ސްކާލެޓް ޖޮހަންސަން ފިރިމީހާ ރޮމައިންއާ އެކު: ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓްގައ.
09 މާޗް 2017 - 06:16
ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހަންސަންގެ ތިން އަހަރުވީ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް، ފިރިމިހާ ރޮމައިން ޑޯރިއަކް ކައިރިން ވަރިވާން ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިރިމީހާ ކައިރިން ވަރިވާން ނިންމައި، އެ މައްސަލަ ޖޮހަންސަން ކޯޓަށް ހުށަހެޅީ ދެ މީހުން ވަކިން އުޅޭތާ ވެސް ދުވަސްތަކެއް ފަހުންނެވެ.
އެހެން ނަމަވެސް ރޮމައިންގެ ކައިރިން ވަރިވާން، "ކެޕްޓަން އެމެރިކާ" އާއި "އެވެންޖާސް" ފަދަ ފިލްމްތައް ކުޅެފައިވާ ޖޮހަންސަން ނިންމި ސީދާ ސަބަބެއް ނޭނގެ އެވެ. އަދި ކައިވެނި ރޫޅާލަން ނިންމި ނިންމުމަކީ ސީދާ ޖޮހަންސަންގެ ނިންމުމެއް ކަމަށްވެ އެވެ.
މިކަމާ ބެހޭ ގޮތުން ރޮމައިންގެ ވަކީލް ހެރަލްޑް މެޔާސަން އިތުރު ތަފުސީލަކަށް ނުގޮސް ބުނީ، ރޮމައިން ބޭނުން ވަނީ ދަރިފުޅު ރޯޒް ޑޮރޮތީއާ އެކު މިހާރު އުފަން ގައުމު ފްރާންސަށް ދިރިއުޅުން ބަދަލު ކުރަން ކަމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ. ޖޮހަންސަންއާ ކައިވެނިކޮށްގެން ރޮމައިން މިހާތަނަށް އުޅެމުން އައީ އެމެރިކާގަ އެވެ.
ޖޮހަންސަން، 32 އާއި ރޮމައިން، 35، ވަރަށް ސިއްރު ހަފުލާއެއްގައި ކައިވެނި ކުރީ 2014 ގަ އެވެ. އަދި އެ މީހުންގެ ދަރިފުޅު އުފަންވީ ވެސް ހަމަ އެ އަހަރު އެވެ.
ކައިވެނި ރޫޅާލަން ޖޮހަންސަން ނިންމި އިރު، އޭނާގެ ފުރަތަމަ ކައިވެނި ވެސް ވަނީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރޫޅިފަ އެވެ.
ސްކާލެޓް ޖޮހަސަން ފިރިމީހާ ރޮމައިންއާ އެކު: ވަރިވާން މިހާރު ވަނީ ކޯޓަށް ހުށަަހަޅާފައި.
މި މަހުގެ 29 ގައި ރިލީޒް ކުރާ "ގޯސްޓް އިން ދަ ޝެލް" ގެ ބަތަލާ ޖޮހަންސަން ފުރަތަމަ ކައިވެނި ކުރީ "ލާ ލާ ލޭންޑް" ގެ ބަތަލު ރަޔަން ގޮސްލިންއާ އެވެ. އެ ދެ މީހުން 2008 ގައި ކުރި ކައިވެނި ރޫޅުނީ 2011 ގަ އެވެ.
އެ ކައިވެންޏަށް ފަހު ރަޔަން މިހާރު އިނދެގެން އުޅެނީ ބަތަލާ ބްލޭކް ލައިވްލީއާ އެވެ. އެ ދެ މީހުންނަށް މިހާރު ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނީސާ
10 March 2017
"ބަތަލާ ޖޮހަންސަން ފުރަތަމަ ކައިވެނި ކުރީ "ލާ ލާ ލޭންޑް" ގެ ބަތަލު ރަޔަން ގޮސްލިންއާ އެވެ." މީ ހަމަ ރޯބުހުތާން ދޮގު، ބަތަލާ ޖޮހަންސަން ފުރަތަމަ ކައިވެނި ކުރީ ރަޔަން ރެނޮލްޑްސްއާ އެވެ. ރަޔަން ގޮސްލިންއާއި ރަޔަން ރެނޮލްޑްސްއާއި މީ ތަފާތު ދެމީހުންނެވެ.