ކްރިސް އެވަންސް: ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެނިގެން ދާނެ.
22 މާޗް 2017 - 06:11
ސޫދާނުގައި ތާށިވާ އިތިއޯޕިއާގެ ބަޔަކު ސަލާމަތް ކުރަން އިޒްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުން ހިންގާ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އެވަންސް ސޮއިކޮށްފި އެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަށް ދީފައިވާ ނަމަކީ "ރެޑް ސީ ޑައިވިން ރިސޯޓް" އެވެ.
ފިލްމުގައި ދައްކުވައި ދޭނީ 1970-1980 އާ ހަމައަށް ހިނގާފައިވާ ކަންތަކެކެވެ.
"ރެޑް ސީ ޑައިވިން ރިސޯޓް" އަށް "އެވެންޖާޒް" ފަދަ ފިލްމްތައް ކުޅެފައިވާ ކްރިސް، ސޮއި ކުރިކަން މި ފިލްމް އުފައްދާ އެލެގްޒެންޑްރާ މިލްޗަން ކަށަވަރުކޮށް ދިން ނަމަވެސް، ފިލްމުގެ ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
"ރެޑް ސީ ޑައިވިން ރިސޯޓް" ގައި ކްރިސް، 35، ފެނިގެން ދާނީ އަރީ ކިޑްރޯން ކިޔާ އެޖެންޓެއްގެ ރޯލުންނެވެ.
މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ދަ ކިލިން ފްލޯ (2007) ގެ ޑައިރެކްޓަރު ޖިޑެން ރަފް އެވެ.
ކްރިސް ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ގިފްޓެޑް" އިންނެވެ. އޭނާ ވަނީ ދާދި ފަހުން އެވެންޖާޒް: އިންފިނިޓޯ ވޯގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy