ޝާހްރުކް ހާން "ޖަވާން" ފިލްމުގައި
07 މެއި 2023 - 07:04
"ޕަތާން" ގެ ކާމިޔާބީއަށް ފަހު މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ޝާހްރުކް ހާންގެ "ޖަވާން" ފިލްމު ރިލީޒްކުރުން އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރް ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހު އެވެ. ސެޕްޓެމްބަރު މަހަށް ފިލްމު ފަސްކުރިކަން ޝާހު އާއި އޭނާގެ އަންހެނުން ގައުރީ ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރު ގައުރީ އެވެ.
ފިލްމުގެ ޓީޒާއަކާ އެކު ޝާހުގެ އިންސްޓަގްރާމުގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައި ބުނީ "ޖަވާން" ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.
މި ފިލްމުގެ އަންހެން ލީޑުގެ ރޯލު ނަޔަންތަރާ ކުޅޭއިރު، ސުނިލް ގްރޯވާ އާއި ޕްރިޔަމަނީ އާއި ވިޖޭ ސެތުޕަތީ އާއި ސަންޔާ މަލްހޯތްރާ އަދި ރިދީ ދޮގްރާ ވެސް މުހިންމު ރޯލުތަކުން ފެނެ އެވެ. އޭގެ އިތުރުން، ޝާހުގެ "ޕަތާން" ކޯ-ސްޓާ ދީޕިކާ ޕަދުކޯން އާއި ވިޖޭ އާއި ސަންޖޭ ޑަޓް އަދި އައްލު އަރްޖުން، ފިލްމުގައި ގެސްޓު އެޕެއަރެންސްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާޖޮލް
07 May 2023
އަލްޙަމްދު ލިއްލާހިތިޔަ މީހަކުގެ އޯވަރ އެކްޓިންގެ ސަބަބުން އަހަރެންގެ ކެރިއަރުވެސް ހުއްޓާލަން ޖެހުނީ. ހަމަ ފިލްމަކަށް ސޮއި ކޮއްލީ, ފަހަތުން މީނަ.. :(
2023
07 May 2023
ގައުރީއަކީ އިންޓީރިޔާ ޑިޒައިނަރެއް... މިހާރު ފިލްމް ޕްރޮޑުސަރެއް..... ބޮއިހަލަކި