25 ޑިސެމްބަރ 2023 - 12:44
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ހާން ސެލްބްރިޓީ މޭކަޕް އާޓިސްޓު ޝޫރާ ހާންއާ އިއްޔެ ކައިވެނިކޮށްފި އެވެ.
ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް އާއި ޝޫރާގެ ކައިވެނި ޕާޓީއަށް ދައުވަތު ދީފައި ވަނީ ދެ މީހުންގެ އާއިލާގެ އިތުރުން ވަރަށް ގާތް އެކުވެރިންނަށެވެ. މި ޕާޓީ ބާއްވާފައި ވަނީ އަރްބާޒްގެ ދައްތަ، އަރްޕިތާ ހާން ޝަރްމާގެ ގޭގަ އެވެ. މި ދެ ތަރިން ބޭނުންވި ގޮތަށް މި ޕާޓީ އަކީ ވަރަށް ޕްރައިވެޓް، އިންޓަމެޓް ޕާޓީއެކެވެ.
މި ޕާޓީގެ ފޮޓޯތައް މި އަދު އަރްބާޒް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފަ އެވެ. މި ވެޑިންގެ ފޮޓޯތައް އެކި ފަންނާނުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި ވާއިރު، މި ޕާޓީ ގިނަ ބަޔަކު ސިފަކޮށްފައި ވަނީ "ޑްރީމީ، ރޮމޭންޓިކް" ޕާޓީއެއްގެ ގޮތުގަ އެވެ.
މި ވެޑިންގައި ދެ މީހުން ވެޑިން ކޭކު ފަޅާ މަންޒަރާއި، އަރްބާޒްގެ ދަރިފުޅު އަރްހާން ހާންއާ އެކު އެ ދެ މީހުންނާ އެކު ނަގާފައިވާ ފޮޓޮއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.
އަރްބާޒް އާއި ޝޫރާ ދިމާވީ އޭނާގެ އަޕްކަމިން ފިލްމު "ޕަތުނާ ޝުކްލާ"ގެ ޕްރޮޖެކްޓުގެ ތެރެއިންނެވެ. މި ދެ ތެރެއިން ރައްޓެހިވި ކަމުގެ ހަބަރު ފެތުރެން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ކައިވެނީގެ ކުރިން މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަން ޔަގީންކޮށެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްބުލާ
25 December 2023
އަރޫ ކައިވެނިކުރިއިރު ސައްލޫ އަދިވެސް ހުހަށް. މިއަންނަ އަހަރެއްނޫން ދެން އަންނައަހަރު 60 އެވަނީ. އަދިވެސް އޭނާ ބަލާ އޭނާގެ ޕުރިންސެސް ނާންނަނީބާ؟
ސައްލޫ އައި އޭމް ކަމިންގ
26 December 2023
ބުލްބުލާ ދާންވީނު ސައްލޫ ބަލާ.