"އަޅާ ނުލާ. ބަނޑުހައިވީމާ ކާނެ." ނިހާ ބުންޏެވެ.

"ޒިހުނާއެއް ނުފެނުން." ވަރުބަލިވެފައިވާ އަޒާން އެނބުރި އައިސް ބުންޏެވެ. ރޮވިފައިވާ އަޒާނަށް އޭރު މާނޭވާ ލެވެއެވެ.

އެންމެންގެ މޫނުމަތީން ސީރިއަސްކަން ފެންނަންފެށީ މި ހިސާބުންނެވެ. އަޒާން ދިޔަތާ އެތައް އިރެއް ވެއްޖެ އެވެ. އެނބުރި އައީ ބިރުވެރި ޚަބަރަކާ އެކު އެވެ. އެންމެން ވެސް އަވަސްވެ ގަތީ ޒިހުނާ ހޯދުމަށެވެ. ދަތުރުގެ މަޖާކަން ކެނޑި އެންމެން ސީރިއަސް ވެއްޖެ އެވެ. ޒިހުނާގެ ނަމުން އެންމެން ގޮވަމުން ތަންތަން ބަލަމުން ދިޔައެވެ.

ކަންބޮޑުވެ ހާސްކަމާ އެކު ޒިހުނާ ހޯދަމުންދިޔަ އެންމެންނަށް ވެސް ކުއްލި ސިހުމެއް ލިބުނީ އާޔަތުގެ ހަޅޭކުގެ އަޑާއެކުގަ އެވެ. އެންމެންހެން ހުރި ދިމާއަކުން ނިކުމެ އާޔަތުގެ އަޑުއައި ދިމާ އަށް ދުއްވައިގަތެވެ. ލޮލުން ފެނުނު މަންޒަރަކީ އެހާމެ ބިރުވެރި ހައިރާން ކުރުވަނިވި މަންޒަރަކެވެ.

ޒިހުނާ އޮތީ ގަހެއްގެ މޫގަނޑު މަތީ އުއްޑުންނެވެ. އޭނާގެ ގަޔަކު އެންމެ އަންނައުނެއް ވެސް ނެތެވެ. މުޅި ގައިގައި ވަނީ ލެޔެވެ. އިސްތަށިގަނޑު ވަނީ މޫނާއި ކަނދުރާ މަތީ ތަތްލައިފަ އެވެ. އަނގައިން ވަނީ ފާޑެއްގެ ފޮނެއް އައިސްފަ އެވެ. އަނގަމަތީގައި ވަނީ ވެލި ތަތްލައި ހިކިފަ އެވެ. އޭނާގެ ހަތަރެސްފައި ވަނީ ބުޅި ވެފަ އެވެ. ހީވަނީ ވަލުޖަނަވާރެއް މަރުވެ ގިނައިރުވުމުން ހަރުވެފައިވާ ހެންނެވެ. އެކަކަކަށް ވެސް ޒިހުނާއާ ގާތްވާކަށް ނުކެރުނެވެ. އަންހެން ކުދިންތައް ރޮމުންދިޔައީ ޒިހުނާ އޮތް ބިރުވެރި ގޮތުންނެވެ.

"ޒިހުނާ.." އަޒާންއަކަށް މި މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާ އުޅުނީ އަވަހަށް ޒިހުނާ ނިވާ ކުރެވޭތޯ އެވެ.

"ނޫން.. ކައިރިނުވޭ. ޒިހުނާއަށް ވީގޮތެއް އެކަކަށް ވެސް ނޭނގެ. ޕޮލިހަށް ގުޅާ." ރީހާން ދެއްކީ އެންމެ ހަރުދަނާ ސިފަ އެވެ. އޭނާގެ ޚިޔާލަށް އެންމެން އެއްބަސްވި އެވެ.

ޕޮލިހުންނަށް ގުޅިތާ 30 މިނިޓް ފަހުން އެ މީހުން އެ ތަނަށް ހާޒިރުވި އެވެ. ތަހުގީގަށް ބޭނުންވާނޭ ފޮޓޯތަކާއި ހެއްކަކަށް ވާނެހެން ހީވާ ސާމާނު ހޯދުމުގައި އެ މީހުން އުޅުނެވެ.

"ޒިހުނާ ވަނީ ރޭޕް ކޮށްފައި. އެއީ މި ތަނުން މީހެއް." ފުލުހުންގެ އިސްމީހާ ބުންޏެވެ.

"އަޒާން... އަޒާން ޒިހުނާ ދިއުމުން ފަހަތުން ދިޔައީ. އޭނާ އައިއިރު ހުރީ ވަރަށް ލަސްވެފައި." ނިހާ ބުންޏެވެ.

"ނިހާ. ތީ ބޮޑުވަރު. އަހަރެން ކީއްވެ އެހެން ހަދަންވީ؟" އަޒާން ރުޅިއައެވެ.

އިރު އޮއްސެން ވާއިރަށް އެ ރަށުން އެންމެން ފޭބިއެވެ. ޒިހުނާގެ ހަށިގަނޑު ގެންދެވުނީ ޕޯސްޓްމޯޓަމް ހެދުމަށް މާލެއަށެވެ. ތަހުގީގު ނިމެންދެން ދަތުރުގައި ދިޔަ އެންމެން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. މުޅި ރާއްޖޭގައި ދެކެވޭ ވާހަކައަކީ ޒިހުނާގެ އާދަޔާ ޚިލާފު މަރުގެ ވާހަކަ އެވެ.

"އަހަރެން އޭނާ މަރާ ނުލަނީ." ފުލުހުންގެ ތަހުގީގުގައި ވަރަށް މަސައްކަތުން އާޔަތު ބުންޏެވެ.

އެކަމަކު އާޔަތުގެ ފަރާތުން އެއްކަމެއް ސާފުވި އެވެ. އާޔަތު އަށް ޒިހުނާ ފެނުނީ ގައިގައި އެއްވެސް އަންނައުނެއް ނެތިއެވެ. އޭނާގެ އިސްތަށިގަނޑުވަނީ ރޫޅިފަ އެވެ. އޭނާ ދިޔައީ މަސްތުގެ ހާލުގައި އަޒާނަށް ގޮވަމުންނެވެ.

އާޔަތު އޭނާ އާއި ގާތްވީ ފިރިހެނަކަށް ބަލަން ކެތްނުވާނޭ ހުރިހާ އަމަލުތަކެއް ފެނުމުންނެވެ. އޭނާ ބޭނުންވާ ހުރިހާ ގޮތަކަށް ޒިހުނާއާ ބެހުނެވެ. މީހަކު އަންހެނަކަށް އަނިޔާވެރިވާނެ ހުރިހާ ގޮތަކަށް ޒިހުނާ ރޭޕު ކުރި އެވެ. އޭނާގެ ބޭނުން ފުދުމުން އަވަހަށް ދިޔައީ އެވެ. އޭނާ ޒިހުނާ މަރާލާކަށް ނޫޅެ އެވެ.

"ދެން ޒިހުނާ މަރާލީ ކާކު؟" ނިހާ ހުރީ ބިރުންނެވެ. އަދިވެސް އެ މީހުން އެންމެން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

"އެ ކޮވެލި. އެ އާދަޔާ ޚިލާފު ކޮވެލި. މަ ބުނީމެއްނު އަޒާން ގާތު ފަޅު ތަންތަނުގައި ނުބައިކޮށް ނޫޅެން." ރީހާނު ހުރީ ބިރުންނެވެ.

މުޅި ރާއްޖޭގައި ވެސް ދެކެވެނީ ޒިހުނާގެ ބިރުވެރި މަރުގެ ވާހަކަ އެވެ. ޒިހުނާ ރޭޕުކުރި އާޔަތު އޭނާ މަރާނުލާ ނަމަ ދެން އޭނާ މަރާލީ ކާކު ހެއްޔެވެ؟ ދަތުރުގެ ހުރިހާ ބައިވެރިން ތިބީ އެއްކޮށެވެ. ދަރު ހޮވައިގެން ވަލުންއައި އާޔަތު ފިޔަވަ އެވެ. އެކަމަކު އާޔަތު ބުނާގޮތުން އޭނާ ޒިހުނާ މަރައެއް ނުލަ އެވެ. އޭނާގެ ކުށަށް އެއްބަސްވެފައި އިތުރަށް ދޮގު ހަދަނީބާވައެވެ؟

"ޒިހުނާ ރޭޕްކޮށްފައި އޭނާ މަރާނުލާ އެ މީހާ ދާނެހެނެއް ހިއެއްނުވޭ. އެކަމަކު ކީއްވެބާ އޭނަ ދޮގު ހަދަންވީ؟ ޒިހުނާ އަށް ޖިންނި އަވަލީ ކަންނޭނގެ." މީ މުޅި ރާއްޖޭގައި ދެކެވޭ ވާހަކަ އެވެ. ފުލުހުން ޕޯސްޓް މޯޓަމްގެ ނަތީޖާ ދޭނެ ދުވަހަށް އެންމެން ވެސް އިންތިޒާރު ކުރަމުންނެވެ.

މުޅި މީޑިޔާ ސަމާލުކަމަށް ގެނައީ ޒިހުނާގެ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބުނު ކަމަށް ފުލުހުން ހާމަކުރި ހިސާބުންނެވެ. ޒިހުނާ މަރުވެފައި ވަނީ ޕާޓީ ޑްރަގްސް އަށް އޯވާޑޯޒް ވެގެންނެވެ. އެއްވެސް މީހަކަށް ނޭނގެނީ ޒިހުނާ ޕާޓީ ޑްރަގްސް އަށް އޯވަޑޯޒްވީ ގޮތެވެ. ޒިހުނާއަކީ އެ އަމަލު ކުރާ ކުއްޖެއް ނޫނެވެ. ކިތަންމެ ބޮޑާ ކިބުރުވެރި ނަމަވެސް އޭނާއަކީ އެކަހަލަ ވިޔާނުދާ ކަންތައްތަކާ ދެކޮޅު ހަދާ ކުއްޖެކެވެ.

"ކަލޭ ޒިހުނާ އަށް ކޯކުފުޅި ދިނީ. ކަލޭ އެއަށް ޑްރަގްސް އެޅީ ދޯ." ނިހާ އައިސް ނާޝްގެ އިސްތަށިގަނޑުގައި ހިފައިގަތެވެ.

ފުލުހުންގެ ތަހުގީގު އިތުރުވި އެވެ. އެންމެފަހުން ހާމަވީ ޒިހުނާ މަރާލުމަށްޓަކައި ނާޝް ޕާޓީ ޑްރަގްސް ޒިހުނާގެ ކޯކުދަޅަށް އެޅި ކަމަށެވެ. ނާޝް ބޭނުންވީ އަޔާޒުގެ ހަޔާތުން ޒިހުނާ އަބަދަށް ގެއްލޭށެވެ. އެ ގެންގުޅުނު ފުޅި އޭނާ އެއްލާލީ ވެސް ފަޅާ އަރާފާނެތީއެވެ. އަޔާޒަށް އެ ފުޅި ފެނުމުން ވާހަކަ އޮޅުވާލީ ވެސް އެހެންވެއެވެ.

ކުށްވެރިން ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އެހެންކަމުން އެ މީހުންނަށް ހައްގު އަދަބު ލިބޭނެއެވެ.

"އެ ދަތުރު ނުދެވުނު ނަމަ". އަޒާން ތަސްބީހަ އެއްހެން ކިޔަނީ އެއް ވާހަކައެކެވެ.

ހީވަނީ މޮޔަ ވެފައިވާހެންނެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ނިދި ޖެހިލާ ކޮންމެ ފަހަރަކު އެ ކޮވެލި އޭނާ އަށް ބަލަން ހުންނަތަން ފެންނަނީ އެވެ. ފަހުން ފަހުން އައިސް އެކަނިވާ ކޮންމެ ވަގުތަކު އެ ކޮވެލި އައިސް އޭނާގެ ގާތުގައި އިންނަނީ އެވެ. އެ ރަތް ލޮލުން އޭނާ އަށް ބިރުވެރިކަމާއި ނުތަނަވަސްކަން ނޫން އެހެން ކަމެއް ނުލިބެ އެވެ. މި ވާހަކަ ރީހާން ފިޔަވައި އިތުރު މީހެއްގާތު ބުނާކަށް ވެސް އޭނާއަކަށް ނުކެރެއެވެ.

ނިމުނީ

12 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިސްތުހ

12 April 2023

ނާޝް ބޭނުންވީ އަޔާޒުގެ ހަޔާތުން ޒިހުނާ އަބަދަށް ގެއްލޭށެވެ. އެ ގެންގުޅުނު ފުޅި އޭނާ އެއްލާލީ ވެސް ފަޅާ އަރާފާނެތީއެވެ. އަޔާޒަށް އެ ފުޅި ފެނުމުން ވާހަކަ އޮޅުވާލީ ވެސް އެހެންވެއެވެ. އެއްފަހަރު އަޒާން އަނެއްފަހަރު އަޔާޒު.

The name is already taken The name is available. Register?

ސަނައްޓޭ

03 April 2023

ހާދަ ދެން ކާޑޭޝިއަންޖެނާ ވާން ވެގެން އުޅޭ ބައިގަނޑެކޭދޯ މި ކޮމެންޓް ސެކްގަ

The name is already taken The name is available. Register?

ބެލާހަދީދް

03 April 2023

އަޒާން އެންމެ ފަހުން މި ބަދަލުވީ އަޔާޒަށް. ވާހަކައިގެ ޕްލޮޓް ކިތަންމެހާ ވެސް ރީތި އެކަމު މިއަށްވުރެ ރީއްޗަށް އިބާރާތްކޮށް އަތުރާލެވުނީސް.

The name is already taken The name is available. Register?

ސަމްސުއްނިސާ

03 April 2023

މިވާހަކަވެސް އެހާ ރީތި. މިހާރު ނޫހުން މިރޯދަމަހު މި ގެނެސްދެނީ ވަރަށް އަގުހުރި ހަދިޔާއެއް. ކޮންމެ ދުވަހަކުވެސް ނޫސް ހުޅުވާލާފައި ވާހަކަ އޮތްތޯ ބަލާލެވެނީ. ެކަމަކު އެއްދުވަހު ވާހަކަ ނެތީމާ ވަރަށް ދެރަވި. ކޮންމެ ދުވަހަކުވެސް ޔަޝފާގެ ވާހަކައެއް ކިޔާލަން ލިބޭނަމަ ހާދަ ރަގަޅެވެ.

The name is already taken The name is available. Register?

ހޫލާ

03 April 2023

މިވާހަކަވެސް ވަރަށް ވަރަށް ރީތި. މޮޅު ނިންމުމެއް. ތޭންކްސް ޔަޝްފާ

The name is already taken The name is available. Register?

އާޔަތު

03 April 2023

އާޔަތަކީ އަންހެނެއްކަމަށް ހަދައިން މި އުޅުނީ ރޭޕް ކުރި ހިސާބަށް ދެވެންދެން..

The name is already taken The name is available. Register?

ވާހަކަ

03 April 2023

އަޒާން ނަމަ ނަމަ ނުކިޔަ ބަންގި ގޮވަން ދޭބަލަ

The name is already taken The name is available. Register?

ތެފައާސާ.

03 April 2023

ތެފައާސާ ކުއްލި ދަތުރެއްގައި ރާއްޖެއިން ބޭރުގައި އުޅެން ޖެހުމުގެ ސަބަބުން ކޮމެންޓް ސެކްޝަނާއި ވަގުތީގޮތުން ދުރުވެލަން މަޖުބޫރުވިކަމަށްޓަކައި މައާފަށް އެދެން. ދެން އަނެއްކާވެސް ފެންނާނެ އިންޝާﷲ. .... މި ވާހަކަވެސް ގޯހެއްނޫން. ވާހަކަ ނިމެންދެންވެސް ސަސްޕެންސް ހިފެހެއްޓިގައި ހުރި. އިބާރާތް ކުރުމާއި އެމުނި އެކުލެވުން އަދި މިއަށްވުރެ ރަނގަޅުކޮށްލެވޭނެ. ....... ކޮބާތަ ކައި؟ ހުރިހާ އެންމެންނަށްވެސް ބިލޭޓެޑް ރަމަޟާން މުބާރަކް.

The name is already taken The name is available. Register?

ކައިލީ ޖެނާ

03 April 2023

ކައި މި އުޅެނީ.. އެކަމް މިހާރު ފޭކް ކައި އާއި ތެފައާސާ އުޅޭތީ ވާނުވާގަ.. އެނީވޭސް ކޮން ގައުމަށް ތި ދަނީ

The name is already taken The name is available. Register?

ކިމް ކާޑޭޝިއަން

03 April 2023

ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެ އަޒާން ތިވަރަށް ކިޔަަސް.. ވާހަކަ ދެން އޯކޭ

The name is already taken The name is available. Register?

ކެންޑަލް ޖެނާ

03 April 2023

ވަރަށް ވަރަށް ސަޅި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454