"ސްޓްރޭންޖާ ތިންގްސް" ވިލްގެ ރޯލު ކުޅޭ ނޯއާ ޝްނެޕް.
12 ޖެނުއަރީ 2024 - 09:55
ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ބޮއިކޮޓްކުރަން ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ އެންމެ ފަހު ސީޒަން އަދި ފަސްވަނަ ސީޒަންގެ ޝޫޓިން ފެށިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް މިދިޔަ ހޯމަ ދުވަހު ނެޓްފްލިކްސް އިން ވަނީ އިއުލާންކޮށްފަ އެވެ. ހަމަ އެއާ އެކު ސޯޝަލް މީޑިއާގައި އެ ސީރީޒާ ދެކޮޅަށް ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ.
މި ބޮއިކޮޓް ކެމްޕެއިން ފެށުނީ އެ ސީރީޒްގެ ލީޑު ކާސްޓުގައި ހިމެނޭ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ނޯއާ ޝްނެޕް ފަލަސްތީން-އިސްރާއިލް މައްސަލާގައި ކުރިން ދައްކާފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ. ފަހު ސީޒަންގެ ޝޫޓިން ފެށީ އޭނާ އެ ސީރީޒުން ވަކިކުރަން ވެސް ގޮވާލާފައި ވަނިކޮށެވެ.
Remember to boycott stranger things if you care about Palestine. One of their actors, Noah Schnapp, is a Zionist #FreePalestine pic.twitter.com/KNgwx3KEhE
— Ayman (@GuyWhoConquers) January 6, 2024
ނޯއާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އޭނާ އިންސްޓަގްރާމްގައި ސްޓޯރީގައި ޕޯސްޓުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯ އިން ފެންނަނީ ކޮފީ ޝޮފެއް ކަހަލަ ތަނެއްގައި ނޯއާ އޭނާގެ ރައްޓެހިންނާ އެކު "ޒަޔަނިޒަމް އިޒް ސެކްސީ" އާއި "ހަމާސް އިޒް އައިސިސް" ކަހަލަ އިބާރާތްތައް ލިޔެފައިވާ ސްޓިކާތައް ހިފައިގެން ހޭން ތިބޭ ތަނެވެ.
ފަހު ސީޒަންގެ ޝޫޓިން ފެށިކަން އިއުލާންކޮށް، ނެޓްފްލިކްސް އިން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯ އިން ވެސް ނޯއާ ފެނެ އެވެ.
BOYCOTT STRANGER THINGS!
— sylvie 🌸 warnette bot 💭 (@ALATLTG) January 8, 2024
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS!
BOYCOTT STRANGER THINGS! pic.twitter.com/p4JAAQcJk5
ފޭނުންގެ ނަޒަރުގައި އޭނާއާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ޖެހެ އެވެ. ބައެއް މީހުން ބުނި ގޮތުގައި، ނޯއާ ވަޒީފާއިން ވަކިކޮށް، އެ ރޯލަށް އެހެން އެކްޓަރަކު ހޯދަން ޖެހެ އެވެ. މިކަމުގެ ސަބަބުން ބައެއް ފޭނުން ވަނީ ކުރިއަށް އޮތް ސީޒަނުން ނޯއާ ބާކީ ނުކޮށްފި ނަމަ، އެ ސީރީޒް ބޮއިކޮޓްކުރަން ވަރުގަދަ ކެމްޕެއިނެއް ހިންގާނެ ކަމުގެ އިންޒާރު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy