އެޑަމް ސޭންޑްލާ: އޭނާ ބުނީ ދެ ދަރިން އޭނާގެ ފިލްމްތައް ބަލާކަށް ޝައުގެއް ނުހުންނަ ކަމަށް.
09 އެޕްރީލް 2017 - 06:28
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެޑަމް ސޭންޑްލާ ބުނި ގޮތުގައި އޭނާގެ ފިލްމުތައް ބަލަން ދަރިން އެއްވެސް ވަރަކަށް ޝައުގުވެރިއެއް ނޫނެވެ.
ކުރީގެ ބަތަލާ ޖެކޮލިން ސަމަންތާއާ ކައިވެނިކޮށް، ސެންޑްލާ އަށް ވަނީ ދެ އަންހެން ކުދިން ލިބިފަ އެވެ. އެއީ ސެޑީ، 10، އާއި ސަނީ، 8، އަށެވެ.
"ދެ ކުދިން އަބަދު ވެސް ޝަކުވާ ކުރާނެ އަހަރެންގެ ފިލްމްތައް އެ މީހުންނަށް ނުދައްކާތީ. ބުނާނެ ބައްޕަގެ ފިލްމްތައް ތިމަންނަމެންނަށް ނުދައްކާތީ ތިއީ ވަރަށް އަންފެއާކޮށް ކުރާ ކަމެކޭ،" ހުކުރު ދުވަހުގެ ރޭ އެލެން ޑެޖެނެރެސް ޝޯގައި ސެންޑްލާ ބުންޏެވެ.
އޭނާ ބުނީ ދަރިން ބޭނުންވެގެން ފިލްމްތައް ދެއްކި ނަމަވެސް ވިއްސަކަށް މިނިޓް ތެރޭގައި ފޫހިވެގެން ފިލްމް ދޫކޮށްފައި ދާ ކަމަށެވެ.
"އެހެން ނޫނީ ބުނާނެ ހިނގާށޭ ތި ނޫން ކޮންމެވެސް އެހެން އެެއްޗެެއް ބަލަން،" ސެންޑްލާ، 50، ބުންޏެވެ.
ދަރިންގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނީ ދެ ކުދިން ދެކެ ވެސް ވަރަށް ލޯބިވާ ކަމަށާއި އެއީ ދެ ކުދިންނަކީ ވެސް ވަރަށް ރަނގަޅު ދެ ކުދިން ކަމަށެވެ.
އެޑަމް ސެންޑްލާ އަންހެނުންނާއި ދެ ކުދިންނާ އެކު.
"އެއީ އަހަރެންގެ އެންމެ ބޮޑު އުފާ. ހުރިހާ އެއްޗަކަށް އަދި ކަމަކަށް ވުރެ ދަރިން ދެކެ އަބަދު ވެސް ވަރަށް ލޯބިވޭ،" ސެންޑްލާ ބުންޏެވެ.
އާންމުކޮށް ކޮމެޑީ ފިލްމްތަކުން ފެންނަ ސެންޑްލާގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި ވެޑިން ސިންގާ (1998)، ބިގް ޑެޑީ (1999) އަދި ބެޑް ޓައިމް ސްޓޯރީޒް (2008) ހިމެނެ އެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 14 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމް "ސޭންޑީ ވެކްސްލޭ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފިހުން
09 April 2017
އޭ އޯކޭ އަހަރުންނަށް ވ މަޖާ! ދަރިންނަށް ކޮންމެހެން މަޖާ ނުވިއަސް އޯކޭ!