ވިން ޑީސަލް (ކ) އާއި ދީޕިކާ ޕަދުކޯން
12 ޖޫން 2023 - 07:13
"ފާސްޓް އެންޑް ފިޔުރިއަސް" ފްރެންޗައިސްގެ ލީޑު، ވިން ޑީސަލް އިންސްޓަގްރާމުގައި ދާދިފަހުން ކުރި ޕޯސްޓެއްގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއަށް ތައުރީފުކޮށްފި އެވެ.
މީގެ ދެ ދުވަސްކުރިން ވިން ޝެއާކޮށްފައިވަނީ އޭނާ އާއި ދީޕިކާ އެކުގައި މަސައްކަތް ކުރި ފިލްމު "ޓްރިޕަލް އެކްސް؛ ރިޓާން އޮފް ޒޭންޑާ ކޭޖް" ގެ ސެޓުގައި އެ ދެމީހުން ނަގާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯގައި ފެންނަނީ ވިން ހުސްގަޔާ އަދި ދީޕިކާ ކަޅުކުލައިގެ އައުޓްފިޓެގަ އެވެ. އެ ފޮޓޯގެ ކެޕްޝަންގައި ވިން ބުނީ ދީޕިކާ އަކީ އޭނާ މިހާތަނަށް މަސައްކަތްކުރަން ލިބުނު އެންމެ "ފެވަރިޓް" އެކަކު ކަމަށެވެ.
"ދީޕިކާ ޕަދުކޯން އަކީ އަހަރެން މިހާތަނަށް އެކުގައި މަސައްކަތްކުރަން އެންމެ ގަޔާވި އެކަކު. އަހަރެން އިންޑިއާއަށް ގެންދިޔައީ އޭނާ، ވަރަށް ކަމުދިޔަ. މިބަލަނީ އަނެއްކާވެސް އަހަންނަށް ދެވޭނެ ދުވަހަކަށް. އަބަދުވެސް ލޯބިވޭ،" ވިން ލިޔެފައިވެ އެވެ.
އެ ފޮޓޯއާ އެކު ފޭނުން ވަނީ އަނެއްކާވެސް ވިން އާއި ދީޕިކާ އެކުގައި ކުޅެފައިވާ ފިލްމެއް ބަލާލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެއީ "ޓްރިޕަލް އެކްސް" ގެ އެހެން ފިލްމެއް ހެދުމުގެ އިޝާރާތެއް ކަމަށް ބުނެ އެއްބަޔަކު ވާހަކަދެއްކި އެވެ.
ވިން (ކ) އާއި ދީޕިކާ
މީގެ ކުރިން ވެސް އިންޓަވިއުތަކުގައި ވިން ވަނީ އޭނާގެ ކޯ-ސްޓާ ދީޕިކާގެ ހުނަރު ފާހަގަކޮށް، ތައުރީފުކޮށްފަ އެވެ.
ވިން އާއި ދީޕިކާ ލީޑުން ފެންނަ 2017 ވަނަ އަހަރުގެ ފިލްމު "ޓްރިޕަލް އެކްސް: ރިޓާން އޮފް ޒޭންޑާ ކޭޖް" އަށް ވަނީ ބޮކްސް އޮފީހުގައި 346 މިލިއަން ޑޮލަރު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަންވީރު
14 June 2023
މަށަށް ޝައްކު.
ސައިނީށް
12 June 2023
ކެކެކެކެ ފިލްމު ޕްރޮމޯސަނެއް ދޯ!